ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. […]
ޔުމްނާ ޢަލީ
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް މިފްކޯ މެދުވެރިކޮށް ފަސޭހައިން ޑޮލަރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުވައިފި އެވެ. އެ ގަރާރު މަޖިލިހަށް ފޮނުއްވީ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ހުސެއިނެވެ. ސައުދުގެ ގަރާރުގައި ބުނެފައި ވަނީ މަސްވެރިންނަކީ ރެއާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ރާއްޖޭގެ އިންތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކަށްވާ އިރު، މަސްވެރިކަމ...
މުޙައްމަދު
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލިހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣުނީއެވެ. އެ ގަރާރުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުން ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުނ...
މުޙައްމަދު
ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ނިންމީ ވަޒީރުންނަށް ރުހުން ދިނުމާމެދު ކޮމެޓީން ގޮތެއް ނިންމަން މިއަދު ބޭއްވީ އެ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ 22 ވަޒީރުންގެ ނަމަށް ގަނޑުކޮށް ވޯޓަށް އަހަން ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮމެޓީގައި ވޯޓަށް އަހާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު […]
ޔުމްނާ ޢަލީ
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ. ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލަން ފާސް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ނިންމާފައި ވަނީ މާދަމާގެ ނިޔަލަށް މަޖިލިހުގެ ދައުރު ނިންމާލުމަށެވެ. މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް އޮންނަނީ މި މަހުން ފެށިގެންނެވެ. އެކަމަކު، މިއަދުގެ ޖަލްސާގައި […]
މުޙައްމަދު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހާމަނުކުރެވިގެން އުޅެނީ ޑޮކިއުމަންޓުތައް ރަނގަޅަށް ފެންނަން ނެތީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ލިބުނު ލިޔުންތަކުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީން ކުރެވިފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބ...
މުޙައްމަދު
ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދުބާއީ އަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި އިންޑިއާ ސިފައިން ބޭލުމަށްވި އެއްބަސްވުން ހާމަކުރަން ގޮވާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، އެ މައްސަލައިގެ ބަހުސް ވަނީ ފަށައި...
ޔުމްނާ ޢަލީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު ހޮވައިފިއެވެ. އިބްރޭ އެ މަގާމަށް ހޮވުނީ މިއަދު އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު ހޮވުމުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި ވާދަކުރައްވައެވެ. މިއަދުގެ އެ އިންތިޚާބުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 50 މެންބަރަކު ވޯޓުލާފައި ވެއެވެ. މިއަދު މެންދުރުފަހު 14:00ގައި ފެށި އެ އިންތިޚާބުގައި، އިބްރޭ […]
ޙުސައިން ޝަހުދީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސިޔާސީ ބޭނުމަށް ރާއްޖޭގެ ޒުވާން އާބާދީ އަށް ވަޒީފާދީ، ކަންނެތްކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ. ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ވަޒީފާ އިން ވަކިކުރާ ކަމަށް އެ ބުނަނީ ކޮންޓްރެކްޓް އުސޫލުން އިންޖީނުގެ އަޅަން ހަވާލުކޮށްފައި ތިބި […]
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ދިވެހިންގެ ރާއްޖެއެއް ހޯދައި ދިނުމުގެ ވައުދާ އެކު ނަމަވެސް ރާއްޖެ މިހާރު ބަދަލުވެފައި ވަނީ “އަދުރޭގެ ރާއްޖެ” އަކަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލި މައްސަލަ މަޖިލީހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޯފޯނު ބަދަލު ކުރަންޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ބަދަލުކުރުމަށް 5،100ރ. ހަރަދު ވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެފައިވާ ކަމަ...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ. މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމާ އާއި ފެން އަދި ބޮޓްލިންގެ […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅަން ނިންމައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް […]
މުޙައްމަދު
ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) މިރޭ އިންތިޚާބު ކޮށްފިއެވެ. މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ވެސް ހުންނެވި ސައްލެ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބު ކުރީ މިރޭ 20:30 ގައި އެކަމަށް ފެށި މަޖިލީހުގެ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރަން ނަން ހުށަހަޅަން ރިޔާސަތުން ހުޅުވާލުމުން އެމްޑީޕީން ވަނީ ސައްލެގެ ނަން ހުށަހަޅާފައެވެ. ސައްލެގެ...
ޔުމްނާ ޢަލީ