ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރައްވައިފިއެވެ. އެ މަނިކުފާނު އެ ޕާޓީއަށް ސޮއި ކުރެއްވީ އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ފުރަތަމަ ޖަލްސާގައެވެ. ދަ ޑިމޮކްރެޓްސް އަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުން، ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ފިކުރެއްގެ ދިރުމުގެ ނަމުގައި އުފެދުނު ފެކްޝަނުން އުފެދުނު ޕާޓީއެކެވެ....
މުޙައްމަދު އަފްރާޙް
ށ. ފީވަކު ވިޔަފާރި ވެރިޔާ ހަސަން ނިޒާމްގެ “ފުޑް ފެކްޓްރީ” މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުޅުވައިދެއްވައިފިއެވެ. ނާޒިމް މި ފެކްޓްރީ ހުޅުވައިދެއްވާފައި މިވަނީ އެ ޕާޓީން ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. ށ. ފީވަކު “ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީ” އަކީ ލުއިކާނާތައް ކަންމަތީ ފިހާރަ ތަކުގެ ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިއުމުގެ […]
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް 83 ޓީމަކުން ރަޖިސްޓްރީ ކުރިއެވެ. މިއާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށް އުރީދޫއިން ބ...
އަޙްމަދު ވަހީދު
ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވި ދުވަސް މާޒީވެގެން ހިނގައްޖެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކ. އަތޮޅުގެ ތިން ރަށަކަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވެރިކަމުގައި ތިބެގެން މުޒާހަރާކުރުމަކީ އެ...
މުޙައްމަދު އަފްރާޙް
ވިޔަރެއާލްއަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރ ޕައު ޓޯރޭސް ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ. އުމުރުން 26 އަހަރުގެ ޓޯރޭސް އެސްޓަން ވިލާއަށް ބަދަލުވެފައި މިވަނީ އޭނާ ވިޔަރެއާލާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އެސްޓަން ވިލާއާއި ގުޅިފައި ވަނީ 31.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އެސްޓަން ވިލާގެ ކޯޗަކަށް މިހާރުހުރި އުނާއީ އެމެރީ ވިޔަރެއާލަށް އިރުޝާދުދިން އިރު، ޓޯރޭސް ވަނީ 2020 ވަނަ […]
އިބްރާހިމް ޚަލީލް
ދޯންޏެއްގައި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާ ނުލައި ކަމަށް ކޯޓުން ބުންޏެވެ. ޝަހީބު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމީ މިއަދު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމުގަ އެވެ. އޭނާ ދޫކޮށްލުމަށް ނިންމީ ބަންދަށް ލުޔެއް [...
ހުސައިން ހަބީބް
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރާތީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2 ން ހަވީރު 4 ޖަހަންދެން ކުރާނެ ކަމަށެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ނިންމާފައިވާ ވަގުތަކުގައި ކަރަންޓު ކެނޑޭނީ މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަމަށް އެ […]
މުޙައްމަދު އަފްރާޙް
ސަރުކާރުން ”ކުރާ ވައްކަންތައް ބަލައި، ހިސާބުކުރުމަށް” ކަމަށްބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކޮމެޓީއެއް ހަދައިފިއެވެ. އެކަން އެ ކޯލިޝަނުން ހާމަކުރީ ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެޕާޓީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ވައްކަން ކުރާލެއް ގިނަކަމުން ދިވެހި ރައްޔިތުން ނިކަމެތިވަމުންދާ ކަމަށެވެ. “އެކަން ހިސާބުކުރަން ކޮމިޓީއެއް ހާއްސަކުރަން ޖެހުނީ އެހެންވެ. އަަޅުގަނޑުމެން މިހާރު ވާނީ ވައްކަމުގެ...
މުޙައްމަދު އަފްރާޙް
ހެރިޓޭޖް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަމްއޫން ޖަލީލު ނުވަތަ ލޫކަސް ޖަލީލު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކަން ހާމަކުރައްވާ އޭނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އޭނާ ސަރުކާރުގައި އަދާކުރަމުންދާ ސިޔާސީ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދީފި ކަމަށާއި ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ތަޖުރިބާއެއް ކަމަށެވެ. މީގެ އިތުރުން އަބަދުވެސް ބަހައްޓަވާ ގާތްކަަމަށް ރައީސް ސޯލިހަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދ...
