ހުޅުމާލޭގައި ޕިކަޕެއް ގައިމައްޗަށް ވެއްޓި މީހަކު ނިޔާވެއްޖެ
ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަރާމާތު މަސައްކަތެއް ކުރުމަށް އޭގެ ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓި، އެ މީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތުދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 15 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:05 އެހާއިރުއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ ޕިކަޕް ދަށުވި […]