މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 138 ވަނަ ޞަފްޙާ

ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި ހެދި އައިވީއެފް ކާމިޔާބު

ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި ހެދި އައިވީއެފް ކާމިޔާބު

ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކުއްޖަކު އުފަންވެއްޖެއެވެ. މިއީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ ސިފަކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގެ ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު ބޮޑު އުއްމީދެއް ކަމަށެވެ. އަދ...

ޔުމްނާ ޢަލީ
ވައިނުސާފު މިންވަރު އިތުރުވުމުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ވައިނުސާފު މިންވަރު އިތުރުވުމުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ރާއްޖެ އަށް ޚާއްޞަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްޙަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިންޒާރު ދީފިއެވެ. ވައިގެ ކޮލިޓީ ދަށްވުމުގެ ސަބަބުން މިހާރު ވަނީ ‘ރެޑް އެލާޓް’ ގެ މިންވަރަށް ވައި ނުސާފުވެފައެވެ. މިކަމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ 1.5 ކިލޯމިޓަރަށްވުރެ ދަށްވެފައެވެ. މިއީ ސިއްޙީ ގޮތުން ބަލާއިރު ނުރައްކާތެރި މިންވަރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ...

ޔުމްނާ ޢަލީ
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. އީސީގެ މެމްބަރުކަމަށް ހުޅުވާލީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، މުއްދަތު ހަމަވާތީއެވެ. އެއީ ޑރ. މުހައްމަދު ޒާހިރު އެވެ. ރައީސް އޮފީހުން އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސ...

ޔުމްނާ ޢަލީ
އުމްރާ އަށް ގޮސް އުޅުނު ދެ ދިވެއްސަކު ނިޔާވެއްޖެ

އުމްރާ އަށް ގޮސް އުޅުނު ދެ ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔަ ދިވެހިންގެ ތެރެއިން ދެ މީހަކު ނިޔާވެއްޖެއެވެ. މިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، ނިޔާވެފައިވަނީ މިއަހަރުގެ ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅުނު ދެ ފިރިހެނުންނެވެ. މި ދެމީހުންނަކީ ދެ ގްރޫޕަކުން އުމްރާއަށް ދިޔަ ދެމީހުންނެވެ. އެއީ ސަފާ ގްރޫޕް އަދި ހިޖާޒް ގްރޫޕްގެ ފަރާތުން އުމްރާގެ އަޅުކަމަށް ދިޔަ ދެ އުމްރާވެރިންނ...

ޔުމްނާ ޢަލީ
މާލޭގެ އެޕާޓްމަންޓަކުން ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓްމަންޓަކުން ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ އެޕާޓްމަންޓެއްގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ފުލުހުން ވަނީ މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ހައްޔަރުކުރި މީ...

ޔުމްނާ ޢަލީ
ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި

ދިވެހިރާއްޖޭގައި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހާފިޒުންގެ އަދަދު 300 އަށް އަރާނެ ކަމަށެވެ. އަދި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ […]

ޔުމްނާ ޢަލީ
މާލޭގެ ގަލޮޅުގައި މާރާމާރީއެއް ހިންގައިފި

މާލޭގެ ގަލޮޅުގައި މާރާމާރީއެއް ހިންގައިފި

މާލޭގެ ގަލޮޅު ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަލޮޅު ހަލަވެލި ގޯޅި ތެރޭގައި ބަޔަކު މީހުންގެ މެދުގައި ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖެނުއަރީ 6 ވީ ހޯމަ ދުވަހުގެ ރޭ 20:59 އެހާކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ މި […]

ޔުމްނާ ޢަލީ
މުރައިދޫ، އިހަވަންދޫ، ފިއްލަދޫ އަދި ވަށަފަރު ހިމެނޭހެން 14 ރަށެއްގެ މަޝްރޫޢުތައް ހަވާލުކޮށްފި

މުރައިދޫ، އިހަވަންދޫ، ފިއްލަދޫ އަދި ވަށަފަރު ހިމެނޭހެން 14 ރަށެއްގެ މަޝްރޫޢުތައް ހަވާލުކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫޢުތަކަކީ ރަށްރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުމުގެ މަސައްކަތްތަކެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ...

