މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢަޞްރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,848 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 125 ވަނަ ޞަފްޙާ

މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ

މަސްދޯންޏެއްގައި އަލިފާން ރޯވެއްޖެ

މަސްދޯންޏެއްގައި އަލިފާން ރޯވެގެން ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު (14 ފެބުރުވަރީ 2026) މެންދުރުފަހު 14:54 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓާ ގާތް ސަރަހައްދެއްގައިކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އަލިފާން ރޯވި މަސްދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހާލަތު ބެލުމަށް ފުލުހުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި...

ޔުމްނާ ޢަލީ
ރައީސްގެ ދަރިކަލަކަށްވުމުން ހައްގަކުން މަޙްރޫމުވެގެން ނުވާނެ: ޝުޖާޢު

ރައީސްގެ ދަރިކަލަކަށްވުމުން ހައްގަކުން މަޙްރޫމުވެގެން ނުވާނެ: ޝުޖާޢު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ވީތީ އެކުއްޖެއްގެ ޙައްގަކުން މަޙްރޫމްވެގެން ނުވާނެ ކަމަށާއި، ރައީސް މުޢިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަކީ ކުޅިވަރުގެ ދާއިރާއިން މިއަދަކު އިއްޔެއަކު ފާހަގަވާން ފެށި ކުޅުންތެރިއެއް ނޫން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ “އަހަރުގެ ޒުވާން ކުޅުންތެރިޔާ” (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ....

ޔުމްނާ ޢަލީ
ގައުމުގެ މާލީ ހާލަތު މިހާލަތަށް އައީ ސަރުކާރުތަކުން ވޯޓު ހޯދުމަށް ކަންކުރަމުން އަންނަ ގޮތުން: ގާސިމް

ގައުމުގެ މާލީ ހާލަތު މިހާލަތަށް އައީ ސަރުކާރުތަކުން ވޯޓު ހޯދުމަށް ކަންކުރަމުން އަންނަ ގޮތުން: ގާސިމް

ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު، މި ހާލަތަށް ގައުމު ދާންޖެހުނު މައިގަނޑު ސަބަބަކީ އެކި ސަރުކާރުތަކުން ވޯޓު ހޯދުމުގެ ބޭނުމުގައި ގެންގުޅުނު އުސޫލުތައް ކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ކަންވެސް ކުރަށްވާ ގާސިމް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ […]

ޝިއުނާ އާދަމް
ދެ ޑްރެޖަރުގެ އެހީގައި ގިރާވަރު ފަޅު ހިއްކުން ހަލުވިކޮށްފި

ދެ ޑްރެޖަރުގެ އެހީގައި ގިރާވަރު ފަޅު ހިއްކުން ހަލުވިކޮށްފި

ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރަށް މީސްމީޑިއާގައި ރައީސް ވަނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމު ކުރަށްވާފައެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި މި މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެ މަޝްރޫޢު ކަމަށްވެސް ރައީސް ކުރިން ވަނީ […...

ޝިއުނާ އާދަމް
ޓެކްސް ފައިސާ ހިފެހެއްޓުމުން ދަތި ބޮޑުވެ ފަލަސްތީން އޮތޯރިޓީ "ނެތިދިއުމުގެ ބިރު"

ޓެކްސް ފައިސާ ހިފެހެއްޓުމުން ދަތި ބޮޑުވެ ފަލަސްތީން އޮތޯރިޓީ "ނެތިދިއުމުގެ ބިރު"

އިސްރާއީލުން ފަލަސްތީނުގެ ޓެކްސް ފައިސާ ހިފަހައްޓަމުންދާތީ، ފަލަސްތީން އޮތޯރިޓީއަށް “ނެތިދިއުމުގެ ބިރު” ކުރިމަތިވެފައިވާ ކަމަށާއި، 2026 ވަނަ އަހަރަކީ އެ އޮތޯރިޓީގެ ތާރީޚުގައި މާލީ ގޮތުން އެންމެ ދަތި އަހަރަށް ވާނެ ކަމަށް ފަލަސްތީނުގެ ފައިނޭންސް މިނިސްޓަރު އިސްތިފާން ސަލާމާ އިންޒާރު ކުރައްވައިފިއެވެ. ރާމަﷲގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލާމާ ވިދާޅުވީ، ފަލަސްތީނަށް ލިބެންޖެހޭ އާމްދަނީގެ ގާތްގަނޑަކަށް 70 އިންސައްތަ އިސްރާއީލުން މިހާރު ވަނީ ހިފަހައްޓާފައެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖ...

ނާޒިމާ އަލީ
ރައީސް ޖަރުމަނު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް ޖަރުމަނު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރައީސުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، މަތީ ފަންތީގެ މަޝްވަރާތަކާއި އެއްބަސްވުންތަކުގެ އެހީގައި ދެ ޤައުމުގެ ދެމެދުގ...

