މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 21 ވަނަ ޞަފްޙާ

އުރީދޫ ކަސްޓަމަރ ޑޭ ފާހަގަކުރުމަށް މެނޭޖްމެންޓާއި ސްޓާފުން ކަސްޓަމަރުންގެ ގާތަށް

އުރީދޫ ކަސްޓަމަރ ޑޭ ފާހަގަކުރުމަށް މެނޭޖްމެންޓާއި ސްޓާފުން ކަސްޓަމަރުންގެ ގާތަށް

އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ވަނީ ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސްތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ ގާތަށް ޒިޔާރަތްކޮށްފައެވެ. މި ހަރަކާތުގެ ދަށުން އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެއްކުރިއެވެ. މި އަހަރުގެ ކަސްޓަމަރ ޑޭގެ...

އިބްރާހިމް އަސްވާޤް
އައިފޯނުތައް ހަވާލުކުރަން ކުލަގަދަ ޝޯއެއް މިރޭ އުރީދޫގައި

އައިފޯނުތައް ހަވާލުކުރަން ކުލަގަދަ ޝޯއެއް މިރޭ އުރީދޫގައި

އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކުރުމަށް އުރީދޫގެ ހުޅުމާލޭ މައި އޮފީހުގައި ލައިވް މިޔުޒިކާއި އެކު ފޯރިގަދަ ޝޯއެއް މިރޭ ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ. މިރޭ 9:30 އިން ފެށިގެން 11:30 އާ ހަމައަށް ކުރިއަށްދާ މި ޝޯގައި މޯލްޑިވިއަން އައިޑަލްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަބްދުﷲ ފާލިހު އާދަމާއި ބަޖިއްކޮގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް އުރީދޫން މަޢުލޫމާތު ދީފައިވެއެވެ. އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ […]

އިބްރާހިމް އަސްވާޤް
އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން، އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ ޙަރަކާތްތަކެއް ހިންގަނީ

އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން، އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ ޙަރަކާތްތަކެއް ހިންގަނީ

އަންނަ އަހަރު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭއިރު، އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ ޙަރަކާތްތަކެއް ހިމަނައިގެން ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ފޮނުއްވި ޚިޠާބުގައެވެ. ރައީސް މުއިއްޒުގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ ގައުމީ ހަޔާތަށް އެންމެ ބޮޑު ބަދަލެއް ގެނުވި އިލާހީ ނިއުމަތަކީ، ހުރިހާ ރައްޔިތުން އިސްލާމްދީން ގަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އ...

އަލީ އާދިލް
ދެ ޞިއްޙީމަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އަޕްގްރޭޑް ކުރަން ވެމްކޯއާ ހަވާލުކޮށްފި

ދެ ޞިއްޙީމަރުކަޒެއް ހޮސްޕިޓަލަކަށް ބަދަލުކުރުމާއި އަޕްގްރޭޑް ކުރަން ވެމްކޯއާ ހަވާލުކޮށްފި

ތ. ގުރައިދޫ އަދި ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި، ތ. މަޑިފުށީ ޞިއްޙީމަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ކުނި މެނޭޖްކުރަން އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ. މި ތިން މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ހަވާލުކޮށްފައިވަނީ ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވަނީ 32.8 މިލިއަން ރުފިޔާއަށް، 325 ދުވަހުގެ ތެރޭގައި ނިންމުމަށެވެ...

އަލީ އާދިލް
އެމެރިކާއިން ވިސާ ނުދިނުމުން، އދ.ގެ ބައްދަލުވުމުގައި އައްބާސް އޮންލައިންކޮށް ބައިވެރިކުރަން ފާސްކޮށްފި

އެމެރިކާއިން ވިސާ ނުދިނުމުން، އދ.ގެ ބައްދަލުވުމުގައި އައްބާސް އޮންލައިންކޮށް ބައިވެރިކުރަން ފާސްކޮށްފި