ޔުމްނާ ޢަލީ
ބައްސާމްގެ އެޕާޓްމެންޓް މައްސަލާގައި އަމިންގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވެއްޖެ

ބައްސާމްގެ އެޕާޓްމެންޓް މައްސަލާގައި އަމިންގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވި ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ދައުލަތުން މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، އެ މުއާމަލާތްތަކުގައި އަމިން ކުންފުނިން އޮޅުވާލުންތަކެއް ގެންގުޅުނު ކަމަށެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެ ކުންފުނީގެ...

ޔުމްނާ ޢަލީ
ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމަކާއި 44 މިލިއަންގެ ޖޫރިމަނާއެއް

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމަކާއި 44 މިލިއަންގެ ޖޫރިމަނާއެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިތުރު 23 އަހަރަށް ޖަލަށްލައި, ބޮޑު ޖޫރިމަނާއެއް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ކުރިން ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ކުރީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ […]

ހުސައިން ހަބީބް
ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ހާޒިރުގައި ގެއެއް ބަލާފާސްކޮށްފި

ސަނީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ ހާޒިރުގައި ގެއެއް ބަލާފާސްކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް މަޢުލޫމާތު ދިން ގޮތުގައި، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށްފައިވަނީ އޭނާގެ ހާޒިރުގައެވެ. މި ބަލައި ފާސްކުރުމަކީ ތަޙުޤީޤަށް ބޭނުންވާ ހެކި ހޯދުމަށް ކުރިއަށް ގެންދިޔަ ބަލާފާސްކުރުމެއްކަމަށް ބެލެ...

ޔުމްނާ ޢަލީ
ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް ވެސް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަނީ

ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް ވެސް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަނީ

ގެދޮރު ގަތުމަށާއި، ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް ވެސް ބޭނުންވާ ޑައުންޕޭމަންޓް ފައިސާދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. ޕެންޝަނާ ބެހޭ ޤާނޫނުގައި މިހާރު އޮންނަގޮތުން ޢިމާރާތްކޮށް ނިންމައި، އަދި ޢާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓްގެ ފައިސާ،...

ޔުމްނާ ޢަލީ
ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައި ވަނީ ރ.ކިނޮޅަހާ ދިމާ ބޭރުންނެވެ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުނ...

ޔުމްނާ ޢަލީ
ޖަލު ހުކުމެއްގައި ހުރި ބައްސާމްގެ މައްޗަށް އިތުރު ދެ ކުށެއް ސާބިތުވެއްޖެ

ޖަލު ހުކުމެއްގައި ހުރި ބައްސާމްގެ މައްޗަށް އިތުރު ދެ ކުށެއް ސާބިތުވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެއްޖެ އެވެ. ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާކުރީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) ބޭނުންކޮށްގެން އަމިން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް ކަމަށް […]

ހުސައިން ހަބީބް
ޕީއެންސީ އަދިވެސް އެއްވަނާގައި، 5383 މެމްބަރުންގެ އިތުރުވެއްޖެ

ޕީއެންސީ އަދިވެސް އެއްވަނާގައި، 5383 މެމްބަރުންގެ އިތުރުވެއްޖެ

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި މިފަހަރު ވެސް އޮތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. 2 ޖުލައި 2025 ގައި އީސީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ޕީއެންސީގައި 68،665 މެންބަރުން ތިބިއިރު، އީސީން އިއްޔެ އާންމުކުރި މައުލޫމާތު ދައްކާގޮތުން ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަތިއްބެވެ. އެއީ ހަ މަސް ދުވަހުގެ ތެރޭގައި 5383 މެމްބަރުންގެ އި...

ޔުމްނާ ޢަލީ