ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޫހް ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ރޫހް އާއި ޔުނީފޯމެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ރޫހް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. މިއަދު މެޗު ފަށައިގެން ޔުނީފޯމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފު […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެނ...
މުޙައްމަދު
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވީ 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކާމެދު ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ އެންމެފަހުގެ ޖަލްސާއާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބާއްވާ ބޭސިކް އަދި އެޑްވާންސް ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ބާއްވާ މި ކޯހުގައި ބައިވެރިންގެ އަތުން އެސްވެސް ފީއެއް ނުނަގާނެއެވެ. ނަމަވެސް ކޯހުގައި ބޭނުން ކުރާނެ ފަހާފޮށި ހޯދުމަކީ އެ ބައިވެރިއެއްގެ ޒިންމާއެކެވެ. މި މަހު 16 ވަނަ ދުވަހު ފަށަން ތާވަލު ކޮށްފައިވާ މި ކޯހުން ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެކަމަށް އެދި ފުރަތަމަ ނަން […]
އިބްރާހިމް ޚަލީލް
މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވ...
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށު ސްކޫލް ކުދިންނަށް ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އެ ރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 70 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން...
އިބްރާހިމް ޚަލީލް
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޑރ. ފާތިމަތު ރަޝްމީ، ވާދަކުރައްވަން ނިންމަވައިފި އެވެ. ޑރ. ފާތިމަތު ރަޝްމީއަކީ ޗައިނާއިން މެޑިކަލް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މަތީ ތަޢުލީމް ހާސިލް ކުރެއްވީ ބަންގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާއިން ނެވެ. ތައުލީމީ ހަޔާތަށް ފަހު ޑރ.ރަޝްމީ ފުރަތަމަ މަސައްކަތް ކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައެވެ. މިހާރުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ....
އަލީ އާދިލް
ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް ތަޢާރުފުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ، 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމާއިގ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާހްކޮށްފިއެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު މިތަން އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒަކާތު ހައުސްއިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލުން ލީޑު ފުޅާކޮށްފިއެވެ. ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ލިވަޕޫލަށް ލިބުނެވެ. ޑިއާޒްއަށް ނިއުކާސަލްގެ އޭރިއާތެރެއިން ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ސަލާހް ފޮނުވާލިއިރު އެ ޕެނަލްޓީ ނިއުކާސަލްގެ […]
އިބްރާހިމް ޚަލީލް
” އެ ގެނައިން.. ނުގެނެސް ކޮންތާކަށް ދާނީ؟ ” ވާހަކަ އެހިސާބަށް ދިޔައިރު މާހިލަށް ގެއާ ހަމައަށް އާދެވިއްޖެއެވެ. އެހެންކަމުން ފޯނު ބޭއްވުމަށްފަހު ދޮރާށި ހުޅުވާ އެތެރެއަށް ވަނުމާއެކު މާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ. ގޭގެ ފާރުގައި ލެނގިލައިގެން ހުރެ ރޮމުންދިޔަ ޖުމާއަށްވެސް މާހިލް ފެނުމާއެކު ތެޅިގަނެވުނީ ނުހަނު އަވަހަށެވެ. އޭރުވެސް މާހިލަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. އަތުގެ ނުފުށުން މޫނު ފުހެލުމަށްފަހު ޖުމާ އަވަސްވެގަތީ ގޭތެރެއަށް ވަންނާށެވެ. ” ޖުމާ! ” ނަމަވެސް އޭނާ އެތެރެއަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ށ.އަތޮޅު ކޮމަންޑޫގައި އިމާރާތް ކުރެވުނު ވޭސްޓް މެނޭޖްމެންޓް ސެންޓަރ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. މި ސެންޓަރ ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވީ ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން އެވެ. އެ ރަށު ކައުންސިލުން ވަނީ އެ ރަށުގެ ގޭބިސީތަކުން ކުނި ނެގުމަށްޓަކައި މުވައްޒަފުން ލައިގެން މިއަދި ރަސްމީކޮށް އެ މަސައްކަތް ފަށާފައެވެ. މި ކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު […]
އިބްރާހިމް ޚަލީލް
ކުރީގެ ދަތުރުފަތުރާބެހޭ ވަޒީރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު، އައިޝަތު ނަހުލާ އަންނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. ނަހުލާ މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ޢިއުލާން ކުރައްވާފައެވެ. ނަހުލާ ވިދާޅުވެފައިވާ ގޮތުގައި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާ އަށް ވާދަކުރައްވަން އޭނާ ނިންމަވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ”އަޅުގަ...
ޔުމްނާ ޢަލީ
ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ ޤައުމުގެ މެދުތެރޭގެ އިޝިކާވާއަށް އައި 7.6 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާއެކު އެރި ސުނާމީއާ ގުޅިގެން، ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ […]
ޔުމްނާ ޢަލީ
ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު ”ހަފްތާ14” ގެ ސިއްހީ ވަޢުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ ޑިސެންބަރ މަހުގެ 14 ވަނަ ދުވަހުއެވެ. މި ވަޢުދުގެ ދަށުން އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ދަނީ ތައްޔާރުވަމުންކަމަށް ސިއްހަތާބެހޭ […]
ޔުމްނާ ޢަލީ
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރ ވެން ޑަ ބީކް ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ފްރޭންކްފާޓަށް ބަދަލު ވެއްޖެއެވެ. އުމުރުން 26 އަހަރުގެ ވެން ޑަ ބީކް ފްރޭންކްފާޓަށް ބަދަލުވެފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ސީޒަން ނިމުމުން އޭނާ ގަތުމަށް ފްރޭންކްފާޓުން ބޭނުން ވެއްޖެނަމަ އެކަން ކުރެވޭނެ މާއްދާ އެއްބަސް ވުމުގައި ވަނީ ހިމަނާފައެވެ. ވެން ޑަ ބީކް ޔުނައިޓެޑާއި ގުޅިފައި ވަނީ 35 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި 2020 ވަނަ […]
އިބްރާހިމް ޚަލީލް
ދަތުރުކުރަމުން ދިޔަ ލޯންޗަކަށް ދިޔަވާތީ އެ ލޯންޗަށް ސިފައިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ލޯންޗަކަށް ދިޔަވެ، ގެއްލުން ވާތީ ސިފައިން އަންނަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެއީ ތ. އަތޮޅު ބުރުނީގެ ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. “އެމްއާރުސްޕީޑް” ނަމަކަށް ކިޔާ ލޯންޗަށް ދިޔަވެ ގެއްލުންވުމުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކުޑަހުވަދޫ ޕޯސްޓްގެ ސިފައިންނެވެ. ‘’މ...
ޔުމްނާ ޢަލީ
މޯލްޑިވްސް ގޭސްގެ އިސްވެރިންނާއި މެނޭޖްމަންޓް ގޭސް ޑެލިވަރީކުރުމުގައި އަމަލީގޮތުން ބައިވެރިވެއްޖެ އެވެ. މޯލްޑިވްސް ގޭސް އިން މިއަދު ‘’އެކްސް’’ ގައި ބުނީ، އެ ކުންފުނީގެ އިސްވެރިންނާއި މެނޭޖުމަންޓު ޓީމް ގޭސް ޑެލިވަރީ މަސައްްކަތުގައި ޢަމަލީ ގޮތުން މުވައްޒަފުންނާއެކު މިއަދު ބައިވެރިވަމުން އަންނަ ކަމަށެވެ. މި ކަމަކީ، އާއަހަރާއި ގުޅިގެން ކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަސައްކަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙަނ...
ޔުމްނާ ޢަލީ