މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,453 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 849 ވަނަ ޞަފްޙާ

ނޭކުރެންދޫ ބީ 14 ފުޓްސަލް މުބާރާތް ރުއްގަނޑު އެފްސީ ކާމިޔާބުކޮށްފި

ނޭކުރެންދޫ ބީ 14 ފުޓްސަލް މުބާރާތް ރުއްގަނޑު އެފްސީ ކާމިޔާބުކޮށްފި

ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރުއްގަނޑު އެފްސީ ހޯދައިފިއެވެ. އިއްޔެ ހަވީރު ނޭކުރެންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރުއްގަނޑު އެފްސީއާއި ކްލަބް ސިވިކް އެވެ. ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރުއްގަނޑު އެފްސީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރުއްގަނޑު އެފްސީގެ އަކްރަމް އަބް...

އިބްރާހިމް ޚަލީލް
ކެންސަރު ހޮސްޕިޓަލު މާލޭގައި އަޅަން އުޅޭތީ އެކަން ކުށްވެރިކޮށްފި

ކެންސަރު ހޮސްޕިޓަލު މާލޭގައި އަޅަން އުޅޭތީ އެކަން ކުށްވެރިކޮށްފި

ކުރީގެ ސަރުކާރުގައި ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެ ސަރަހައްދަށް ބަދަލު ކުރަން މި ސަރުކާރުން ނިންމި ނިންމުން ކުށްވެރި ކުރައްވައި އެ ނިންމުން ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފިއެވެ. ވިސާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގަމުގައި ގާއިމު ކުރުމަށް ނިންމި ކެންސަރު ހޮސްޕިޓަލްގެ ދިރާސާތައް ނިމިފައި އޮއްވައި އެ ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލު ކުރަން ނިންމި [...

މުޙައްމަދު
އެންމެ ގިނަ ޓޫރިސްޓުން މިހާރު ރާއްޖެ އަންނަނީ އިންޑިއާ އިން

އެންމެ ގިނަ ޓޫރިސްޓުން މިހާރު ރާއްޖެ އަންނަނީ އިންޑިއާ އިން

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަވަށްޓެރި އިންޑިއާ އިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވަނަ މާކެޓުގެ ގޮތުގައި ރަޝިއާ ވައްޓާލައި، އެއްވަނަ މަގާމު ހޯދައިފައެވެ. މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އަށް 205،278 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް […]

މުޙައްމަދު
އާބަންކޯގެ ސީއޯއޯއަކަށް ދިޔަރެސްގެ ކޯ ފައުންޑަރު އައްޔަންކޮށްފި

އާބަންކޯގެ ސީއޯއޯއަކަށް ދިޔަރެސްގެ ކޯ ފައުންޑަރު އައްޔަންކޮށްފި

އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް “ދިޔަރެސް” ނޫހުގެ ކޯ ފައުންޑަރު ހުމަދު ރަޝީދު (ޕޮކަންޑި) އައްޔަންކޮށްފިއެވެ. ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އާބަންކޯގެ ސީއޯއޯއަކަށް އަހުމަދު ހަމަޖެއްސީ މިދިޔަ ހޯމަ ދުވަހު ބޭއްވި އާބަންކޯގެ ބޯޑް ބައްދަލުވުމުގައެވެ. އެ ޕޯސްޓުގައި އަހުމަދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމުމުގެ ކުރިން ހުޅުމާލޭގެ ބިންތައް ކަޅު ފައިސާގެ ދަހިވެތިކަމުގައި ބަހާލުމަކީ ބޮޑު ޖަރީމާއެކެވެ. https://twitter.com/Pokma...

މުޙައްމަދު
ތަކަންދޫގައި ވޮލީ ކޯޗިން ކޭމްޕެއް، ބައިވެރިވާން ހުޅުވާލައިފި

ތަކަންދޫގައި ވޮލީ ކޯޗިން ކޭމްޕެއް، ބައިވެރިވާން ހުޅުވާލައިފި

ހއ. ތަކަންދޫގައި ބާއްވާ ވޮލީ ކޯޗިން ކޭމްޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯޗިން ކޭމްޕަކީ އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެކެވެ. ތަކަންދޫ ކައުންސިލުން ބުނިގޮތުގައި މިއީ އެ ކައުންސިލާއި، އެރަށު އަންހެނުންް ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 14:00 އަށް ވަނީ ހުޅުވާލާފައެވެ. މި ކޭމްޕްގައި ބައިވެރިވުމުގެ ސުންގަޑީގެ ކުރިން […]

ޔުމްނާ ޢަލީ
''ދެކެން ބޭނުންވަނީ މާޒީން ދިވެހިން ދެކެފައިވާ އެކުވެރިކަމުގެ ދުވަސްތައް''

''ދެކެން ބޭނުންވަނީ މާޒީން ދިވެހިން ދެކެފައިވާ އެކުވެރިކަމުގެ ދުވަސްތައް''

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ މާޒީން ދިވެހިން ދެކެފައިވި އެކުވެރިކަމުގެ ދުވަސްތައްކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ވެރިރަށް މާލޭގެ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ، ވަރަށް މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެކެވެ. އަދި އެއީ، ތަ...

ޔުމްނާ ޢަލީ
އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ އެންމެން އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅު: ރައީސް

އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ އެންމެން އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅު: ރައީސް

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފައި، އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމަށް ފިލާވަޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު އަޅުގަނޑުމެން ލިބިގަންނަންވީ ފ...

ޔުމްނާ ޢަލީ
ހުޅުމާލެ ފޮގް ކުރަނީ، ދެ ވަގުތެއްގައި ބޭރުގައި ނޫޅުމަށް އިލްތިމާސްކުރޭ

ހުޅުމާލެ ފޮގް ކުރަނީ، ދެ ވަގުތެއްގައި ބޭރުގައި ނޫޅުމަށް އިލްތިމާސްކުރޭ

މާލެ ސަރަހައްދުން ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މުޅި ހުޅުމާލެ ފޮގު ކުރަން އާބަންކޯއިން ފަށައިފިއެވެ. ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް މި މަހުގެ މެދުތެރޭގައި ކުޅުދުއްފުށިން ވަނީ ފެނިފައެވެ. އެއަށްފަހު ކުރި ޓެސްޓްތަކުން މާލެ ސަރަހައްދުން ވެސް މި ބަލި ވަނީ ފެނިފައެވެ. މި ސަރަހައްދުން ބަލި ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު، ހުޅުމާލެއިންނެވެ. މިދިޔަ އާދީއްތަ ދުވަހާ ހަމައަށް ހުޅުމާލެއިން ފަސް ކޭސް ހިމެނޭ ގޮތަށް މާލެ ސަހަރައްދުން ފ...

އަޙްމަދު ވަހީދު
ފަސޭހަކަމާއިއެކު ޑެޒަޔަރ ކްރޫ ބަލިކޮށް ޝީލްޑް ސެމީ ފައިނަލަށް

ފަސޭހަކަމާއިއެކު ޑެޒަޔަރ ކްރޫ ބަލިކޮށް ޝީލްޑް ސެމީ ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޝީލްޑް ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗު ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ޝީލްޑުން ކުރި ހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުން ޝީލްޑް މޮޅުވުމާއިއެކު ގްރޫޕް ބީން ސެމީ ފައިނަލުގެ ޖާގަ މިވަނީ ޝީލްޑަށާއި ރޫހް އަށް ކަށަވަރުވެފައެވެ. ކުޅުނު […]

އިބްރާހިމް ޚަލީލް
ގެއިން ބޭރަށް ނިކުންނަ ކަމަށް ބުނެ ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދެފި

ގެއިން ބޭރަށް ނިކުންނަ ކަމަށް ބުނެ ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާލިބޭ ފިލްމީތަރި މުހައްމަދު ޔުނާން އަލުން ބަންދުކުރަން ދައުލަތުން އެދިއްޖެ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ މައްސަލައިގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އަދި ޝަރުތުތަކާ އެކު ޔުނާން ދޫކުރީ މިމަހު […]

ހުސައިން ހަބީބް
ހައި ކޯޓުން ވެސް މިފަހަރު ނިންމީ އައްމަޓީއާ އެއްކޮޅަށް

ހައި ކޯޓުން ވެސް މިފަހަރު ނިންމީ އައްމަޓީއާ އެއްކޮޅަށް

ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސީލައިފް ކުންފުނިން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ދާން ވަގުތީ ހުއްދައެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން ދިނީ އޭނާގެ ބޭސްފަރުވާއަކަށެވެ. އެ މައްސަލަ […]

ހުސައިން ހަބީބް
އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް ނިންމައިފި

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް ނިންމައިފި

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމަށް  ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ނިންމައިވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ ބުދަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަމާއިގުޅޭގޮތުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުއެވެ. މިގޮތުން އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބ...

ޔުމްނާ ޢަލީ
ބޮޑު ތަރުހީބަކާއެކު އަންނަ އަހަރު އުރީދޫ ފަންރަން ލާމަށް

ބޮޑު ތަރުހީބަކާއެކު އަންނަ އަހަރު އުރީދޫ ފަންރަން ލާމަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން – އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފިއެވެ. އުރީދޫ ފަން ރަން 2024ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި އުރީދޫ ފަން ރަން 2023ގެ ރަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު، ހުސައިން މުހައްމަދު […]

އަޙްމަދު ވަހީދު
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ވައިގެ މަގުން ސީރިއާ އަށް ދިން ހަމަލާއެއްގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ސައްޔިދު ރަޒީ މޫސާވީ ރޭ ޝަހީދުކޮށްލައިފިއެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީ ނިރުބަވެރިން ސީރިއާގެ ދިމިޝްގުގެ ސައްޔިދާ ޒައިނަބު ނަމަކަށްކިޔާ ސަރަހައްދަކަށް ދިން ހަމަލާގައި އަވަހާރަކޮށްލި މޫސާވީއަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްގެ އިސް މުޝީރެކެވެ. އަދި ސީރިޔާގައި އޮންނަ “ރެސިސްޓެންސް ސަޕޯޓް ޔުނިޓް” ގެ ވެރިޔާއެވެ. މޫސާވީ އަވަހާރަކޮށްލުމާ ގުޅިގެން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްއިން ނެރުނު...

މުޙައްމަދު
ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެސަރަޙައްދު...

ޔުމްނާ ޢަލީ
އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަން ކުރައްވައިފި

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަން ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަނުކުރައްވައިފިއެވެ. ޒުލްފާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ޒުލްފާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ. އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަފްޝަން ލަތީފް މިދިޔަ 15 މެއިގައި އިސްތިއުފާ ދެއްވުމުންނެވެ. […]

މުޙައްމަދު
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (14)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (14)

ކުރީގެ އަދަދާއިގުޅޭ، ” ދެން ކިހިނެއް ހަދާނީ؟ މަށަކަށް ނޫޅެވޭނެ އޭނައާއެކު!” ” އެކަމަކުވެސް… އަދި މަޑުކުރޭ! ކުއްލިއަކަށް ދުރަށް ދިޔައީމަ ބޮނޑިއެއް ލިބިދާނެ” ހާނިމް ބުނެލިއެވެ. ” މަޑުކުރެވިދާނެ! އެކަމަކު… އޭރުން ރީނާ ތަތްވާވަރު ބޮޑެއްނު ވާނީ! އަހަންނަށް ހީވަނީ މިހާރުދެން ނިންމާލަން ވީހެން” އަނެއްކާވެސް މާހިލް ބުންޏެވެ. ނަމަވެސް ހާނިމް އެކަމާ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ” އޭރުން އެ ރުޝްދީ ކަލޭ ބޭޒާރު ކޮށްލާނީ ކިހިނެއް ކަމެއްވެސް ނޭނގެ! ރީނާއާ ވައި އެޅެންވެސް […]

ސަލާމާ ޢަބްދުލް ޢަލީމް
މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެ

މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެ

މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، ގއ. ވިލިނގިލިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް ރޭ 12:25 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދިންކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ފުލުހުން ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.

ޔުމްނާ ޢަލީ