މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 142 ވަނަ ޞަފްޙާ

ބަންކަރިން ޚިދުމަތުން 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ސައީދު

ބަންކަރިން ޚިދުމަތުން 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ސައީދު

އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ޖުމްލަ 282.1 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި ޚިދުމަތުން ޓެކުހުގެ ގޮތުގައި އެކަނިވެސް ދައުލަތަށް 24 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނަ...

ޔުމްނާ ޢަލީ
އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކޮށްފި

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ މިންވަރު ކޮންމެ ކުއްޖަކަށް 3,000 ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މީގެ ކުރިން އިނާޔަތް ދެމުން އައީ އެއް ކުއްޖަކު ހުރި ނަމަ މަހަކު 2،000 ރުފިޔާއެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް ދެމުން އައީ 1،000 ރުފިޔާގެ އިނާޔަތެކެވެ. މި އިނާޔަތަށް ބަދަލު ގެނައުމަށްޓަކައި […]

ޔުމްނާ ޢަލީ
ރައީސް ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ހިތްވަރުދެއްވައިފި

ރައީސް ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ހިތްވަރުދެއްވައިފި

‏އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް، ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލްގައި ދިވެހިރާއްޖެއަށް ތަށި ހޯދައިދިނުމުގެ އަޒުމުގައި މިރޭ ފައިނަލަށް ނުކުންނަ ދިވެހި އަންހެން ޤައުމީ ވޮލީ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހިތްވަރުދެއްވައިފިއެވެ. ޖުމްލަ އެކު، ހަތަރު ގައުމާ އެކު، މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕްގެ ފައިނަލުގައި މިރޭ ރާއްޖޭން ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. ދިވެހި ޓީމަށް ހިތްވަރުދެއްވައި ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޤައުމީ އަންހެން […]

ޔުމްނާ ޢަލީ
ޝަމްއާން ބަންދުން ދޫކޮށްލައިފި

ޝަމްއާން ބަންދުން ދޫކޮށްލައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފި އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު ފަސް ލައްކަ ރުފިޔާ ފޭރުނު ކަމަށް ތުހުމަތުކޮށް، މަގާމުން ވަކިކޮށް ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. ކްރިމިނަލް ކޯޓުން މިއަދު ޝަމްއާން ބަންދުން ދޫކޮށްލަން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ. އޭނާ ބަންދުން ދޫކޮށްލީ ފުރުން މަނާ ކުރުމަށްފަހު އަދި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ […]

ހުސައިން ހަބީބް
ޝަރީއަތް ފަސްކުރަން މަންޑޭ އެދުނަސް, ހުކުމް ހޮނިހިރު ދުވަހު

ޝަރީއަތް ފަސްކުރަން މަންޑޭ އެދުނަސް, ހުކުމް ހޮނިހިރު ދުވަހު

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްސަލާގެ އަޑުއެހުން ފަސްކުރަން މަންޑޭގެ ފަރާތުން އެދި އެ މައްސަލާގައި މިއަދު ކޯޓަށް ހާޒިރު ނުވުމުން ހުކުމް އިއްވުން ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ. ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް […]

ހުސައިން ހަބީބް
ކުއްޖަކު މަރާލުމަށްފަހު ފޮށްޓަަކަށްލާަފައި މޫދަށް އެއްލާލި އެކަކު 12 އަހަރަށް ޖަލަށް

ކުއްޖަކު މަރާލުމަށްފަހު ފޮށްޓަަކަށްލާަފައި މޫދަށް އެއްލާލި އެކަކު 12 އަހަރަށް ޖަލަށް

ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ބައިވެރިވި 17 އަހަރުގެ ކުއްޖާ 12 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ. ޖޫން، 2021 ގައި 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު ފޮށްޓަކަށްލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ފޭސް 2 ގެ މޫންނެވެ. އެ މައްސަލާގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ […]

ހުސައިން ހަބީބް
ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި

ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައި ގަވައިދު އިސްލާހްކޮށްފިއެވެ. ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓްކުރި ”ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަށް އިސްލާހުގެނައުމުގެ ގަވާއިދު 1”ގައި ވާގޮތުން ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ ނޫނީ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެ މަގާމެއް ފުރާ މުއްދ...