މުޙައްމަދު އަފްރާޙް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުރުފުޅެއްގައި މާލެއަތޮޅުގެ 3 ރަށަކަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން ރައީސް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ ގުޅި، ގުރައިދޫ އަދި މާފުއްޓަށެވެ. މިދަތުރުފުޅުގައި މިއަދު މެންދުރު ގުޅީ ރައްޔިތުންނާ ބައްދަލު ކުރެއްވުުމަށްފަހު، ރައީސް ދެން ވަޑައިގަންނަވާނީ ގުރައިދޫއަށެެވެ. އަދި ހަވީރު ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު މިރޭ...
މުޙައްމަދު އަފްރާޙް
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން އެނގުނީ އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިކަން އެނގުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކޯޓުގައި ވިދާޅުވެއްޖެ އެވެ. ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެ...
ހުސައިން ހަބީބް
މިސްރަށް ދާ ދިވެހިިންނަށް އޮންއެރައިވަލް ވިސާ ލިބޭގޮތް ހަދައިފިއެވެ. ދިވެހި ހާރިޖިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖެއިން މިޞްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އޮން އެރައިވަލް (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގަމު...
މުޙައްމަދު އަފްރާޙް
ހއ. ހޯރަފުށި ހެލްތު ސެންޓަރާއި ކެލާ ހެލްތު ސެންޓަރު އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީ “ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރިއެމްބިއުލާންސެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ އެ ތިންތަބުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސ...
މުޙައްމަދު އަފްރާޙް
ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް އެފްސީ ބިގާއި ފިއުރިއަސް ޖޫނިއާގެ އިތުރުން ލެއިޓްވުލްފުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖީޒީ ނަމްބަރު 26، މުހައްމަދު ޖުނެއިދުއެވެ. މި މުބާރާތުގައި [...
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ ސެޓްފިކެޓް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއީ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް ދަށުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އިހަވަންދޫ އިމަގު ޖަމިއްޔާ ގުޅިގެން އެ ރަށުގައި ހަތަރު މަސްދުމަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ޖިންސުގެ 18 އަހަރުންމަތީގެ ހުރިހާ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ. މި ކޯހުގެ ކްލާސްތަ...
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ، ” އަހަންނަށް މި ކުރެވުނީ ރަނގަޅު ކަމެއްބާ؟ ޔަޝްމީ އަހަންނަށް ކިތަންމެ ނަފްރަތެއް ކުރިޔަސް އޭނާދެކެ ވާ ލޯބި ދުވަހެއް ދުވަހަކަށް ވަނީ އިތުރު… ޔަޝްމީދެކެ ފޫއްސެއް ނުވެވުނު.. ރުޅިއެއް ނާދެވުނު.. ކައިވެނި ލަސްކުރާހިތެއްނުވެ! އަހަރެން ކޮންމެ ޙާލެއްގައި އުޅެން ޖެހުނަސް ޔަޝްމީ އަހަރެންގެ އަނތްބަކަށް ހަދަން ބޭނުން. ” ހާރޫން ހިތަށް އަރަމުން ދިޔައެވެ. އެއާއިއެކު އޭނާ ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ހާރޫން […]
ސަލާމާ ޢަބްދުލް ޢަލީމް
މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދެވިއްޖެނަމަ، ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް މާލޭގެ ގޭގެއަށް ދޮރުންދޮރަށް ވަޑައިގަތުމަށްފަހު މީޑިއާ އަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕާޓީން (އެމްޑީޕީ) އެންމެ ބޮޑު އިސްކަމެއް ދޭންވީ، މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދިނުމ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮތްއިރު، ބޯޓިން އެސޯސިއޭޝަނުން ބުނީ އެވޯޑް ހަފްލާ ބޭއްވުމަށް މިހާރު ނިންމާފައިވަނި ޑިސެމްބަރ މަހުގެ ތެރޭގައެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ މިއަހަރުގެ ބޯޓިން އެވޯޑް 33 ގިންތިއަކުން ހުޅުވާލައިގެން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލިވަރބޯޑްތަކާއި ސަފާރީތަކަށްދޭ އެވޯޑު އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްދޭ އެވޯޑު ހިމެނޭ...
މުޙައްމަދު އަފްރާޙް