މެރިކާއިން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއަށް ވީސާ ދޫނުކުރުމާ ގުޅިގެން، އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި އެމަނިކުފާނު ވީޑިއޯ މެދުވެރިކޮށް ބައިވެރިވުމަށް އދ. ގެ އާންމު މަޖިލީހުން ވޯޓު ދީ، ފާސްކޮށްފިއެވެ. މި ނިންމުމާއެކު، ރައީސް އައްބާސްއަށް ޔޫއެންޖީއޭގެ ޢާންމު މަޖިލީހަށް ވީޑިއޯ މެދުވެރިކޮށް މުޚާތަބުކުރެއްވުމުގެ މަގު ފަހިވެގެން ވަނީ ގޮސްފައެވެ. މި ގަރާރަށް 145 ޤައުމަކުން ތާއީދުކުރިއިރު، 5 ޤައުމަކުން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ. އަދި 6 ޤައުމަކުން ވަނީ ވޯޓު […]

ނާޒިމާ އަލީ
ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު

ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު

ނ. ލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި މަހުގެ 6 އަދި 8 ވަނަ ދުވަހުއެވެ. ލަންދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެންބަރު 8 ގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ […]

އަލީ އާދިލް
އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ، އެސްޓީއޯއިން އެތެރެކުރަން ނިންމައިފި

އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ، އެސްޓީއޯއިން އެތެރެކުރަން ނިންމައިފި

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން މުގު، ބިސް އަދި އަލުވި އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ނިންމަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތ...

އިބްރާހިމް އަސްވާޤް
ދެ ސުކޫލެއްގެ ދަރިވަރުންނަށް ސްޓެލްކޯއާ ބެހޭ މައުލޫމާތު ދީފި

ދެ ސުކޫލެއްގެ ދަރިވަރުންނަށް ސްޓެލްކޯއާ ބެހޭ މައުލޫމާތު ދީފި

ބުރޫޖް ޕްރީސްކޫލާއި ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ދަރިވަރުންނަށް ސްޓެލްކޯއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފި އެވެ. މި ދެ ސްކޫލުގެ ދަރިވަރުން ވަނީ ވަކިވަކިން ސްޓެލްކޯގެ އިންޖީނުގެތަކަށް ޒިޔާރަތްކޮށްފައެވެ. ބުރޫޖް ސްކޫލުގެ ދަރިވަރުން ސްޓެލްކޯގެ ހެޑް އޮފީހަށް ކުރި ޒިޔާރަތުގައި، މާލޭ އިންޖީނުގެ ދައްކާލުމުގެ އިތުރުން، އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ އެ ދަރިވަރުންނަށް ދައްކާލާފައެވެ. އަދި ސްޓެލްކޯގެ މަސައްކަތްތަކާ ބެހޭ މުހިންމު މައުލޫމާތުތައް ވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފަ...

އިބްރާހިމް އަސްވާޤް
ސްޓެލްކޯއިން ސީއެޗްއެސްއީގެ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް

ސްޓެލްކޯއިން ސީއެޗްއެސްއީގެ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް

ސްޓެލްކޯ އިން ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ދަރިވަރުންނަށް ސައިޓް ވިޒިޓް އަދި ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ހިންގައިފި އެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ. ސީއެޗްއެސްއީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސްޓެލްކޯގެ މުވައްޒަފުން ވަނީ އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ. މީގެ އިތުރުން ކުންފުނީގެ މަސ...

އިބްރާހިމް އަސްވާޤް
ރާއްޖެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގައި މަރްޙޫމް އެމްޔޫ މަނިކުގެ ދައުރު ވަރަށް ބޮޑު: ރައީސް

ރާއްޖެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގައި މަރްޙޫމް އެމްޔޫ މަނިކުގެ ދައުރު ވަރަށް ބޮޑު: ރައީސް

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދުމުގައި  ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ދައުލަތުން އަރުވާފައިވާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމާ ގުޅިގެން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ވަނީ އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީކަން ފާހ...

