ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި
އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ފުލުހުން ހޯދައި ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ގުލްޝަންކިނާރާ، އަޙްމަދު ޢިރުފާލް (36އ) އެވެ. ޢިރުފާލް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޑިސެންބަރު މަހު...