ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް ޑިސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:06 ހާއިރު އިދާރާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެއީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅު ރިސޯޓެއްގައެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. އަދި އިތުރު ތަފްސީލެއް ނުދެއެވެ.
އެ އަންހެން މީހާ އަކީ ވ.އަތޮޅު ސިނަމަން ވިލުފުށި ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފެއްކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!