މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 843 ވަނަ ޞަފްޙާ

ގޯތި ލިބުމުނު މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރަން ފަށައިފި

ގޯތި ލިބުމުނު މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުމުނު މީހުންގެ ތެރެއިން މިހާތަނަށް ބިމާއި ރަޖިސްޓަރީ ހަވާލު ނުކުރެވި ތިބި މީހުންނަށް ބިމާއި ރަޖިސްޓަރީ ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުމުގެ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18)

ކުރީގެ އަދަދާއިގުޅޭ، ” އޯހް! ފެންފުޅި ހުސްވެފައި…. ” އެނދުކައިރީގައި ހުރި ފުޅި ނެގުމަށްފަހު ފުޅިން ބޮލުގައި ޖަހާލަމުން ޖުމާއަށް ބުނެލެވުނެވެ. ކަންނެތް ގޮަތަކަށް އެނދުން ތެދުވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައި ދާށެވެ. ވަގުތަކީ މާހިލަށްވެސް އޭނާގެ ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ސީދާވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޖުމާ އިސްޖަހާލަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ހުޅުވާފައި ހުރި ގޭގެ ބޮ...

ސަލާމާ ޢަބްދުލް ޢަލީމް
މާލޭގައި ފެންބޮޑުވެ ގެއްލުންވި 70 ގެއަކަށް 4 ލައްކަ ރުފިޔާ ދެނީ

މާލޭގައި ފެންބޮޑުވެ ގެއްލުންވި 70 ގެއަކަށް 4 ލައްކަ ރުފިޔާ ދެނީ

މިދިޔަ އާދިއްތަ ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެގެން ގެއްލުން ލިބުނު 70 ގެއަކަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ނިންމައިފިއެވެ. އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި އެކި ގެއްލުންތައް ލިބުނު ގެތަކަށް ޖުމްލަ 457،242ރ. ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 34 ގޭބިސީއެއްގެ އިމާރާތައް ގެއްލުންވެ، ސްޓްރަކްޗަރަލް ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޅިއެކު 248،381ރ. ދޭން ނިންމާފައިވާ އިރު، 65 […]

މުޙައްމަދު
އުރީދޫ މޯލްޑިވްސް ގެ އާއްމު ހިއްސާދާރާކަށްވުމުގެ ފުރުސަަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް ގެ އާއްމު ހިއްސާދާރާކަށްވުމުގެ ފުރުސަަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފިއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށެވެ. ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ޤަރާރު ހުށަހަޅަންޖެހެއެވެ. އިތުރު ޝަރުތައް: – ކުންފުނީގެ ޤާނޫނު އަދި އެ...

އަޙްމަދު ވަހީދު
އިސްލާމް ދީނަށް އަހުލުވެރި ޖީލެއް ބިނާކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި

އިސްލާމް ދީނަށް އަހުލުވެރި ޖީލެއް ބިނާކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި

ދިވެހި އުންމަތަކީ އިސްލާމް ދީނަށް އަހުލުވެރި ޖީލެއް ކަމުގައި ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ ”ރިސާލަތު” ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ދިވެހިންގެ ހިއްތަކުގައި އިސްލާމް ދީނާއި އީމާންކަމުގެ ރުކުންތައް ވަރުގަދަކޮށް، އަގީދާ ހަރުދަނާކޮށް، އިސްލާމް ދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ، އެކަމަށް ޓަކައި އިސްލާމީ ކަންތައްތަ...

ޙުސައިން ޝަހުދީ
ޕެނަލްޓީގައި ޝީލްޑް ބަލިކޮށް ރިއަލް ސްޓާސް ފައިނަލަށް

ޕެނަލްޓީގައި ޝީލްޑް ބަލިކޮށް ރިއަލް ސްޓާސް ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ރިއަލް ސްޓާސް އިން ހޯދައިފިއެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ޝީލްޑާއި ރިއަލް ސްޓާސްއެވެ. މުޅި މެޗުގައި ވެސް ޝީލްޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު ރިއަލް ސްޓާސް އިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނދު ހަތްވަނަ […]

