ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ)، ކުރިއަށް އޮތް ވިހި ވަނަ މަޖިލީހުގެ އިންތިޚާބުގައި ޅ. ކުރެންދޫ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފިއެވެ. ނިޔާ ވަނީ މިއަދު އެކްސްގައި އެކަން ޢިއުލާން ކުރައްވާފައެވެ. ނިޔާގެ ޕޯސްޓްގައި ވަނީ 18 ވަނަ އަދި 19 މަޖިިލީހަށް ކުރެންދޫ ދާއިރާއިން މެޖޯރިޓީދީ އިންތިޚާބު ކުރީ އެމްޑީޕީގެ މެންބަރުންކަން ފާހަގަ ކުރައްވާފައެވެ. 18 ވަނަ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރަކީ އަބުދުދުލްބާރީ އެވެ. ބާރީ ވަނީ އެ […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ވެސް މިވަގުތު ހުންނެވި ހިސާން މިކަން ޢިއުލާން ކުރެއްވީ ”އެކްސް”ގައި މިއަދު ކުރެއްވު ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އާ އަހަރެއްގެ ހެޔޮ އެދުންތަށް ފޮނުއްވަމުން ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރަށްޔިތުންނަށް ހިތުގެ […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ފާސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށްޓަކައި މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ. ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން މިދިޔަ މަހުގެ 17 ގައި އުފައްދާފައިވާ 22 ވުޒާރާ އާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލިހުން ފާސް ކުރުމަށް ރައީސް މުއިއްޒު […]
މުޙައްމަދު
ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. ނޫސްވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ޝަފީގު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމ...
މުޙައްމަދު
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވައިލަން ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ޤާނޫނު ނަންބަރު 2/2005 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު) އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް (ސައްލެ) އެވެ. އެ ގާނޫނު އުވައިލަން ހުށަހެޅި ސަބަބުތަކުގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ ދިވެހިޖުމްހޫރިއްޔާގެ މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހެދި ޢަމަލު ކުރަމުން އަންނަ ގާ...
ޔުމްނާ ޢަލީ
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޢިއުލާން ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައްފަހު، ދެވަނަ ބުރުގައި ވަކިކޮޅެއް ނެންގެވިކަން ހާމަނުރައްވާ ޢަލީ ވަނީ ދެން އުޅުއްވާނީ ފުޓްބޯޅައިގެ ތެރޭގައި ކަަމަށް ވިދާޅުވެފައެވެ. އެއަށްފަހު ޢަލީ ވަހީދު ވަނީ ޖޭޕީ ދޫކޮށް 7 ޑިސެމްބަރު 2023 ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފައެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީގެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތުކޮމެޓީން ނިންމާފައިވާ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގޮވައިލައްވައިފިއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހަކު މުސާރައަށް މަހަކު 17،500ރ. އިތުރުކޮށް މަހު މުސާރައިގެ ގޮތުގައި 80،000ރ ލިބޭގޮތައް މުސާރަ ބޮޑުކުރަން ފާސްކޮށްފައެވެ....
އަލީ އާދިލް
ސިޓީތަކުގެ މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފިއެވެ. މިގޮތައް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ސިޓީތަކުގެ މޭޔަރުންގެ މުސާރަ މަހަކު 46،000ރ އަށް، ޑެޕިއުޓީ މޭޔަރުންގެ މުސާރަ މަހަކު 40،500ރ. އަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ. އަދި ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ މަހަކު 35،000ރ. އަށް ބޮޑުކުރަން ފާސްކުރިއެވެ. މާލިއްޔަތު ކޮމެޓީން ވަނީ އ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. އެކަން ހާމަކޮށް މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާޢުއަށް މަރުގެ އިންޒާރު ދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މީސް މީޑިއާގައި މެންބަރު ޝިފާޢު އަށް ދިން މަރުގެ އިންޒާރާއި ގުޅިގެން އެ މައްސަލައ ބަލައިދީ، ތަހުގީގު ހިންގައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރުދީފައިވާކަމަށާއި، އެކަން ތަހުގީގުކޮށް ފިޔަވަޅުއަޅަން ދިވެހި ފުލުހުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިރޭ ގޮވައިލައިފިއެވެ. ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލައެއް މި ފެންްމަތިވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ އިސްލާހްތައް ހިމަނައި މަޖިލީހުގެ ގަވާއިދު މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ ގަވާއިދަށް އެ ބަދަލުތައް ގެންނަން އާންމުކޮމެޓީން ފާސްކޮށްފައިވާ އިސްލާހްތައް މަޖިލީހުގެ ތަޅުމުގައި މިއަދު ފާސްކުރީ 44 މެންބަރުންގެ ވޯޓުންނެވެ. މި ގޮތަށް ފާސްކުރުމާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ. މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރު ދަންމާލަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ 28 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ދަންމާލާށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާކަމަށްބުނެ، އެކަން އެހެން އޮއްވައި ވަޒީރުންނަށް ރިޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި އެ އެ މައްސަލަ އަލުން...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލައިފިއެވެ. މިއަދުގެ ޖަލްސާގައި ސަރުކާރުން އަލަށް އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފޮނުވާފައި ނުވާތީ، އެކަން އެހެން އޮއްވައި ވަޒީރުންނަށް ރިޕޯޓްގެ މަސައްކަތް ކުރިއަށް ގެންދެވިދާނެކަމާމެދު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ރިޔާސަތުން، މަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ. މި ސަރުކާރުގެ ކެބިނެޓުގައި ބަންޑާރަ ނައިބާއެކުގައި 22 ވަޒީރުން ތިއްބަވައެވެ. އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހަށް ފޮނުވީ މިދިޔަ މަހުގެ 20 ގަ އެވެ. އެ މައްސަލައިގައި މަޖިލިހުގެ ކޮމިޓީން ނިންމާފައި ވަނީ ވަޒީރުންނަށް ވަކި ވަކިން ވޯޓަށް އެހުމަށެވެ. ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުން – މިނިސްޓާ އޮފް ޑިފެންސް މުހައްމަދު […]
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ހެލްތު މިނިސްޓްރީގެ ވަޒީފާގައި ދެމިހުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ އެކު ހެދި ކޮންޓްރެކްޓް ބާތިލް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މި މައްސަލަ މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މެމްބަރުންގެ މެދުގައި ބަހުސްކޮށްފައެވެ. އެ މައްސަލަ މަޖިލިހަށް ބަލައިގަތީ 21 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެނ...
މުޙައްމަދު