ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެއްކޮށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރޭ ވިދާާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ކުރިއަށް ހުރި އިންތިހާބ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލްގެ ލާއިންސާނީ ޢަމަލުތަށް ކުއްވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގޮވާލައްވާފިއެވެ. ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ، އިސްރާއީލްގެ ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގ...
ޔުމްނާ ޢަލީ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ. ފަލަސްތީނަށް ކުއްލީ އެހީގެ ގޮތުގައި 20 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އެންގެވީ ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދެވެ. އެކަން ޔޫއޭއީގެ ރައީސް އަންގަވާފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި އެހީ ފަލަސްތީނު ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ އދ. ގެ ރިލީފް އެޖެންސީ އާއި ފަލަސްތީނު ރެޖިއުޖީންގެ […]
މުޙައްމަދު
ހއ. ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް އެރަށު ކައުންސިލުން ހުޅުވާލާއިފިއެވެ. އެ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ވޮލީބޯލް، ހޭންޑް ބޯލް އަދި ފުޓްސަލުން އެރަށް ތަމްސީލުކުރާނެ ޓީމުތަކެއް އެކުލަވައިލުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ވޮލީ ބޯލުގައި އަންހެން އަދި ފިރިހެން ޓީމު ނެގުމަށް ނިންމާފައިވާއިރު، ހޭންޑްބޯލް ގައި ނަގަނީ އަންހެން ޓީމެކެވެ. އަދި ފުޓްސަލްގައި ނަގަނީ ފިރިހެން ޓީމެކެވެ. މި ޓީމުތަކުގައ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށާއި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ބެލްޖިއަމްގެ ވިންގަރ އެޑެން ހަޒާޑް، އުމުރުން އެންމެ 32 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ހަޒާޑްގެ ފުޓްބޯޅަ ކެރިއާ ފަށާފައި ވަނީ ފްރާންސްގެ ލިލް އިންނެވެ. އެ ކުލަބާއިއެކު އޭނާ ވަނީ ފްރާންސް ލީގު ދެފަހަރު ކާމިޔާބު ކޮށްފައެވެ. އެ ޓީމަށް ކުޅުނު 149 މެޗުގައި 50 ލަނޑު ޖެހިއެވެ. އެ ޓީމްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޗެލްސީން ވަނީ 2012 ވަނަ އަހަރު […]
އިބްރާހިމް ޚަލީލް
ހައްދުފަހަނަ އެޅި އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަން އިސްރާއީލުން މިއަދު އިއުލާންކޮށްފިއެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް ކުއްލިއަކަށް އަރައިގަނެ، ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. މި ހަމަލާތަކާއި ޣައްޒާ އިން ފޮނުވާލި ރޮކެޓާއި މިސައިލް ހަމަލާތަކާ އެކުގައި އިސްރާއީލުން 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ....
މުޙައްމަދު
މެލޭޝިއާގައި ހުރި އިމާރާތެއްގެ ސާދަ ވަނަ ފަންގިފިލާއިން ވެއްޓި ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޔޫކޭއެލްގެ ރަސްމީ ރެސިޑެންސް ހުންނަ ޔުނިޕާކް ކޮންޑޯގެ ސާދަ ވަނަ ފަންގިފިލާއިން ވެއްޓި މަރުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ގަހާތަރިގެ އުމަރު އަހުމަދު ނައީމް 22 އަހަރެވެ. އެއީ މެލޭޝިއާގެ އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ ކުއަލަ ލަމްޕޫރު (އައިޔޫކޭއެލް)ގައި އާކިޓެކްޗާ ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ސާދަ ވަނަ ފަންގިފިލާއިން ވެއްޓުނު ނަމަވެސް އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ހަ...
އިސްމާއިލް މޫސާ
ހއ. ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މި ކޯހަކީ ދިއްދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކޯހެކެވެ. މި ކޯހާއި ގުޅިގެން އެ ކޮމިޓީން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހުޅުވައިލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ...
