ކުޑަކުއްޖެއްގެ ގައިގައި އަތްލި އަންހެނަކު އެއް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ އަންހެން މީހާ ޖަލަށްލާން ހުކުމްކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. ނަމަވެސް
އެއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ އެ މައްސަަލާގެ ތަފްސީލެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.
އެ މީހާގެ މައްޗަށް ކޯޓުން އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ގާނޫނުލްއުގޫބާތު އޮންނަ ގޮތުން މީހެއްގެ ރުހުމެއް ނެތި ގައިގައި އަތްލުމަކީ ކުށެކެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު ޖަލަށްލާން ހުކުމް ކުރިއިރު, ކުޑަކުއްޖެއްގެ ސިއްހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރި މައްސަލައެއްގައި ވެސް މީހަކު ތިން އަހަރަށް ޖަލަށްލާން ދާދިފަހުން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!