ފުލުހުން މިއަދު ހިންގާ ޑްރަގް އޮޕަރޭޝަންގައި 4 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިއަދު މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ ‘އޮޕަރޭޝަން އަލިމަގު’ ގެ ބައެކެވެ. ފުލުހުން ބުނި ގޮތުގައި މިއަދުގެ ހަރަކާތްތައް ހާއްސަކޮށްފައިވަނީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑަރިންގެ އަމ...