ޔުމްނާ ޢަލީ
ސިއްހީ ދާއިރާގެ ނުފޫޒުގަދަ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމުން ސިއްހަތު ޖަމިއްޔާގެ ތައުރީފު

ސިއްހީ ދާއިރާގެ ނުފޫޒުގަދަ ލިސްޓުގައި ރައީސް މުއިއްޒު ހިމެނުމުން ސިއްހަތު ޖަމިއްޔާގެ ތައުރީފު

އެމެރިކާގެ މަޝްހޫރު ޓައިމް މަޖައްލާއިން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ. ޑަބްލިއުއެޗްއޯ އިން ބުނީ މިއީ ބަލިތަކުން ރައްކާތެރިވުމުގެ ޚިދުމަތްތައް ފުޅާކުރެއްވުމަށާއި، އާންމު ސިއްޙަތުގެ ދާއިރާ އިޞްލާޙުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ އަދި ދުރުވިސްނޭ ލީޑަޝިޕް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެވިފައި...

ޔުމްނާ ޢަލީ
ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: އެމްޑީޕީގެ ކެމްޕެއިން ލޯންޗްކޮށްފި

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: އެމްޑީޕީގެ ކެމްޕެއިން ލޯންޗްކޮށްފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގެ ކެމްޕޭން އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ލޯންޗް ކޮށްފިއެވެ. ”ހޭވައްލާ ތައްޔާރު” ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ މި ކެމްޕޭން ލޯންޗްކުރި ޖަލްސާ ބާއްވާފައި ވަނީ މާލޭގެ އާޓިފިޝަލް ބީޗްގައެވެ. މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސިޓީ ތަކުގެ މޭޔަރުކަމަށް ކުރިމަތިލެއްވި ބައެއް ކެންޑިޑޭޓުން ވެސް ވާހ...

އަލީ އާދިލް
ތަރައްގީ ހާސިލުކުރުމަށްޓަކައި ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް ބޭނުންވޭ: ފަސްޓްލޭޑީ

ތަރައްގީ ހާސިލުކުރުމަށްޓަކައި ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ރަނގަޅު ކައުންސިލެއް ބޭނުންވޭ: ފަސްޓްލޭޑީ

އިންތިޚާބުގައި ރައްޔިތުން ލާ ވޯޓަކީ ސަރުކާރުގެ ތަރައްގީއާއި ރަށުގެ ކުރިއެރުމާއި ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މާލޭގެ މާފަންނު މެދު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުންނެވެ. މި އިވެންޓްގައި ވާހަކަދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ވޯޓުލުމުގެ މުހިންމުކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، ނަމަވެސް އެއީ ރަނގަޅު ވިސ...

ޔުމްނާ ޢަލީ
ފަސްޓްލޭޑީ ސާޖިދާ މީދޫ ވޮލީބޯޅަ ކޯޓް ހުޅުއްވައިދެއްވައިފި

ފަސްޓްލޭޑީ ސާޖިދާ މީދޫ ވޮލީބޯޅަ ކޯޓް ހުޅުއްވައިދެއްވައިފި

ދ. މީދޫގައި އަލަށް ތަރައްޤީކުރި ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މީދޫ ވޮލީބޯޅަ ކޯޓް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ރަށުގެ އެކި މުއައްސާތަކުގެ އިސް ބޭފުޅުންނެވެ. މި ރަސްމިއްޔާތުގެ ތެރެއިން، ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރި...

ޔުމްނާ ޢަލީ
ތޮއްޑޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި

ތޮއްޑޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުން ފާހަގަކުރުމަށްޓަކައި އެ ރަށުގައި ވަނީ ސަގާފީ ހަރަކާތްތަކާއެކު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތޮއްޑޫ އަށް ނިސްބަތްވެވަޑައިގަންނަވާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ. މި ޚިދުމަތް ފެށުމަށްޓަކައި ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް، ތޮއްޑޫ ކައުންސިލް އިދާރާގައި ފަސިންޖަރުނ...

އަޙްމަދު ވަހީދު
ކުޑަ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ޝިކާރައަކަށް ވެފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އަލީ ޙަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް […...

ޝިއުނާ އާދަމް
ފުލުހުންގެ މަސައްކަތް ފާހަަގަކޮށް ހދ.އަތޮޅު ކައުންސިލްގެ ޝުކުރު

ފުލުހުންގެ މަސައްކަތް ފާހަަގަކޮށް ހދ.އަތޮޅު ކައުންސިލްގެ ޝުކުރު

ހދ. އަތޮޅު ކައުންސިލާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ބައްދަލުކުރައްވައި، އަތޮޅުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ. ފުލުހުންގެ އިދާރާއިން ހާމަކުރެއްވިގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހދ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރ ޑިވަލ...

ޔުމްނާ ޢަލީ
ރައީސް ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ޒިޔާރަތްކުރައްވައިފި

ރައީސް ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ޒިޔާރަތްކުރައްވައިފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ކައުންސިލްގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ޚާއްޞަ ތަޤުރީރެއް ދެއްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުގައި، މޫސުމީ ތަންޒީމާއި ދުނ...

ޝިއުނާ އާދަމް
ރައީސް ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ތަގްރީރުކުރަށްވައިފި

ރައީސް ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ތަގްރީރުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ޚާއްޞަ ތަޤުރީރެއް ދެއްވައިފިއެވެ. މި ތަޤުރީރުގައި އެމަނިކުފާނު ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމީ އިންސާފު ހޯދުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރު...

ޝިއުނާ އާދަމް