ޔުމްނާ ޢަލީ
މުޖުތަމައު ބައިބައިނުކޮށްވެސް ވަރުގަދަ ލީޑަރޝިޕެއް ދެއްކިދާނެކަން ވަޖްޕާއީ ދެއްކެވި: ފައިސަލް

މުޖުތަމައު ބައިބައިނުކޮށްވެސް ވަރުގަދަ ލީޑަރޝިޕެއް ދެއްކިދާނެކަން ވަޖްޕާއީ ދެއްކެވި: ފައިސަލް

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް، އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކުރި ”8 ވަނަ އަޓަލް ބިހާރީ ވާޖްޕާއީ މެމޯރިއަލް ލެކްޗަރ” ގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނައީމް އިއްޔެ ތަގުރީރު ކުރައްވައިފިއެވެ. މި ފޯރަމްގައި ތަގުރީރުކުރަށްވަމުން ފައިސަލް ވަނީ ވަޖްޕާއީއަކީ ހަރުދަނާ ނިންމުންތައް ނިންމެވުމާއި އަދަބުވެރިކަމަކީ އެކުއެކީގައި ގެންގުޅެވިދާނެ ސިފަތަކެއްކަން ސާބިތުކޮށްދެއްވި ދައުލަތުގެ އިސް ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންޑިއާގ...

ޔުމްނާ ޢަލީ
ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ފިޒިޝަނެއް ގުޅިއްޖެއެވެ. ފިޒިޝަނެއް އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެ ސިއްޙީ މަރުކަޒުންދޭ ޚިދުމަތް އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ފިޒިޝަނެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ‘’ފިޒިޝަނެއް މިމަރުކަޒުގެ ޚިދުމަތަށް ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓަލް ނިމުމުގެ ކުރިން އ...

ޔުމްނާ ޢަލީ
މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި

މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި

މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމ...

ޔުމްނާ ޢަލީ
ރޯވި ސަފާރީގައި 17 ފަތުރުވެރިން ތިބި

ރޯވި ސަފާރީގައި 17 ފަތުރުވެރިން ތިބި

މިއަދު އަލިފާންރޯވި “ޔަސާވާ ޕްރިންސެސް “ ސަފާރީގައި ތިބި މީހުން ސަލާމަތްކޮށް ވ.ފެލިދޫ އަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ސަފާރީގައި ރޯވީ ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮއްވައެވެ. މި ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 24 ޑިސެންބަރު 2025 ދުވަހު 17:54 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ‘’މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން […]

ޔުމްނާ ޢަލީ
ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ “ޔަސާވާ ޕްރިންސަސް” ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އެ ސަފާރީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަލިފާން ރޯވިއިރު މި ސަފާރީ އޮތީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައެވެ. ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.  

ޔުމްނާ ޢަލީ
ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މެރިން ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ދަށުން މާލެއިން ފުރާ އަދި މާލެ އަންނަ ފެރީތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހުރިތޯ ބަލައި ފާސްކުރާނެއެވެ. މީގެ ތެރޭގައި ލައިފް ޖެކެޓާއި، އަލިފާން ނިއްވާ ނިޒާމު ފަދަ ކަނޑުމަތީގެ ސަލާމަތަށް ބޭނުން...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަންތަކަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. ފުރަތަމަ އޮޕަރޭޝަން: ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރު މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި މާލޭގެ 7 އެޕާޓްމަންޓެއް ބަލައިފާސްކޮށް...

ޔުމްނާ ޢަލީ
ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ސްކޫލް ނިންމުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މިހާރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ފަރާތުން ފާޅުކުރި ކަންބޮޑ...

ޔުމްނާ ޢަލީ