މުޙައްމަދު އަފްރާޙް
ހުޅުމާލެ ފޭސް 3 ގެ ސައިޓް އޭ ހިއްކުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހަށް ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަ ޖެހިފައިވަނި ސައިޓް ބީއެވެ. އެހެންކަމުން ސައިޓް ބީގެ މަސައްކަތް ފެށުމަށް އެސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ. ހުޅުމާލެ ފޭސް 3ގައި ޖުމްލަ […]
އަޙްމަދު ވަހީދު
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައްޔިތުންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބ...
މުޙައްމަދު
އޮމާންއަށް އޮންއަރައިވަލް ވިސާ ލިބޭނީ 2 ޝަރުތަކާއެކު ކަމަށް ރާއްޖޭގެ ހާރިޖިއްޔާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއިން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ކުރިން ވިސާއެއް ނެގުމަކާ ނުލައި އެގައުމަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖެގިފައި އޮތް ކަމަށް އެ ވުޒާރާ އިން ކުރިން ވިދާޅުވެފައި ވަނިކޮށް، އޮމާނަށް ދިޔަ ދިވެއްސަކަށް އެ ގައުމަށް އެތެރެ ނުވެވި އެނބުރި ރާއްޖެ އަންނަން ޖެހުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. ހާރިޖިއްޔާ އިން ވިދާޅުވީ ދިވެހިން އޮމާންއަށް […]
މުޙައްމަދު އަފްރާޙް
ނަފްސާނީ ދުޅަހެޔޮކަން ކޮންމެރައްޔިތަކަށް ވެސް ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި މުއިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މީގެ އިތުރުން އެކަން ކުރައްވާނެ ގޮތް ހިއްސާ ކުރައ...
މުޙައްމަދު އަފްރާޙް
ބ. އަތޮޅާއި ވ. އަތޮޅުން 12 ސަރަޙައްދެއް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ބ. އަތޮޅާއި ވ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާ ހޯއްދެވުމަށްފަހުގައި މިއަދު ކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވައެވެ. މި ސަރަހައްދުތައް ހިމާޔަތް ކުރުމާއިގުޅޭގޮތުން މިއަދު ބޭއްވެވި ވަޒ...
ޔުމްނާ ޢަލީ
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ. އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ. ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އޭނާ އާ ގުޅޭގޮތުން ތަހުގީގު ކުރި މައްސަލައިގައި...
މުޙައްމަދު އަފްރާޙް
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ ޓެކްސް 50 ލާރިއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހަޅުއްވައިފިއެވެ. ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށްވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އެކަމުގެ ބުރަ އާންމުންނަށް ބޮޑުވެފައިވާއިރު، އެކަމަށް ލުއި ދިނުމުގެ […]
މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމައިފިއެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ގެންދަވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އިންތިގާލީ މަރުހަލާގައި މިވަގުތު ކުރަމުން އަންނަ އެއް ކަމަކީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއް ކުރުމެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އި...
މުޙައްމަދު
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ނުބައި ދައުވާއެއް ކޮށްފައިވާތީ ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ. ފ. އަތޮޅުގެ ރަށެއްގައި 2014 ވަނަ އަހަރު އެކި ފަހަރުމަތިން 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފަޅު ގެއަކަށް ގެންގޮސްގެން އެ ކުދިންނާ މެދު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި 2021 ވަނަ އަހަރު މީހެއްގެ މައްޗަށް ހުކުމްކުރީ ތިން އަހަރަށް ޖަލަށްލައި, 19 އެތިފަހަރުން ތައުޒީރު ކުރުމަށެވެ. އެ ހުކުމް ހައި […]
ހުސައިން ހަބީބް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރަކާ ހަމައަށް ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕް ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ބީއެމްއެލުން ދޭ ސްކޮލަޝިޕެކެވެ. މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ބީއެމްއެލް ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހޮވާލެވޭ 3 ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ...
އަޙްމަދު ވަހީދު