ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ޚާއްޞަ ތަޤުރީރެއް ދެއްވައިފިއެވެ. މި ތަޤުރީރުގައި އެމަނިކުފާނު ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމީ އިންސާފު ހޯދުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރު...
ޝިއުނާ އާދަމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތަކީ އެމަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ރައީސް އެމްބަސީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާން ޝާކިރާއި، އެމްބަސީގެ މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ވަޑައިގ...
ޔުމްނާ ޢަލީ
އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިންއިން ހޮވާ ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ. މިއީ ރާއްޖޭގެ ރައީސަކަށް މި ޝަރަފުވެރި ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޓައިމް މެގަޒިންއިން ރައީސް މުއިއްޒުގެ ނަން މި ލިސްޓުގައި ހިމަނާފައިވަނީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ އާންމު ސިއްހަތު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުންދާ މުހިންމު މަސައްކަތްޕުޅުތަކަށް ރިއާޔަތްކޮށްފަ...
ޝިއުނާ އާދަމް
ސައިންސްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ދިވެހި އަންހެން ކުއްޖަކަށްވެސް ޤައުމުގެ ތަރައްޤީގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ “އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް” ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަނ...
ޔުމްނާ ޢަލީ
ދައުލަތުގެ އިދާރާތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ރައީސް އޮފީހުން ކުރިއަށްގެންދާ “އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2025-2027” ގެ ހަތަރުވަނަ ސެޝަން މިއަދު ބާއްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި އިސްލާމީ މަރުކަޒުގައި ބޭއްވި މި ސެޝަނަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޚާއްޞަ ދަރުހެކެވެ. “އަންނާށޭ” މި މައުޟޫޢަށް އައްޝައިޚް ޑރ. އިލްޔާސް ޙުސައިން ދެއްވި މި ދަރުހުގައި، ރަމަޟާން މަހުގެ މާތްކ...
ޔުމްނާ ޢަލީ
ފަސް ކިލޯގެ ޑްރަގް ހުރި ދަބަހެއް ރާއްޖެ އެތެރެ ކުރުމަށްފަހު އެއާޕޯޓް ތެރެއަށް ދޫކޮށްލާފައި ފިލަން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގަނެ, އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އަބްދުލްލަތީފް ބަލޮޗް ނަމަކަށްކިޔާ ޕާކިސްތާނު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2025 ވަނަ އަހަރު އޭނާ ޕާކިސްތާނުން ރާއްޖެ އައުމަށްފަހު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން އެއް ދަބަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެލްޓަށް ދޫކޮށްލާފައި ދާން އުޅުމުން އޭނާ ހުއްޓުވައި, […]
ހުސައިން ހަބީބް
މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށް ކަމަށާއި، އެކަން ކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަދު މީސްކޮޅެއްގެ ބަދަލުގައި ސީދާ ރައްޔިތުންގެ ދަރުބާރަށް ސިލްސިލާގޮތެއްގައި ވަޑައިގަންނަވަމުން ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ. ޢަލީ އާރިފް މިފަދައިން ވިދާޅުވީ މީސްމީޑިއާ މަންސަ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވޯ...
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞ...
ޝިއުނާ އާދަމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ޖަރުމަނުވިލާތުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައެވެ. މި ބައްދަލުކުރެއްވުމަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ދަތުރުފުޅެއްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، ޖަރުމަނުވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ...
ޝިއުނާ އާދަމް
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ ޖަރުމަނުވިލާތުގެ ރައީސްގެ ރަސްމީގޭގެ ގޮތުގައި ބޭނުންކުރައްވާ “ޝްލޮސް ބެލްވިއު” ގައެވެ. ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރއެވެ. މި ރަސްމިއްޔާ...
ޔުމްނާ ޢަލީ
ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަފްސީލު ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލައަކީ 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ 31 ޑިސެމްބަރުގައި ހުށަހެޅި މައްސަލައެކެވެ. ފުލުހުން ބުނީ އެ އިދާރާގެ ތަހުގީގަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ރައްކާކޮށްފައި ހުރީ މާލޭގެ ދެ […]
ޔުމްނާ ޢަލީ
ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަރލިންގައި ބޭއްވި “މޯލްޑިވްސް-ޖަރުމަނު ބިޒްނަސް ރައުންޑްޓޭބަލް” ގައި ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުގެ “ޗެމްބަރސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސް” (ޑީއައިއެޗްކޭ) ގެ އެގްޒެކެޓިވް ބޯޑު މެންބަރު އަދި ފޮރިން ޓްރޭޑްގެ ހެޑް ޑޮކްޓަރ ފޮލްކަރ ޓްރަޔަރ އާއި “ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް” ގެ ސީ.އީ.އޯ...
ޔުމްނާ ޢަލީ
މީގެ ހަތް އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު އަނިޔާތަކަކާ ގުޅިގެން މީހަކު 115،200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީ، ރަސްރީތި، އަލީ މުހައްމަދުގެ މައްޗަށް އެ ހުކުމް އައީ ޖޫން، 2018 ވަނަ ދުވަހުގެ ދަންވަރު ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެވަނަ ސައިކަލުގައި ދުއްވަން އިން […]
ހުސައިން ހަބީބް
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ. މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެ...
ޝިއުނާ އާދަމް
މާލޭގެ ބަރުބަރީ މިސްކިތް، 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މިސްކިތަކީ ޖުމްލަ ތިން ބުރިއަށް، ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް […]
ޔުމްނާ ޢަލީ