ހއ. ދިއްދޫ ކައިރީގައި އޮތް ފިނޮޅުހިއްކައި، ރިސޯޓެއް ހައްދައިދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ. ނާޒިމް ވިދާޅުވީ އެރަަށާއި ކައިރީގައި ރިސޯޓު ހެދޭނެ ތަންތަން އެބަހުރި ކަމަށާއި އެގޮތުން އެރަށަށް އެންމެބޮޑު ނަފާ ލިބޭނީ ކިހިނެއްތޯ ދިރ...
މުޙައްމަދު އަފްރާޙް
ޗެލްސީއަށް ކުޅެމުންއައި އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕްލިސިޗް އޭސީ މިލާނާއި ގުޅުމާއި ގާތަށް ގޮސްފައިވާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އުމުރުން 24 އަހަރުގެ ޕުލިސިޗް ޗެލްސީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕުލިސިޗް މިލާނާއި ގުޅެނީ 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާގެ މެޑިކަލް ކަންކަން މިލާނުން މި ހަފްތާގައި ނިންމާނެއެވެ. ޕުލިސިޗް ޗެލްސީއަށް ގެނެސްފައި ވަނީ 2019 ވަނަ އަހަރު ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑު...
އިބްރާހިމް ޚަލީލް
ހއ. އުތީމު ގަނޑުވަރުގެ މަރާމާތާއެކު ގިނަ މަޝްރޫއެއް ހިންގުމަށް ރާއްޖެއިން އިންޑިއާ އާއެކު އެއްބަސްވެއްޖެއެވެ. މިއީ ރާއްޖެއާއި އިންޑިއާއި ދެގައުމުގެ ދެމެދުގައި ހައި އިމްޕެކްޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ ދެވަނަ ފިޔަވަހީގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ. އެގޮތުން މުހިންމު 9 އެއްބަސްވުމެއްގައި ސޮއި ކޮށްފައި މިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ދެގައުމުގެ ދެމެދުގައި މއިަދު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ހއ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއް ލައްކަ ރުފިޔާގެ އެހީއެއް ދީފިއެވެ. މިއީ ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެކެވެ. އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ދިން އެހީ އާއި ގުޅޭގޮތުން އެމްއޭސީއެލް އިން ބުނީ މި ހަދިޔާއަކީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސިއްހ...
މުޙައްމަދު އަފްރާޙް
ހިލޭ ޓްރާންސްފާއެއްގެ ދަށުން އިންގްލެންޑްގެ ތަޖުރިބާކާރު ފުލްބެކް އޭޝްލީ ޔަންގް އެވަޓަން އަށް ބަދަލުވެއްޖެއެވެ. އުމުރުން 38 އަހަރުގެ ޔަންގް ނިމިދިޔަ ސީޒަންގައި ކުޅުނީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށެވެ. އޭނާ ވިލާއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވުމާއިއެކު އޭނާ އެވަޓަންއާއި ގުޅިފައި މިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ނިމިދިޔަ ސީޒަންގައި އޭނާ ވަނީ ވިލާއަށް 32 މެޗު ކުޅެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ އެވަޓަންއަށް ބަދަލުވުމަށް ފުރިހަމަ ކުރަންޖެހޭ މެޑިކަލް ޓެ...
އިބްރާހިމް ޚަލީލް
އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު, ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތްކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. އުރީދޫ ނޭޝަންއިން ކުރިއަށްގެންދާ މި މުބާރާތަކީ ގޭމު ކުޅޭ ފަރާތްތަކުގެ ތެރެއިން ޕަބްޖީގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް، ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ […]
އަޙްމަދު ވަހީދު
މަރާމާތަށް ބަންދުކުރިތާ ހަތަރުމަހެއްހާ ދުވަސްފަހުން، އެ މަސައްކަތް ނިންމައި ކުޅުދުއްފުށި ސިޓީ ބެޑްމިންޓަން އެރީނާގެ ދެ ބެޑްމިންޓަން ކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. ބެޑްމިންޓަން ކޯޓްތައް ހުޅުވުމުގެ ގޮތުން ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން މިއަދު އެތަނުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީގައި ބެޑްމިންޓަން އަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު ރަންނަރު ޙުސައިން އަލީ އެވެ. މީގެ ހަތަރުމަހެއްހާ ދުވަސްކުރިން ބެންޒީ ޕްރައިވެޓް...
އިބްރާހިމް ޚަލީލް
ހދ. ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ މިއީ ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި “އަޅިވިލާ” ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ. އަދި މިއީ 95 ފޫޓުގެ ދޯންޏެއް ކަމަށެވެ. މި ދޯނި ޅ. ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނ...
މުޙައްމަދު އަފްރާޙް
ސިޔާސީ ގޮތުން މަސައްކަތް ކުރާނީ ކޮން ފަޅިއެއްގައި އަދި ކޮން ސިޔާސީ ޕާޓީއަަކާއި އެކުގައިކަން އަދިނުނިންމާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެެވެ. އޭނާ މިހެން ވިދާޅުވީ އަމިއްލައަށް އަރުވާލެވިގެން ގާތްގަޑަކަށް ދެ އަހަރެއްހާ ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އަލީ ވިދާޅުވީ އޭނާ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އޭނާގެ ނ...
