މަދޫރޯ ކިޑްނެޕްކުރުމަށްފަހު ވެނެޒުއޭލާގެ ތެޔޮ އިސްރާއީލަށް ފޮނުވަން ފަށައިފި
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށް އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ގައުމުގެ ތެޔޮ އިސްރާއީލަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން ދީ، ގިނަ އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އިސްރާއީލަށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ފޮނުވަން ފަށައިފިއެވެ. ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެނެޒުއޭލާއިން ފޮނުވި މި ތެޔޮ ޝިޕްމަންޓް މިހާރު ދަތުރުކުރަމުންދަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ރަށް ހައިފާގައި ހުންނަ، އެ ގައުމުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކު...