ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވޭނެކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން ވަނީ ދާދިފަހުން އެ ވައިގެބަނދަރުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ދަތުރެއް ކުރައްވާފައެވެ. އެއަށްފަހު ދަތުރުގެ ބައެއް ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރައްވަމުން މުބީން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ މަސައްކަތް މިހާރު ކުރިޔަށް ދަނީ ވަރަށް ބ...
ޙުސައިން ޝަހުދީ
މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ވިހި ގެއެއްގައި ފެންބޮޑުވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ)އިން ބުނެފިއެވެ. އެންޑީއެންއޭ އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ހަ ރަށަކުން ލިބިފައިވާ ކަމަށެވެ. އެ ރަށްތަކަކީ ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން؛ ފޮނަދޫ، ސ.މަރަދޫ އަދި ކ. ގުރައިދޫ އެވެ. މީގެ ތެރެއިން ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް މީހުން ބަދަލުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން […]
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވ. ފެލިދޫ ދާއިރާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައި އެކަން ޢިއުލާން ކުރައްވައިފިއެވެ. ޢަލީ ޒާހިރު މިކަން ޢިއުލާން ކުރެއްވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، މި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިޢުލާންކުރާ ކަމަ...
ޔުމްނާ ޢަލީ
މި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް މާކެޓަށް ނެރުންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭން ބޭރުގެ ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ކުރައްވާ މަސައްކަ...
ޔުމްނާ ޢަލީ
މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު 13:30 އާއި ހަމަ އަށް ވަނީ ދީފައެވެ. މީގެ އިތުރުން މެޓުން ވަނީ ނ. […]
ޔުމްނާ ޢަލީ
މޫސުން ތަންނުދޭތީ ސަރުކާރުން ހުޅުމާލޭގައި މިއަދު ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވަން އުޅުނު މި ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމީ މިއަދު 16:00 އިން 18:00 އަށެވެ. މި ހަވީރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެ ކަނބަލުން ވެސް ބައިވެރިވެވަޑައިގަންނަވަން އޮތީ ހަމަޖެހިފައެވެ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، މޫސުން ގޯސް ވުމުގެ ސަބަބުން އެ ވުޒާރާގެ ފަރާތުން މިއަދު ހަވީ...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ދޭނެ ކަމަށާއި، އޭރުން ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ އިތުރު އިންވެސްޓްމަންޓްތައް ލިބޭނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގަައި ފަތުރުވެރިކަން ތަރައްގީކުރަން ދޫކޮށ...
ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޔުނީފޯމާއި ރޫހް އަދި ރިއަލް ސްޓާސްއާއި ޝީލްޑް ވާދަކުރަން ޖެހިއްޖެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ހަވީރު ރޫހް އާއި ޝީލްޑް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ޝީލްޑް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ޝީލްޑަށް ކުޅުނު […]
އިބްރާހިމް ޚަލީލް
ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއު އާބަންކޯއިން ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުފެ ފުރަތަމަ ފޭސްގެ 10 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައެވެ. ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރު ހިއްކާނެއެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް އާބަންކޯގެ މެނޭޖިން […]
އަޙްމަދު ވަހީދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދެ ވަނަ ފަހަރަށް ފާސްކޮށްފިއެެވެ. އެ ކޮމިޓީ ބައްދަލުވުމުގައި 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ އެމްއެންޕީ މެމްބަރު އިބްރާހިމް ރިޔާޒާއި ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި […]
މުޙައްމަދު
ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރާ އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި “ ސައިލެންޓް އެއާޕޯޓް” ތައާރަފުކުރަން ނިންމައިފިއެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި ގޮތަށް ބަދަލު ކުރަން ނިންމާފައިވަނީ 1 ޖެނުއަރީ 2024 އިން ފެށިގެން 31 މާޗު 2024 އާ ހަމައަށް ކަމަށެވެ. ސައިލެންޓް އެއާޕޯޓު ތައާރަފު ކުރުމުން ބޯޑިން އެނައުންސްމަންޓް ފަދަ ބައެއް އެނައުންސްމަންޓް މުޅިން ހުއްޓާލާނެއެވެ. އަދި ދަތުރުވެރިންނަށް ހަމަހިމޭން މާހައުލެއް ގާއިމު ވެގެންދާނެއެވެ. މިގޮތަށް ބަދަލު ގެނައި […]
އަޙްމަދު ވަހީދު
މެންބަރު ކޮޅު ބަދަލު ކުރުމަކީ ޕާޓީއަށާއި ހޮވި ރައްޔިތުންނަށް ވެސް ދެވުނު ދެރައެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފިއެވެ. އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން މިއަދު މެންދުރުފަހު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު (ނިޔާ) ވިދާޅުވީ، އެއްވެސް މެންބަރެއް ޕާޓީން ވަކިވުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ކޮންމެ މެންބަރަކީ ވެސް ޕާޓީއަށް މުހިންމު މެންބަރެއް ކަމަށް ވެސް ނިޔާ ވިދާޅުވިއެވެ. […]
ޔުމްނާ ޢަލީ
“ރެސްކިއު ޑައިވަރ” ފެންވަރަށް މަސްވެރިން ތަމްރީން ކުރުމަށް ޑައިވް ޓްރެއިނިންގް ހިންގާނެ ޑައިވް އިންސްޓްރަކްޓަރުން ހޯދުމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޑައިވް ކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހާދިސާތައް މަދު ކުރުމުގެ މަގްސަދުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިއަކީ “ރެސްކިއު ޑައިވް” ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައ...
މުޙައްމަދު
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކޮށްދެމުން އަންނަ އުމުރުން 64 އަހަރުގެ ކާލޯ އަންޗެލޮޓީ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. އިންގްލެންޑްގެ އެވަޓަން ދޫކޮށް އަންޗެލޮޓީ ރެއާލްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރުއެވެ. އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އައު އެއްބަސްވުމުގެ ދަށުން އޭނާ ރެއާލުގައި އިތުރު ދެ އަހަރު މަޑުކުރާނެއެވެ. ވުމާއިއެކު އޭނާގެ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ […]
އިބްރާހިމް ޚަލީލް
ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރަޝާދުގެ ސައިކަލު ރޯކޮށް އަންދާލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިނގުރައިދޫގައި ސައިކަލެއްގައި ރޯކޮށްލި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ސައިކަލް ރޯކޮށްލި މައްސަލައިގައި ފަނޑިޔާރުންގެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާ އިން ނެރުނު ބަ...
މުޙައްމަދު
އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރި އަށް ބާރުގަދަ ބިންހެލުމެއް މިއަދު އައިސްފިއެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ މިއަދު ހެނދުނު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިން ކަނޑުގެ ސަރަހައްދަށް ބިންހެލުން އައީ ރެކްޓަ މިންގަނޑުން 5.6 ގެ ބާރުމިނުގައި ކަމަށެވެ. ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން އަދި ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި 5.6 […]
މުޙައްމަދު
މަދިރިން ރައްކާތެރިވުމަށް ހިންގާ މުޅި ރާއްޖެ ސާފުކުރުމުގެ ބޮޑު ހަރަކާތް ފަށައިފިއެވެ. މި ހަރަކާތަކީ، ސިއްހަތާބެހޭ ވުޒާރާ އާއި ސަރުކާރުގެ އެހެން ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މަދިރިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ސާފުކުރުމުގެ ކެމްޕެއިނެއްގެ ގޮތުގައި ‘’މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތް’’ ނަމުގައި ފެށި މި ހަރަކާތް ފައްޓަވާ ވަނީ މިއަދު ހެނދު މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގެ ކައިރީ ބޭއްވި ރަސްމިއްޔާތެއް...
ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ޔުނީފޯމް ހޯދައިފިއެވެ. ގްރޫޕް އޭގެ، ގްރޫޕް ސްޓޭޖް ފަހު މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ ޔުނީފޯމާއި ޔޫތު ފްރެންޑްސް އެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުނީފޯމުންނެވެ. މި މޮޅާއިއެކު ގްރޫޕް ސްޓޭޖްގައި ޔުނީފޯމް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. ގްރޫޕް […]
އިބްރާހިމް ޚަލީލް