ޔުމްނާ ޢަލީ
މަރާމާތައް ފަހު ކުޅުދުއްފުށީގެ ހަސަނާތު މިސްކިތް މާދަމާ ހުޅުވަނީ

މަރާމާތައް ފަހު ކުޅުދުއްފުށީގެ ހަސަނާތު މިސްކިތް މާދަމާ ހުޅުވަނީ

ކުޅުދުއްފުށި ސިޓީ މަސްޖިދުލް ހަސަނާތުގެ މަރާމާތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ އާންމުންނަށް ނަމާދުކުރުމަށް އެ މިސްކިތް އަލުން ހުޅުވުމަށް ހަމަޖެހިއްޖެއެވެ. ސިޓީ ކައުންސިލުން ހަސަނާތު މިސްކިތް އަލުން ހުޅުވާލުމަށް އާންމުންނަށް އިއުލާނުކުރަމުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ މިސްކިތުގެ ބޮޑު ބައެއް ނިމިފައިވުމާއެކު މާދަމާ، 29 އޮގަސްޓް 2025 ވާ ހުކުރު ދުވަހު ފަތިސް ނަމާދުން ފެށިގެން އާންމުނަށް ނަމާދުކުރުމަށް ހުޅުވާލާނެކަމަށެވެ. އެގޮތުން މި އަހަރުގެ މެއި މަހު ސިޓީ ކައުންސިލުން ވަނ...

އައިޝަތު އައިނީ އާމިރު
މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭގެ މާފަންނު އަފްޒާ ގޭގައެވެ. އަލިފާން ރޯވީ އެ ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ […]

ޔުމްނާ ޢަލީ
ޣައްޒާއަކީ ފަލަސްތީނުގެ ބައެއް، އެތަން އޮންނަންވާނީ ވެސް އެގޮތުގައި: އދ.ގެ ވެރިޔާ

ޣައްޒާއަކީ ފަލަސްތީނުގެ ބައެއް، އެތަން އޮންނަންވާނީ ވެސް އެގޮތުގައި: އދ.ގެ ވެރިޔާ

ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށާއި އެތަން ދެމި އޮންނަންވާނީ ވެސް އެގޮތުގައިކަމަށް އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެއެވެ. ގުޓެރެސް މިފަދައިން ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމުމުން އެކަމާއިމެދު ކަންބޮޑުވުންފާޅުކޮށް ނެރުއްވި ބަޔާން އާންމުކުރަށްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”އިސްރާއީލް ސަރުކާރުން “ޣައްޒާ ސިޓީގެ ބާރު އަތުލުމަށް” ނިންމި ނިންމުމާމެދު އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވޭ. މިއީ ނުރ...

ޔުމްނާ ޢަލީ
ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ފެނަކައާ ހަވާލުކޮށްފި

ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ފެނަކައާ ހަވާލުކޮށްފި

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އަގެއްގައި ކުރިއަށްގެންދާ މަސައްކަތަކީ ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތަށް 33.7 […...

ޔުމްނާ ޢަލީ
ހަނގުރާމަ ހުއްޓާލުމަށް ޕްރެސަރކޮށްދިނުމަށް އިސްރާއީލުގެ ކުރީގެ އެތައްސަތޭކަ އޮފިޝަލުން ޓްރަމްޕަށް ގޮވާލައިފި

ހަނގުރާމަ ހުއްޓާލުމަށް ޕްރެސަރކޮށްދިނުމަށް އިސްރާއީލުގެ ކުރީގެ އެތައްސަތޭކަ އޮފިޝަލުން ޓްރަމްޕަށް ގޮވާލައިފި

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސްރާއީލްގެ ސަރުކާރަށް ޕްރެސަރކޮށްދިނުމަށް އެދި އިސްރާއީލްގެ އިންޓެލިޖެންސް އޭޖެންސީތަކުގެ ކުރީގެ އިސްވެރިންވެސް ހިމެނޭ ގޮތަށް އެތައްސަތޭކަ އިސްރާއީލީ ސެކިއުރިޓީ އޮފިޝަލުންތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލާފައިފިއެވެ. މިކަމަށް ގޮވާލައި އިސްރާއީލްގެ ކުރީގެ އޮފިޝަލުން ހޯމަ ދުވަހު ވަނީ އެފަރާތްތަކުގެ ސިޓީއެއް މީޑިއާގައި ހިއްސާކޮށްފައެވެ. “އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ނިންމުމަކީ ހަމާސްއަކީ މިހާރު އިސްރާއީލަށް ސްޓްރެޓެޖިކް ނުރައްކަލެއް ނޫންކަން...

ޔުމްނާ ޢަލީ