އިބްރާހިމް ޚަލީލް
ކީއްވެ އާޒިމާ؟

ކީއްވެ އާޒިމާ؟

މާލެސިޓީގެ މޭޔަރު ކަމަށް އުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ހޮވަންވީ ކީއްވެ؟ ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުކަން ތިން ސަރުކާރެއްގައި ކޮށްފައިވާ އުސްތާޒާ އާއިޝަތު އާޒިމާ އަކީ ފާއިތުވި ދުވަސްތަކުގައި ދިވެހި ގައުމަށް އެންމެ މުހިންމު ވަގުތުތަކުގައި ގައުމުގެ ދިފާއުގައި ތެދުވެދިން ހިތްވަރުގަދަ ކަނބަލަކަށްވީމައެވެ. ފުރުސަތަކަށް ބޭނުންވެ ނަމަވެސް ކުރިއަށްދާނެ ގޮތެއް ނެތިފައި ތިބި އެތައް އަންހެނުންނެއްގެ އަތުގައި ހިފައިގެން މަގުދައްކާ ކުރިއަށްދާންވީ ގޮތްތައް ހޯދައިދިން ނަމޫނާ ކަނބަލަކަށްވީމައެވެ. އާޒިމާ ހޮވަ...

ތިލަދުން
އެމްޑީޕީގެ ޓިކެޓް 35 ބޭފުޅަކަށް ކަށަވަރުވެއްޖެ

އެމްޑީޕީގެ ޓިކެޓް 35 ބޭފުޅަކަށް ކަށަވަރުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަންފާޅު ކުރި އެ ޕާޓީގެ މެންބަރުންކުރެ 35 ބޭފުޅަކަށް ޓިކެޓް ކަށަވަރުވެފައިވާކަން އެ ޕާޓީން މިއަދު ޢިއުލާން ކޮށްފިއެވެ. އެމްޑީޕީން ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމަށް ހުޅުވައިލި ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނު...

ޔުމްނާ ޢަލީ
ފާއިތުވި 5 އަހަރު 69،780 ވެހިކަލް ރަޖިސްޓްރީ ކުރި: އަމީން

ފާއިތުވި 5 އަހަރު 69،780 ވެހިކަލް ރަޖިސްޓްރީ ކުރި: އަމީން

ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް 69،780 ވެހިކަލް ރަޖިސްޓްރީ ކުރި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ އަށް އެކަނި ވެސް 42،000 އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. “ހިސާބުތަކަށް ބަލާ އިރުގައި ސިއްސައިގެންދާ ވަރުގެ އަދަދަކަށް ރަޖިސްޓްރީވަމުންދަނީ، އެއީ ގްރޭޓާ މާލެ އޭރިޔާ، މި އޭރިޔާއަކީ ވަރަށް ހައި ޑެނ...

މުޙައްމަދު
އަޅާނުލާ އޮތް ވިލިމާލެ ތަރައްގީ ކުރާނީ މި ސަރުކާރުން: ހަލީލް

އަޅާނުލާ އޮތް ވިލިމާލެ ތަރައްގީ ކުރާނީ މި ސަރުކާރުން: ހަލީލް

ކުރީގެ ސަރުކާރުތަކުން އަޅާނުލައި އޮތް ވިލިމާލޭގެ ތަރައްގީ އަށް މި ސަރުކާރުން އިސްކަން ދޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ވިލިމާލެއަކީ އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެންނަވާނެ ކަމަށެވެ. “ތިބޭފުޅުން [ވިލިމާލެ ރައްޔިތުން] ޔަގީން ކުރައްވާ، ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ […...

މުޙައްމަދު
މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ. ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަމްޒީ ތަޅުދަނޑި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ސީ އެމްބިއުލާންސްގެ ހިދުމަތް ދެވުމަކީ ވިލިމާލޭގ...