މުޙައްމަދު އަފްރާޙް
ހުރިހާކަމަކަށްވުރެ ގައުމު އިސްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވަނީ ގައުމު ކުރިއެރުވުން އެންމެ މުހިންމު ކަމަކަށް ހެދުމަށް ބާރުއަޅުއްވައި، އަދި ގައުމުގެ ތަރައްގީ ހާސިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ވެސް ބާރުއަޅުއްވާފައެވެ. އަދި އިގްތިސާދީ ބޮޑު ބަދަލަކަށް ވިސްނުންނެރެ، މަސައްކަތުގެ މައިދާނުގައި...
މުޙައްމަދު އަފްރާޙް
ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ‘’ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023’’ އިއްޔެ ފަށައިފިއެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ މި ފިއެސްޓާ ހުޅުވި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) އެވެ. މި ފިއެސްޓާ ހުޅުވި މެޗުގައި ބްލެކް ކޯނަރ އާއި ފިއުރިއަސް އެވެ. މި މެޗް ބްލެކް ކޯނަރ ކާމިޔާބު ކުރީ 2-0 އިންނެވެ. މި ދެ ގޯލު ވެސް ޖަހާފައި ވަނީ ބްލެކް […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު ސަލާމަތްވުމުގެ ފުރުސަތު ހަނިވެއްޖެ އެވެ. ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވާ ބައްލަވަނީ ފަނޑިޔާރުންގެ ތެރެއިން ހުޒައިފާ މުހައްމަދު މިހާރު ހުންނެވީ މެޑިކަލް […]
ހުސައިން ހަބީބް
ހއ. އިހަވަންދޫ ސްކޫލް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއެއްގެ ފެންވަރުގައި ކިޔަވައިދެއްވާނެ ކަމުގެ ވައުދާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގިނަ ވައުދުތަކެއް އެރަށަށް ވެވަޑައިގެންފިއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހާރު ގެންދަވަނީ ކެމްޕޭނަށް ބޮޑު ތިލަދުން މައްޗަށް ދަތުރު ކުރައްވަމުންނެވެ. މިގޮތުން އިއްޔެ ނާޒިމް ވަނީ ހއ.ގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާފައެވެ. މިގޮތުން އުތީމު، ތަކަނ...
ޔުމްނާ ޢަލީ
އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ. ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަކުރުން ކަމަށެވެ. ރާއްޖޭގައި ވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަ ތިއްބެވި ކަމަށާއި އެބޭފ...
މުޙައްމަދު އަފްރާޙް
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ މައުލޫމާތަށް ބުރަވާއިރު، އަލީ މާލެ ވަޑައިގަންނަވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަދި އަލީ ވަޑައިގަންނަވަނީ ތުރުކީގެ އިސްތަންބޫލު މަގުންނެވެ. އޭނާ ރާއްޖެ ވަޑައިގަންނަވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާތައް ޕީޖީ އިން އަނބުރާ ގެންދިޔުމުންނެވެ. ޕީޖީ އޮފީހުން ވިދާޅުވެފައިވަނީ ދައުވާތައް އަނބުރާ ގެންދަން ނިން...
މުޙައްމަދު އަފްރާޙް
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މިއަދު ދީފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ވަނީ ދީފައެވެ. ނަމަވެސް އެ އިދާރާއިން އަދި މިކަމާގުޅޭ ރަސްމީ ބަހެއް ހާމައެއް ނުކުރައްވައެވެ. ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދިންއިރު އޭނާ އަށް ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ވެސް […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، އޭރު ދެޖީބަށް ދެއަތް ޖަހާލައިގެން ހާރޫން ހުރީ ދުރުން އަންނަ ލޯންޗާއިދިމާލަށް ބަލަހައްޓައިގެންނެވެ. ހަމަ އެވަގުތެވެ. ލޯންޗް ނެރުން ވެއްދުމާއިއެކު ހާރޫން ޔަޝްމީއަށް ބަލައިލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ދުރުގައި ހުރި ނާއިފްއަށް ބަލަހައްޓައިގެންނެވެ. ހާރޫންއަށް ދެން ބަލައިލެވުނީ ނާއިފްއަށެވެ. ” ހިނގާ ދަމާ! ” ފައިބުޑުގައި ހުރި ދަބަސް ނަގަމުން ހާރޫން އެހެން ބުނެލި އަޑަށް ޔަޝްމީ ސިހިފައި ތެޅިގަތެވެ. އަދި އަވަސް އަރުވާލެވުނު ވަރުން ހާރޫންއަށްވުރެ ކުރިން އޭނާއަށް ހިނގައިގަނެވުނީ ފާލަމާ...
ސަލާމާ ޢަބްދުލް ޢަލީމް
ހއ. ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން “ހޯރަފުށީ ޑޭ” ނަމުގައި މި އަހަރު ވެސް ދުވަހެއް ފާހަގަކުރުމަށް ހޯރަފުށީ ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން އިސްނަގައިގެން “ހޯރަފުށީ ޑޭ” ނަމުގައި ފުރަތަމަ އެވޯޑް ނައިޓެއް ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. މިއީ މި އެވޯޑް ނައިޓް އެ ކައުންސިލުން ބާއްވާ ދެވަނަ އަހަރެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަން ހޯރަފުށީ ކައުންސިލުން ނިންމާފައި ވަނީ 18 އޯގަސްޓް […]
އިބްރާހިމް ޚަލީލް