ބީއެމްއެލް އިންޓަސްކޫލް ސްވިމިން ކޮމްޕެޓިޝަން (ސްކޫލްތަކުގެ ފެތުމުގެ މުބާރާތް) ފަށައިފިއެވެ. މިއަދު ފެށި މި މި މުބާރާތަކީ 19 ވަނަ ސްކޫލްތަކުގެ ފެތުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 500އަށްވުރެ ގިނަ ފެތުންތެރިން ބައިވެރިވެއެވެ. މުބާރާތުގައި ބައިވެރިވާ ފެތުންތެރިންނަށް ބީއެމްއެލުން ވަނީ ކާމިޔާބީއަށް އެދިފައެވެ. މި މުބާރާތް ބީއެމްއެލުން ކުރިއަށްގެންދަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ. ބީއެމްއެލުން ވަނީ އިއްޔެ ކުޑަކުދިންނަށް ހާއްސަކޮށްގެން ފެތުމުގެ ފެސްޓިވަލެއްވެސް ކުރިއ...
އަޙްމަދު ވަހީދު
ފައިސާ ހޯދުމަށްޓަކައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުން އަންނަކަމަށެވެ. މިފަދަ މެސެޖު ލިބުނަސް، މެސެޖުގައި ވާ ލިންކަށް ނުފިއްތުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ސްކޭމް މެސެޖުތަކާއި ކޯލުތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ދާދިފަހުން ޕޯސްޓުގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ނަމުގ...
އަޙްމަދު ވަހީދު
ސައުދީ އަރަބިއާ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް ދީފިއެވެ. ރާއްޖޭގެ މަތީ ތައުލީމާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ސައުދި އަރަބިއާ ގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްޖެ އަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ދީ، ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، އެގްރިކަލްޗާ، އެޑިއުކޭޝަނަލް ސްޕެޝަލިޓީޒް، އިސްލާމް އެންޑް އަރަބް ލޭންގްވޭޖް، އިންޖިނިއަރިން، އިކޮނެމި، ޕޮލިޓިކްސް، ލޯ، މީޑިއާ އަދި ބިޒްނަސް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ […]
މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. ހުޅުމާލޭގައި ހުރި މީހަކު ‘ތިލަދުން’ އަށް ބުނީ މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ކުރިމަތިން ކަމަށާއި އަނިޔާވި މީހުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ވެސް އެމްއެންޑީއެފްގެ ސިފައިން ކަމަށެވެ. “މި އެކްސިޑެންޓްވީ ކަންނެލި ޖެޓީން މަގަށް ނިކުތް ސައިކަލަކާއި...
މުޙައްމަދު އަފްރާޙް
ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި އިސްރާއީލްގެ 30 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވާ ކަމަށް ފަލަސްތީން ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނެފިއެވެ. އިސްލާމިކް ޖިހާދުގެ ލީޑަރު ޒިޔާދު ނަކަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރަހީންކޮށްފައި ތިބި މީހުން ޣައްޒާ އަށް ގެންގޮސްފައިވާ ކަމަށެވެ. “ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން އަހަރުމެންގެ ބާރުގެ ދަށުގައި އެބަތިބި. އިސްލާމިކް...
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހަޅައިފިއެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސް ކުރީ މިއަދެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އެންމެ ފަހުން، އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި މިރޭގެ ވަގުތެއްގައެ...
މުޙައްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން މޮޅެއް ނުލިބި އޮތް އޮތުމަށް އާސެނަލުން ނިމުން ގެނެސްފިއެވެ. މިރޭ އަމިއްލަ ދަނޑުގައި އާސެނަލުން ސިޓީގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދިއިރު، މިއީ 2015 ވަނަ އަހަރު ފަހުން ލީގުގައި ސިޓީ މައްޗަށް އާސެނަލަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މި މެޗުގައި އާސެނަލުން ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ. އޭރިއާ ރޮނގު ކައިރީ ހިރެ މާޓިނެލީ […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބަރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބްރައިޓަން އިންނެވެ. މި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިމޮން އެންޑިންގްރާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސަލާހް ވަނީ […]
އިބްރާހިމް ޚަލީލް
މިއަހަރުގެ “ހިޔަލަ” އެކްސްޕޯ ހދ އަތޮޅާއި ށ އަތޮޅުގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީ.ސީ.ސީ) އިން ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގެވެށި މަސައްކަތްތެރިންގެ ދުވަހާއި، ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް، ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެއް ކަމަށެވެ. މިފަހަރުގެ އެކްސްޕޯ އިންތިޒާމްކުރަނީ އެ ކުންފުނީގެ ކުޅުދުއްފުށި ސިޓީ ބްރާންޗާއި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކ...
މުޙައްމަދު އަފްރާޙް
ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް 2023” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ޒިގްޒެގްގެ ފަރާތުން މި މުބާރާތް ބާއްވާ ނުވަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި […]
އިބްރާހިމް ޚަލީލް
މާލޭގެ މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ބިދޭސީ މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި އަންހެނަކެވެ. ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ ޑްރީމް މޯބައިލް ފިހާރައެއް ތެރޭގައި ކަޅު ކުލައިގެ ހެދުމެއް […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފިއެވެ. މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމުގައި، ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ނަޝީދު މަގާމުން ވަކި ކުރުމަށް 39 މެމްބަރުންގެ ސޮއި ވަނީ ހަމަވެފައެވެ. މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށްޓަކައި މިދިޔ...
މުޙައްމަދު
ފަލަސްޠީނު ރައްޔިތުންނަށް މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ދިނުމަކީ ބައިނަލްއްގުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އެހެންކަމުން ލަސްނުކޮށް މި ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ. އެ ޕާޓީން މިހެން ގޮވާލާފައިމިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދާލަތު ޕާޓީން ކޮށްފައިވާ ޓ...
މުޙައްމަދު އަފްރާޙް
އިންތިހާބީ ރައީސްގެ އޮފީސް ހިންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) 5 ވަނަ ފަންގިފިލާ ހަމަޖައްސައިފިއެވެ. މިކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، “އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް” މި ނަމުގައި އިދާރާއެއް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ. ވެރިކަން ބަދަލުވުމުގ...
މުޙައްމަދު އަފްރާޙް
ވައްކަމާދެކޮޅަށް ވާހަކަދައްކައި ހާމަކުރަން އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔައީ މި ފަސް އަހަރު ކަމުގައި ރައްޔިތުންގ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވީ ވައްކަން ބަލަންޖެހޭނެ ކަމަށާއި އެއީ މިދައުރު ވިޔަސް، ނިމިދިޔަ ދައުރު ވިޔަސް، އަދި އޭގެ ކުރީ ދައުރަށް ވީނަމަވެސް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާނަމަ އެކަންކަން ބެލި އަދަބު ލިބެން ޖެހޭ ކަމަށެވެ. މީގެ އިތުރުނ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުުގެ އިސްތިއުނާފް ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިއަދު ކެންސަލް ކޮށްފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ހުކުމާއި ރިޝްވަތު ދިނުމުގެ ކުރުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ޖަލު ހުކުމުގެ އިސްތިއުނާފް ޕީޖީން އެދިގެން ކުރިން ވެސް ކެންސަލްކުރި އެވެ. މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް […]
ހުސައިން ހަބީބް
ދެކުނާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު މިއަދު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ނެރުނު މޫސުމީ ބުލެޓިންގައި ވާގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ފާހަގކުރައްވާފައިވެއެވެ. މިއަދުގެ އިރު އޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލައިލާ ނެރެފައިވާ މި ބުލެޓިން ގައި އިތުރަށް ވިދާޅުވެފައިވަނީ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، އެ ސަރަހައްދަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނ...
މުޙައްމަދު އަފްރާޙް
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […]
އިބްރާހިމް ޚަލީލް