އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ތިން ކަމަކަށް އެދިވަޑައިގަންނަވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމެވެ. ދެވަނަ ކަމަކަށް އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ...
ޔުމްނާ ޢަލީ
ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގެ ދަށުން ކުރިމަތި ޒުވާނުންގެ ތެރެއިން އިންޓަވިއުއިން ފާސްވާ ޒުވާނުންނަށް ތަމްރީނުދީ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި އެ ވުޒާރާއިން ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ޢިއުލާން ކުރި މަޝްރޫޢުގެ ދަށުން 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ޒުވާނުންނަށް އޮންނަ އިންޓަވިއު އަންނަ [...
ޔުމްނާ ޢަލީ
އުމުރުން 50 އަހަރު މަތީގެ މީހުންނަށް މިއަދުން ފެށިގެން އާސަންދައިގެ ތެރެއިން ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އަހަރަކު ދެ ފަހަރަ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ދިވެހިންނަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން ފެށުމަށް 14 ހަފްތާގެ މަގު ޗާޓުގައި ވެސް ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭ...
މުޙައްމަދު
އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. އުރީދޫން ބުނީ، އާ އަހަރުގެ އޮފާތައް ރޭ 12:00 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 5ޖީ އެކްސްކްލޫސިވް އެޑްއޮންސް * 5ޖީ ޑޭޓާ 600: 54 ޖީބީ 30 ދުވަހަށް 600 ރުފިޔާއަށް * 5ޖީ ޑޭޓާ 750: 120ޖީބީ 30 […]
އަޙްމަދު ވަހީދު
ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލޭ ސިޓީގެ ހުޅުމާލެ، މާލެ އަދި ބ. ގޮއިދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުން ދައްކައިފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ […]
ޔުމްނާ ޢަލީ
ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި އޮންނަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެހެންވެ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް...
މުޙައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރެއްވި މުހައްމަދު ޝަހީބު، އެ މަގާމުން ވަކި ކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އައިއިރު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމަކު، ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ހިމެނޭ ޕޭޖްގައިވާ ގޮތުން ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އެނގިފައިވާ ގޮތުގައި، އޭނާ އެ މަގާމަށް ހަމަޖެއްސީ...
މުޙައްމަދު
ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ. މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ. މި ހާދިސާގައި […]
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ. މިރޭ ފުލަމްގެ ފަނޑުގައި ކުޅުނު މެޗުގައި ފުލަމް އިން އާސެނަލްގެ މައްޗަށް ކުރި ހޯދީ އެ ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އޮތެވެ. ނަމަވެސް މި ބައްޔާއިއެކު އެ ޓީމް ވަނީ […]
އިބްރާހިމް ޚަލީލް
ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ ކަނޑުމަހުގެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް ދީފިއެވެ. ހަނިމާދޫ ކައުންސިލުން މި ކޫޕަންތައް އެރަށުގެ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދީފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގެ މަސްވެރިންނަށް ދިން ޚާއްޞަ ޖާފަތެއްގައެވެ. މި ދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މި ޖާފަތުގައި އެރަށުގެ ގިނަ މަސްވެރިން ބައިވެރިވެފައިވާ ކަމަށް ހަނިމާދޫ ކައުންސިލްގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓާ ކައުންސިލް މެންބަރު ހާރިސާ މުހައްމަދު ‘’ތިލަދުން’...
ޔުމްނާ ޢަލީ
މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް މުއިއްޒު ވަނީ ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލައްވައިފައެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާ ހިސާބުތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މޯ...
މުޙައްމަދު
ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެ އެވެ. ފުލުހުން މިއަދު ބުނީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމަށަ ސަމާލުވާން އެދޭ ކަމަށެވެ. މީގެ […]
ޙުސައިން ޝަހުދީ
ށ. ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ށ. ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް އެ އަތޮޅު ފޭދުއާ ދިމާލަށް ވާގޮތަށް އޮނުތަކެއް ދަނީ އޮޔާ ދަމުންނެވެ. އެ ސަރަހައްދުގައި މި އޮނުތައް ދެފެންދޭތެރޭ އޮޔާދާތީ އެކަމަށް އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ. ޚާއްޞަކޮށް އެ ސަރަހައްދުން ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުނ...
ޔުމްނާ ޢަލީ
ފުލުހުންގެ ބޭސިކް ޕޮލިސިން ނުވަތަ މަގުތަކުގައި ހަރަކާތްތެރިވުން އިތުރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ފުލުހުންގެ ބޭސިކް ޕޮލިސިން ރަނގަޅު ކުރުން ހިމެނޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދާނީ ފުލުހުންނަކީ ވީހާވެސް ގިނަ އިން މަގުމަތިން ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް...
މުޙައްމަދު
ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ އާބަންކޯއިން މިއަދު މާފުކޮށްދީފިއެވެ. ކުލި ނުދެއްކުމުން މިއަދުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މިހާރު މާފުކޮށްދީފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމަވާފައިވާ ކަމެކެވެ. އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، ޖޫރިމަނާ މާފުކޮށްދިނުމަށް ފަހު، ފްލެޓްތަކަށް ނުދެއްކި ބާކީ ހުރި ފައިސާތައް ބަހާލައިގެން ދެއްކޭނެ...
އަޙްމަދު ވަހީދު
މާލެ އަށް ބޯކޮށް ވާރޭ ވެހި ގިނަ މަގުތަކެއްގައި ފެން ބޮޑުވުމާ ގުޅިގެން އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މެދުކަނޑާލައިފިއެވެ. ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނީ މާލެ އަށް ވެހެމުންދާ ބޯ ވާރެއާ އެކުގައި އަމީނީ މަގުގެ މަސައްކަތް ނުކުރެވި މަޑުޖައްސާލާފައިވާ ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާ ބިނގާވެ، އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާ އެކު، އެ ސަރަހައްދަށް އާންމުން ނުވަނުމަށް ވެސް އެ […]
މުޙައްމަދު
ކުރީގެ އަދަދާއިގުޅޭ، ” އޭނަ އަދިވެސް ބަލަން އިނީ! އަހަރެން ރީތިވީ ކަންނޭނގެ! އަހަރެން ހަމަ ވަގުވަގަށް ބަލައިލިޔަސް އެބަ ހީލާ! ” ޖުމާ މިފަހަރު ވާހަކަ ދެއްކީ އަނގަމަތީގައި އަތް ޖައްސާލައިގެން ދެތުންފަތް ފޮރުވައިގެން އިނދެއެވެ. ” ދެން ޖުމާ އިނދެބަލަ ނުބަލާ! ” ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ޒާރާ ބުނެލިއެވެ. އެއާއެކު ޖުމާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ނަމަވެސް ރުޝްދީ އޭނާއަށް ބަލަމުންދާކަން ޖުމާއަށް އެނގެއެވެ. އެހެންކަމުން އޭނާއަށް އިނީ ވަރަށް ބޮޑަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ފެން ބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގެ ވަގުތަކީ މިއަދު 15:15 އިން 17:30 އަށެވެ. ސަމާލުގެ މެސެޖުގައިވާގޮތުން އެ ސަރަހައްދުތަކަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ. މީގެ އިތުރުން ފެން ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފަ ވެއެވެ.
ޔުމްނާ ޢަލީ