ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން މިރޭ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައެވެ. މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އީވާ މަގާމުން ވަކި […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް ހުށަހެޅި އިތުބާރުގެ މައްސަލައިގެ ވޯޓުގެ ކުރިން އީވާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 50 މެމްބަރުންގެ ސޮޔާއެކު އީވާ މަޖިލީހުގެ ނައިބު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހެޅީ 13 ނޮވެމްބަރު 2023 ގައެވެ. މި މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މަޖިލީހުގެ ގަވައިދު ބުނާ […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ދެން އަންނަ އިންތިހާބަކަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. އަދި އެހެން މަސައްކަތް ވަރަށް ގިނަ ކަމަށް ވެސް ވިދާޅުވެފަ ވެއެވެ. އިންތިޚާބުގ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ކަން މިއަދު މަޖިލީހުގައި ޢިއުލާންކޮށްފިއެވެ. މިކަން ޢިއުލާންކުރައްވާފައި ވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާ ގައެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ބައިގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދ...
ޙުސައިން ޝަހުދީ
އެމެރިކާގެ ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރައްޔިތުންގެ މަޖިލިސް އަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މިއަދު ފަށައިފިއެވެ. ނާޒިމް މަޖިލީހަށް މި ޤަރާރު ހުށަހެޅުއްވީ 2 އޯގަސްޓް 2022 ގައެވެ. އެ ގަރާރުގެ ބަހުސް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ވެސް އެ ގަރާރުގެ ބަހުސް ކުރިއަށް ގެންދަން ވަނީ […]
ޔުމްނާ ޢަލީ
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ، ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރު ވުމަށް ފަހު ފުރުސަތު ދީ ފިއެވެ. އަލީ އާދަމާއި ގުޅިގެން ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އޭނާ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން މެޖިސްޓްރޭޓް މަގާމަށް 19 ނޮވެންބަރު 2023 ވަނަ ދުވަހު ވަނީ މަގާމު ދަށްކޮށްފައެވެ. ވަރިވާން ކޯޓަށް ދިޔަ […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަންނަ ރޯދަމަހުގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިގޮތައް ނިންމަވާފައިވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ 24 ވަނަ ބައްދަލުވުމުގައެވެ. އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ. މިގޮތައް އީސީން އެދުނީ 2024 ވަނަ އަހަރު ބޭއްވުމަށް […]
ޔުމްނާ ޢަލީ
ދިރާސީ އާ އަހަރު، 2025 އިން ފެށިގެން ޖެނުއަރީ މަހަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަން މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައިފިއެވެ. ރޮޒެއިނާ މަޖިލިހަށް ހުށަހެޅުއްވި ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ 2025 އިން ފެށިގެން ދިރާސީ އާ އަހަރުގެ ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރައްވާނެ ކަމަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ […]
މުޙައްމަދު
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރުގެ މަގާމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު އިންތިހާބު ކޮށްފި އެވެ. އެމްޑީޕީން ވަނީ މިއަދު ކުރިއަށް ދިޔަ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ ޢާންމުކޮށްފައެވެ. މި ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ބިގޭ ކާމިޔާބުކޮށްފައި ވަނީ 28 ވޯޓުންނެވެ. ބިގޭ އާއި އެންމެ ކައިރިން ވާދަކުރެއްވި ކާށިދޫ ދާއިރާގެ […]
ޙުސައިން ޝަހުދީ
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މިއަދު ޢިއުލާންކޮށްފިއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް، ދުވަހުގެ އެޖެންޑާ އިއްވަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރެއިން ވަނީ މަޖިލީހުގެ ގަވާއިދާ ހަވާލާދެއްވައި، މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ ޕާޓީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީއެންސީ ކަމަށް ޢިއުލާން ކ...
ޔުމްނާ ޢަލީ
މި 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މި ބަޖެޓުގެ މަސައްކަތް ނިންމާލީ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. މަޖިލީހުގެ ތަޅުމުން މިއަދު މި ބަޖެޓު ފާސްކުރީ، ކޮމެޓީން ފާސްކުރި ގޮތަށެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލަ އަކީ 6.5 ބިލިއަން ރުފިޔާ އެވެ. މިއަދު މޮ ބަޖެޓު ފާސްކުރަން ނެގި ވޯޓުގައި ބަޖެޓް ފާސްކުރަން […]
ޔުމްނާ ޢަލީ
އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅައިފިއެވެ. މިކަމުގައި އިސްކޮށް މަސައްކަތްކުރާ “ރައިޓް މޫވްމަންޓުން”އިން މިއަދު ބުނީ މި ޕެޓިޝަނަކީ، މިދައުރުގައި މަޖިލީހަށް ހުށަހެޅި އެންމެ ގިނަ ސޮޔާއެކު ހުށަހެޅި ޕެޓިޝަންކަމަށެވެ. މި ޕެޓިޝަނަކީ “ރައިޓް މޫވްމަންޓުން” އިސްނަގައިގެން ގިނަ އަދަދެއްގެ ކްލަބް ޖަމިއްޔާތަށް ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލ...
ޔުމްނާ ޢަލީ
އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރަކު ތިއްބަވައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ވަޒީރުންނަށް ރުހުން ހޯދަން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. މި ސަރުކާރުގެ ވަޒީރުންގެ މަޖިލިސް ޢައްޔަނުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ.
ޔުމްނާ ޢަލީ
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތައް ހަދަން މަޖިލީހަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނު (ޤާނޫނު ނަންބަރު 1/2007) އަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) އެވެ. މޮސްޓާގެ މި ބިލުގައި ހިމަނުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންއާ ބެހޭ ޤާނޫގެ 8 ވަނަ މާއް...
ޔުމްނާ ޢަލީ
މި 2023 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ދައުލަތުގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަމަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް 6.5 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު، މި އަދަދަކީ މި […]
ޔުމްނާ ޢަލީ