ކުރީގެ ރައީސުންގެ އޮފީސް ހަރަދު އުނިކުރާ ބިލު ތަސްދީގުކުރަށްވައިފި
ރައީސް، ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ގެނެވުނު ތިން ވަނަ އިޞްލާޙުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި، 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ރައީސުލްޖުމްހޫރިއްޔާކަން ނުވަތަ ނައިބު ރައީސުލްޖުމްހޫރިއްޔާކަން އަދާކޮށްފައިވާ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނ...