ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދި ކުޅުނު މެޗު ފަލްކަން އިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ފަލްކަންއާއި ޑެޒަޔަރ ކްރޫ ބައްދަލުކުރި މެޗު، ފަލަކަން އިން ކާމިޔާބު ކޮށްފައި ވަނީ 6-4 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމް އޮތީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދީ ޝީލްޑާއި […]
އިބްރާހިމް ޚަލީލް
އިސްލާމީކަންތަތަކާބެހޭ ވުޒާރާއިން، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ. އެ ވުޒާރާއިން ބުނީ އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި މަޖިލީހެއް ކަމަށެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައި، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ތާރީހާ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ފާސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށްޓަކައި މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ. ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން މިދިޔަ މަހުގެ 17 ގައި އުފައްދާފައިވާ 22 ވުޒާރާ އާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލިހުން ފާސް ކުރުމަށް ރައީސް މުއިއްޒު […]
މުޙައްމަދު
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކުރިއަށް ދިޔަ މި ދަސްވެނިވުމުގެ ހަފުލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ. މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އިތުރުން، އެ ކޮލެޖުގެ ފެކަލްޓީތަކުން ދަސްވެނިމުނު...
ޔުމްނާ ޢަލީ
ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ސަލާމަތުން ތިއްބާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ކުޅެލުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކު...
މުޙައްމަދު
މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ ކޮމާންޑިން އޮފިސަރުގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އައްޔަން ކުރައްވައިފިއެވެ. ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އެ މަގާމަށް ޢައްޔަނުކުރެއްވިކަން އެމްއެންޑީއެފުން ހާމަކުރެއްވީ މިއަދުއެވެ. އެތަނުގެ ކޮމާންޑިން އޮފިސަރަކަށް ކުރިން ހުންނެވީ މޭޖާ ޖެނެރަލް ރ. ވައިސް ވަހީދެވެ. އެމްއެންސީސީ އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ. މި ތަނުގެ ސްޕްރީމް ކޮމާންޑަރުގެ ގޮތުގައި ހުނ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ރުޝްދީގެ ޖުމްލައިން މާހިލަށް ފުންމައިގެން ތެދުވެވުނެވެ. ވެއްޓެން މިއުޅޭ އަނދަވަޅުގެ ފުންމިނާމެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. ދަންވަރު ވަގުތު ރީނާއާ ބައްދަލްކުރަން ހޮސްޕިޓަލަށް ގޮސްފިނަމަ، މާދަމާ އެ ޚަބަރު މަންމައަށް ލިބޭނެކަން މާހިލަށް ޔަޤީން ކުރެވުނެވެ. އެއާއެކު މާހިލަށް ހަދާނެގޮތް ހުސްވިފަދައެވެ. ” މިވަގުތު؟” ” ހޫމް.. ކިހިނެއްވީ؟ ރީނާ ހިތްހަމަ ޖައްސާލަން މާހިލް މިކޮޅަށް އައްޔާ ރަނގަޅުވާނީ!” ރުޝްދީ ބުނެލިއެވެ. އެއާއެކު މާހިލްގެ ސިކުނޑިއަށް ނުހަނު ބަރުހެލިކަން އިޙްސާސް ކުރ...
ސަލާމާ ޢަބްދުލް ޢަލީމް
ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. ނޫސްވެރިކަމުގެ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި ޝަފީގު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމ...
މުޙައްމަދު
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވައިލަން ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ޤާނޫނު ނަންބަރު 2/2005 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު) އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް (ސައްލެ) އެވެ. އެ ގާނޫނު އުވައިލަން ހުށަހެޅި ސަބަބުތަކުގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ ދިވެހިޖުމްހޫރިއްޔާގެ މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހެދި ޢަމަލު ކުރަމުން އަންނަ ގާ...
ޔުމްނާ ޢަލީ
މިހާތަނަށް ބެލި ބެލުމުން ކުރީ ސަރުކާރުން ސިނަމަލޭ ބްރިޖްގެ މެއިންޓަނަންސްގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހާމަވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. ސިނަމާލޭ ބްރިޖަށް އަރާއިރު ހުންނަ ބޯޑުގެ ލައިޓުތައް ހަލާކުވެ، ދަބަރު ޖަހައިފައި ހުރުމުން ގިނަ ބަޔަކު ވަނީ މީގެ ކުރިންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ރައްޔިތުންގެ ހުރި މި ކަންބޮޑުވުންތަކާއެކު އައު ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ސްޓެލްކޯ ގުޅިގެންދަނީ އެ މައްސަލަތައް ހައްލުކުރު...
އަޙްމަދު ވަހީދު
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރިއަލް ސްޓާސް ޖާގަ ހޯދައިފިއެވެ. ގްރޫޕް އޭގައި ހިމެނޭ ރިއަލް ސްޓާސްއާއި އަހުލީ މިއަދުގެ މެޗަށް ނުކުތްއިރު ސެމީން ޖާގައެއް ކަށަވަރު ކުރުމަށް މޮޅުވުން ނޫން ގޮތެއް އެ ޓީމަކަށް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ވެސް ރިއަލް ސްޓާސްއަށް އޮތީ ސެމީގެ ޖާގަ ހޯދުމުގެ ފުރުޞަތު ތަނަވަސް ވެފައެވެ. ވާދަވެރި […]
އިބްރާހިމް ޚަލީލް
ފާއިތުވި އިތުވި ފަސް އަހަރު ތެރޭގައި ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުއާޒު ވިދާޅުވީ ނިމުނު ފަސް އަހަރު ކުންފުނީގެ ތެރޭގައި ވަރަށް ގޯސްކޮށް ކަންކަން ކޮށްފައި ހުރުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަށް ބުރޫއަރާ މިންވަރަށް ދަރަނި އަރާފައިވާ ކަމަށެވެ. އެގޮތުން 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ […]
އަޙްމަދު ވަހީދު
މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އަމަލީ ފިޔަވަޅުތައް އެޅުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްކޮށް ހުންނަވަ...
މުޙައްމަދު
ހަވާ އެރުވުމަށް މިރޭ ފަރިތަކުރުންތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދާނެކަމަށް ސިފައިންް ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މި ފަރިތަކުރުންތަކަކީ އައު އަހަރު ފާހަގަކުރުމަށް ބާއްވާ ހަވާ އެރުވުމުގެ ފަރިތަކުރުން ތަކެއް ކަމަށެވެ. މި ފަރިތަކުރުންތައް ބާއްވަން ނިންމާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ 16 ވަނަ ޓަވަރު ކައިރީގައެވެ. މި ފަރިތަކުރުންތައް ބާއްވަން ނިންމާފައި ވަނީ މިރޭ 22:00 ގައެވެ.
ޔުމްނާ ޢަލީ
އެހެން އަހަރުތަކާ އެއްގޮތަށް އަންނަ އަހަރަށް އުރީދޫއިން ތައްޔާރުކުރާ ކަލަންޑަރު ލޯންޗުކޮށްފިއެވެ. މި ކަލަންޑަރު ލޯންޗު ކޮށްދެއްވީ މިއަދު އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވި ހަފްލާއެއްގައި ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްއެވެ. މިފަހަރު މިއިފްތިތާހު ކުރެވުނު ކަލަންޑަރާއެކު”އަތޮޅު ދުވުން” ގޭމު ވަނީ ތައާރަފުކޮށްފައެވެ. މިއީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ޖޯންރާގެ ގޭމެކެވެ. އުރީދޫ މޯލްޑި...
އަޙްމަދު ވަހީދު
އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ފައިވާން ގުދަނެއްގައި މިއަދު އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ފެބުރުއަރީގެ ކައިރީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް އައިއިރު ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި ގުދަނަށް ލިބުނު ގެއްލުމެއް ވެސް އަދި ސާފެއް...
މުޙައްމަދު
އެމްއެންޑީއެފް ކޯސްޓުގާޑުގެ ކޮމާންޑަންޓް ނުވަތަ އެންމެ އިސްވެރިއެއްގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަން ކުރައްވައިފިއެވެ. ކާނަލް މުހައްމަދު ސަލީމް އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރެއްގެ މަގާމެވެ. މުހައްމަދު ސަލީމް އެ މަގާމަށް އައްޔަން ކުރެއްވި ކަން ހާމަކުރީ އެމްއެންޑީއެފުން “އެކްސް” ގައި ކުރި ޕޯސްޓެއްގައެވެ. އޭނާއާ މަގާމުގެ ލިޔުން ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްއެވެ. ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމަ...
މުޙައްމަދު
ކުރިއަށް އޮތް ތިން ދުވަސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ބުނީ 24 ޑިސެމްބަރު 2023 އިން ފެށިގެން ރާއްޖެއަށް އިރުވައި މޫސުމުގެ ދުވަސްތައް ވަނީ ލައިގެންފައެވެ. އެއާއިއެކު ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ބުނެފަވެއެވެ. އަދި ޚާއްޞަގޮތެއްގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. […]
ޔުމްނާ ޢަލީ