ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ "ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް އެފްސީ ބިގާއި ފިއުރިއަސް ޖޫނިއާގެ އިތުރުން ލެއިޓްވުލްފުން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖީޒީ ނަމްބަރު 26، މުހައްމަދު ޖުނެއިދުއެވެ.

Ad
rt

މި މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފިއުރިއަސް ޖޫނިއާއާއި އަލް ޔާގިޝްއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފިއުރިއަސް ޖޫނިއާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއުރިއަސް ޖޫނިއާގެ ޖޯޒީ ނަމްބަރު 10، މުހައްމަދު ޒަޔާން ޒުހޫރެވެ.

އިއްޔެގެ ތިންވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ބިގާއި ބްލެކް ކޯނާ ލަޔަންސްއެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެފްސީ ބިގުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބިގްގެ ޖޯޒީ ނަމްބަރު 47، ފާއިންއެވެ.

މި މުބާރާތުގެ ތިން ދުވަހުގެ މެޗުތައް މިހާރު ކުޅެ ނިމިފައިވާއިރު، ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ލެއިޓްވުލްފެވެ. ދެވަނާގައި އޮތީ ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދި ބްލެކް ކޯނާއެވެ. ތިންވަނާގައި އޮތް ބްލެކް ކޯނާ ލަޔަންސްއާއި ހަތަރުވަނާގައި އޮތް ފިއުރިއަސް އަދި ފަސްވަނާގައި އޮތް އެފްސީ ބިގް އަށް ލިބިފައި ވަނީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓެވެ. ތާވަލުގެ ހަވަނާގައި އޮތީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދި ފިއުރިއަސް ޖޫނިއާއެވެ. ތާވަލުގެ ފުލުގައި އޮތް އަލް ޔާގިޝްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މި މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިއުރިއަސް ޖޫނިއާއާއި ލެއިޓްވުލްފެވެ. ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ބްލެކް ކޯނާއާއި އަލް ޔާގިޝްއެވެ. ތިންވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ބްލެކް ކޯނާ ލަޔަންސްއާއި ފިއުރިއަސްއެވެ.

މި މުބާރާތުގައި ޖުމްލަ ހަތްޓީމެއް ވާދަކުރެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް ބުރުގައި އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.