އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން ވަނީ ކަސްޓަމަރ ޑޭ ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސްތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ ގާތަށް ޒިޔާރަތްކޮށްފައެވެ.

މި ހަރަކާތުގެ ދަށުން އެކްސްޕީރިއަންސް ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ފީޑްބެކް އަޑުއަހައި، ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެއްކުރިއެވެ.

Ad
rt

މި އަހަރުގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ "ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް" އެވެ. މި ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުންނަށް ސީދާ ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި، ލަފާތައް ދެނެގަތުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.

"އަޅުގަނޑުމެންގެ ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރ ޑޭ އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި، އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެކެވެ،"

އުރީދޫއިން މި ހަރަކާތާ ގުޅޭ ގޮތުން ބުންޏެވެ.

Image

މި ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެނޭޖްމަންޓް އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ހަރަކާތަކީ އުރީދޫއިން ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އިނގުމަށް އެހީތެރިވެދޭ ކަމެކެވެ.

Image

މި ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.