ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
މި ބޭފުޅުން ޢައްޔަންކުރެއްވީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެމަތީންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ،
- އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާން، ދަފްތަރު. ނަންބަރު ރސ 1188،
- އަލްއުސްތާޛު ޝިފާޒު ޢަލީ، ދަފްތަރު. ނަންބަރު ރސ 12854،
- ޢަލީ މުޙައްމަދުމަނިކު، ދަފްތަރު. ނަންބަރު ރސ 1851،
- ފާޠިމަތު ޝަރީފް، ގދ. ތިނަދޫ/މާކޯޅި، އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ރާއްޖޭގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި، އެފަދަ މައްސަލަތަކުގައި އަޅާނެ ފިޔަވަޅުތަކުގެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިގެންވާ މުސްތަޤިއްލު މުއައްސަސާއެކެވެ. މި ކޮމިޝަން އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދައުލަތުގެ ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި، އިތުބާރު އާލާކުރުމެވެ.
މި ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!