މުޙައްމަދު
މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން ހިސާން ނިންމަވައިފި

މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން ހިސާން ނިންމަވައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ވެސް މިވަގުތު ހުންނެވި ހިސާން މިކަން ޢިއުލާން ކުރެއްވީ ”އެކްސް”ގައި މިއަދު ކުރެއްވު ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އާ އަހަރެއްގެ ހެޔޮ އެދުންތަށް ފޮނުއްވަމުން ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރަށްޔިތުންނަށް ހިތުގެ […]

ޔުމްނާ ޢަލީ
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކާތީ އެތަނުގައި އަޅާފައިވާ ކާގޯ އުޅަނދުތައް ނަގަން އެދިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކާތީ އެތަނުގައި އަޅާފައިވާ ކާގޯ އުޅަނދުތައް ނަގަން އެދިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކާތީ އެތަނުގައި އަޅާފައިވާ ކާގޯ އުޅަނދުތައް ނަގަން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެދިވަޑައިގެންފިއެވެ. ފަޒުލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ސެކްޓަރ ބީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގައި އަޅާފައިވާ ކާގޯ އުޅަނދުތައް އެތަނުން ނަގަން އެދިވަޑައިގަންނަވާ ކަމަށެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަފިޔަވަހީގެ މަސައްކަތް ކުރިއަށްދާތީ އެތަނުން ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރު...

އަޙްމަދު ވަހީދު
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަން ނިންމައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަން ނިންމައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ. މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހު...

ޔުމްނާ ޢަލީ
ފީވަކު ބަލްމާ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ފަޔަރ ބާޑްސްއަށް

ފީވަކު ބަލްމާ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ފަޔަރ ބާޑްސްއަށް

ބަލްމާ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ށ.ފީވަކުގައި ކުރިއަށް ގެންދިޔަ “ބަލްމާ ފުޓްސަލް ޗެލެންޖް 23/24” ގެ ޗެމްޕިއަންކަން އެފްސީ ފަޔަރ ބާޑްސް އިން ހޯދައިފިއެވެ. ފަޔަރ ބާޑްސް އިން ޗެމްޕިއަންކަން ހޯދީ މި މަހު އެއްވަނަ ދުވަހު އެ ރަށު ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލްގައި 3-0 ގެ ނަތީޖާއިން، އެންމެ ފަހުގެ ޗެމްޕިއަން ހޫލިގަން އެސްސީ ބަލިކޮށްގެންނެވެ. މި މެޗުގައި ފަޔަރ ބާޑްސް ޓީމުގެ ލަނޑުތައް ޖަހައިދިނީ ޢަބްދުالله ނަވީން، ހުސެއިން ޝަރީފް (އޮންލީ) އަދި އަބްދުالله […]

އިބްރާހިމް ޚަލީލް
އަޅުގަނޑުގެ ވަފާތެރިކަމާއި ގާބިލްކަމާ މެދު ސުވާލެއް ނުކުރެވޭނެ: އާޒިމާ

އަޅުގަނޑުގެ ވަފާތެރިކަމާއި ގާބިލްކަމާ މެދު ސުވާލެއް ނުކުރެވޭނެ: އާޒިމާ

ރާއްޖޭގައި މީގެކުރިން ވެރިކަން ކުރި ތިން ސަރުކާރާ އެކީގައި ވެސް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާގެ ވަފާތެރިކަމާއި ގާބިލްކަމާ މެދު ސުވާލު ކުރުމުގެ ޖާގަ ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 13 ވަނަ ދުވަހު އޮންނަ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ދަށުން މާލޭގައި ބޭއްވި ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ކުރަމުން އަންނަ […]

މުޙައްމަދު
ރައީސް މުއިއްޒު ވަޑައިގަތީ މާލެއަށް ޖުމްލަ ހައްލެއް ހޯދައި ދިނުމަށް: ޝިޔާމް

ރައީސް މުއިއްޒު ވަޑައިގަތީ މާލެއަށް ޖުމްލަ ހައްލެއް ހޯދައި ދިނުމަށް: ޝިޔާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މާލެ ސިޓީއަށާއި އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ޖުމްލަ ހައްލެއް ހޯއްދަވައި ދެއްވުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 13 ވަނަ ދުވަހު އޮންނަ ބައި އިލެކްޝަންގައި މާލެ ސިޓީގެ މޭޔަރު އަދި އެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ […]

މުޙައްމަދު
ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަނީ

ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަނީ

މާލޭގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު...

މުޙައްމަދު