ދިވެހި ޕާސްޕޯޓު ގެއްލުމުން ކުރާ ޖޫރިމަނާ ކުޑަކޮށްފިއެވެ. މި ޖޫރިމަނާ ކުޑަކޮށްފައިވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުންނެވެ. ޕާސްޕޯޓު ގެއްލުމުން، އަލުން އައު ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު ވަނީ އިސްލާހުކޮށް، މިއަދު ވަނީ ގެޒެޓުކޮށްފައެވެ. ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000 ރުފިޔާއާއި 20،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ […]
މުޙައްމަދު އަފްރާޙް
ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިއީ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް އެ އިދާރާ އިން...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އެމަނިކުފާނަށް ފޮނުވައިފިއެވެ. މި ނޯޓިސް ނަޝީދަށް ފޮނުވާފައިވަނީ މިއަދުއެވެ. މި ނޯޓިސް ނަޝީދަށް އެ ނޯޓިސް ފޮނުވާފައިވާއިރު، ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، ހުށަހެޅީ 49 މެންބަރުންގެ ސޮޔާއި އެކުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ...
މުޙައްމަދު އަފްރާޙް
ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރުގ ެމަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސަވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ވަނީ ވ...
މުޙައްމަދު އަފްރާޙް
ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވާ ހުކުރު ދުވަހު ހަވީރުއެވެ. އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު “ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ދުވަހުގެ ހަވީރު...
މުޙައްމަދު އަފްރާޙް
އިންގްލެންޑްގެ ލީގު ފުޓްބޯޅައިގެ ދެވަނަ ގިންތި ކަމަށްވާ ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ބާމިންހަމް ސިޓީގެ ކޯޗަކަށް ވޭން ރޫނީ ހަމަޖައްސައިފިއެވެ. މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑް ގައުމީ ޓީމްގެ ކެޕްޓަން ކޮށްފައިވާ، ރޫނީ (37) އަށް ބާމިންހަމުން ދީފައި ވަނީ ތިން އަހަރާ ބައި ގެ އެއްބަސްވުމެކެވެ. ބާމިންހަމްގެ ކޯޗްގެ މަގާމުގައި 2022 ވަނަ އަހަރު ޖުލައި މަހުން ފެށިގެން ހުރީ ޖޯން އެއުސްޓޭސްއެވެ. ފާއިތުވި ފަނަރަ މަސްދުވަނު އޭނާ ވަނީ އެ ޓީމަށް އިރުޝާދު ދީފައެވެ. ރޫނީގެ […]
އިބްރާހިމް ޚަލީލް
އެއްވެސް ރަށެއްގެ މަޝްރޫއު ހުއްޓާލަން ނޫނީ މަޑުޖައްސާލަން އަބްގާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް، ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ހުއްޓާލަމުންދަނީ އިންތިހާބީ ރައީސްގެ އެންގެވުމަށް ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައް...
މުޙައްމަދު އަފްރާޙް
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރެއްވި ޚަބަރު ދޮގުކޮށްފިއެވެ. އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައިވާ މުހައްމަދު ޝިފާޒު ކުރައްވާފައިވާ ޓްވީޓެއްގައި ގަޕޯ ފޯމެއްގައި ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ހިމަނުއްވައި ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ އިރު، އެމްޑީޕީއާ އެކު ކިތައް މެންބަރުން ތިއްބަވ...
މުޙައްމަދު އަފްރާޙް
ސިނަމާލެ ބްރިޖްގައި ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތަކުގެ ވެރިންގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ. މިއަދު އެ މުއައްސަސާއިން ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން […]
އިބްރާހިމް ޚަލީލް
ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް އުފުލުމަށް ހާއްސަ މަނަވަރު، ޔޫއެސްއެސް ގެރަލްޑް މެދުއިރުމައްޗަށް ފޮނުވުމަށް ނިންމި ނިންމުމަކީ އެކަމުގެ ސަބަބުން މެދުއިރުމަތީގައި އިތުރު ލޭއޮހޮރުވުންތަކެއް ހިނގާފާނެ ކަމެއް ކަމަށް ތުރުކިޔޭގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އޮސްޓްރިއާގެ ޗާންސެލަރު ކާލް ނެހަމަރ އާއެކު އަންގާރަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ އެމެރިކާއިން މެ...
މުޙައްމަދު
އިޒްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކޮށްދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއް މެދުވެރިކޮށް މިކަން ވަނީ މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލް އިދާރާތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކަށް އަންގާފައެވެ. އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ އިސްރާއ...
އިބްރާހިމް ޚަލީލް
ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ އައު ސަފީރުގެ މަގާމަށް ހ. ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. އެ މަގާމަށް ނަޖީޙާ އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ފޮނުއްވި ސިޓީފުޅު މަޖިލީއަށް މިއަދު އިއްވަވާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމުގެ މަސަކައްކަތް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ އަށް ވަނީ ފޮނުވާފައެވެ. ނަޖީހާ އަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީއްޔާގައި މަސައްކަތް ކުރައްވަމު...
މުޙައްމަދު އަފްރާޙް
2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިންގްލެންޑާއި އަޔަލެންޑްގައި ބާއްވަން ޔުއެފާއިން ނިންމައިފިއެވެ. މިހާތަނަށް އިންގްލެންޑަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް އެ ގައުމުގައި ދެ ފަހަރެއް މަތިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާފައެވެ. އެއީ 1996 ވަނަ އަހަރާއި 2020 ވަނަ އަހަރެވެ. 2028 ވަނަ އަހަރުގެ މުބާރާތަކީ އެ ގަމުގައި މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. ނަމަވެސް މިއީ އަޔަލެންޑްގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. […]
އިބްރާހިމް ޚަލީލް
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެމެރިކާގެ 14 މީހަކު މަރާލާފައިވާ އިރު، ވިއްސަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ހާމަކޮށްފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މަރާލި މީހުންގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި އެމެރިކާގެ ބައެއް ރައްޔިތުން ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. “އެއީ ހިތްދަތި ކަމެއް. މަރުވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ހިތްދަތިކަން ލިބިފ...
މުޙައްމަދު
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ނޮޅިވަރަމުގައި ޚަތިމު ކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ނެރުއްވާފައިވާ ދެންނެވުމެއްގައި ވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޮކްޓޯބަރު 17 ވާ އަންގާރަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމުގަިއ ބައިވެރި ކުރުމަށް ނިންމާފައިވަނީ ޚަތިމު ބަލައިގެން ފަރިތަކޮށް ކިޔަވަން އެންގޭ ފަރާތްތަކަށް ކަަމަށާއި އެކަމަށް އެދޭ ފަރާތްތަކުން އޮކްޓޯބަރު 14 ވާ ހޮނިހިރު ދުވަހގުގެ މެންދުރު 2 ޖެހުމުގެ ކުރިިން ނަން ނޯޓު ކުރުމަށް ވަނީ އެދިލަ...
މުޙައްމަދު އަފްރާޙް
ކުރިއަށް ހުރި ހުރިހާ އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރޭނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެއްކޮށްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރޭ ވިދާާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ކުރިއަށް ހުރި އިންތިހާބ...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލްގެ ލާއިންސާނީ ޢަމަލުތަށް ކުއްވެރިކޮށް ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ގޮވާލައްވާފިއެވެ. ރޭ ކުރިއަށް ދިޔަ އެމްއެންޕީގެ 09 ވަނަ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ، އިސްރާއީލްގެ ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގ...
ޔުމްނާ ޢަލީ