މޫނު ބުރުގާއަކީ ހައްދު ފަހަނަޅައިފައިވާ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ. ނަމަވެސް ދީނީގޮތުން މި ކަން އޮތީ ދިމާ އިދިކޮޅަށެވެ. މޫނު ބުރުގާއަކީ ޢިލްމުވެރީންގެ އިއްތިފާޤުން، މާތް މަތިވެރި ޝިޢާރެކެވެ. ޢިލްމުވެރީންގެ މެދުގައި ޚިލާފު އޮތީ އަންހެނާގެ މޫނަކީ އައުރަތޯ ނުވަތަ ނޫންތޯއާ މެދުގައެވެ. ބައެއް ޢިލްމުވެރީންގެ އަރިހުގައި މޫނާއި ދެ އަތްތިލައަކީ ވެސް އައުރައެވެ. އަނެއް ބައި ޢިލްމުވެރީންގެ އަރިހުގައި އެއީ އައުރައެއް ނޫނެވެ. ނަމަވެސް ފޮރުވުން މަތިވެރި ކަމެކެވެ. މުސްތަޙައްބު ކަމެކެވެ...
ޝެއިޚް ޝަފީއު އަބްދުﷲ
މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ، ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރޭ ގޮވާލައިފިއެވެ. އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނައީޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން […]
މުޙައްމަދު
ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް، “އުރީދޫ ޑްރޯން ރޭސް 2023” ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ރޭސް ކުރިއަށްގެންދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، 12 ހުނަރުވެރި ޕައިލެޓުން ވާދަކުރިއެވެ. ސްކައި ވޯކާ ކެޓެގަރީންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް އެ ޕައިލެޓުންގެ ހުނަރު ދައްކުވައިދީފައިވެއެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން އަށް ޕައިލެޓުން ހުނަރުވެރިކަމާއެކު ޑްރޯންތަކަށް ދުއްވާފައިވާ އިރު، ސްކައި އެލީޓް ކެޓަގަރީން ހަތ...
އަޙްމަދު ވަހީދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝުޖާޢު، ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރައްވައި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ޕޮލިސް ކޮމިޝަނާކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ޝުޖާޢު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމެވެ. ޝުޖާޢު ވަނީ، ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ފުލުހުނ...
ޔުމްނާ ޢަލީ
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ފުރަތަމަ ޕްރޮޕޯޒަލް ލިބިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލޭގައި ހުންނަ ހޮޓެލް ޖެންގައި ރޭ ބޭއްވި، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ “އެމްއެންއޭސީއައި ބިލްޑަ އެވޯޑްސް 2023” ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެސްއީޒެޑްގެ ޤާނޫނުގެ ދަށުން، އެސްއީޒެޑް އިންވެސްޓްމަންޓްތަކަށް މިހާރު ފު...
ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރިއަލް ސްޓާސް ޖެހިލައިފިއެވެ. އިއްޔެ ހަވީރު ގްރޫޕް އޭގައި ޔޫތު ފްރެންޑްސް އާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސް އިންނެވެ. މި މޮޅާއިއެކު ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ގްރޫޕް އޭގެ […]
އިބްރާހިމް ޚަލީލް
ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއް ދިވެހިންނަށް ޚާއްޞަކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހޮޓެލް ޖެންގައި މިރޭ ބޭއްވި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ “އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023” ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ، މަސީން ރޭ ބޭއްވި މި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިއްޔެގެ ކެބ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ސާމާނުތައް ބަހާލި އިރު، ބައެއް ތަކެތި ގެއްލުނު މައްސަލައިގައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިރޭ ބުނެފިއެވެ. ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ސަރުކާރު ހިންގެވުމުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އަލަށް އުފެއްދެވި ވުޒާރާތަކުގެ ތެރޭގައި ހިމެނޭ އެއް ވުޒާރާއަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް ކަމަށެވެ. މިއީ މީގެކުރިން އެހެން […]
މުޙައްމަދު
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަޤަބު “ބޮޑު ރަސްގެފާނު ލަގަބު” ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރޭ އަރުވައިފިއެވެ. މި ލަގަބު ރައީސަށް އެރުވީ ހޮޓެލް ޖެންގައި ރޭ ބޭއްވި “އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023” ޙަފުލާގައި ގައެވެ. މި ލަގަބަކީ އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ ޝަރަފެކެވެ. ރޭގެ ހަފުލާގައި ރައީސް މުޢިއްޒަށް...
ޔުމްނާ ޢަލީ
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކުށުގެ ރިކޯޑް ފަސޭހަކަމާ އެކު ސާފު ކުރެވޭނެ ގޮތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިސްވެ އޮވެ ކަމާބެހޭ އިދާރާތަކާ އެކުގައި މިއަދު މަޝްވަރާކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ އިންތިހާބީ އެޖެންޓުންގެ ކުށުގެ ރިކޯޑާއި ދަރަނީގެ ރިކޯޑު ފަސޭހަކަމާއި އިތުބާރާއ...
މުޙައްމަދު
މާލެ އާއި ގުޅީފަޅުން ވެސް ފައިލޭރިއާ ބަލި ފެނިއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފައިލޭރިއާ ފެނުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ލަފަޔާއި، އިރުޝާދުގެ ދަށުން މިހާރު ކުރިއަށް ގެންދާ ސްކްރީނިން ޕްރޮގްރާމްގެތެރެއިން މާލެ އިން ބިދޭސީއެއް އަދި ގުޅީފަޅުން ބިދޭސީއެއް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިގޮތުން ޑިސެމްބަރު 22 އަދި 23 ވަނަ ދުވަހު ވަނީ ހުޅުމާލެ، ވިލި...
ޔުމްނާ ޢަލީ
މިދުވަސްވަރަކީ ރޯގާ އިތުރުވާނެ ދުވަސްވަރެއް ކަމަށް ވުމުންނާއި، ގިނަ ޤައުމުތަކެއްގައި މިހާރު ފެތުރެމުން އަންނަ ކޯވިޑް-19ގެ އާ ވޭރިއަންޓަށް ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެއެވެ. އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ފެށޭ ހަފްތާއަކީ ސްކޫލްތަކާއި، ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ޗުއްޓީފެށޭ ހަފްތާ ކަމުން، ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކެއް ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްވަރަކީ ރާއްޖެއިނ...
ޔުމްނާ ޢަލީ
ހުޅުމާލެއިން ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ، ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ ކާރު ހުއްޓުވީ، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން ކަމަށް ފުލުހުން ބުނެއެވެ. އެ ކާރު ހުއްޓުވައި […]
ޔުމްނާ ޢަލީ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. މާލެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެކަން އެހެން ދިމާވީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ”މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.” ސްޓެލްކޯ އިން ބުނެފަވެއެވެ. އެ ކުންފުނިންވަނީ މިކަމުގެ ސަބަބުން ކަސް...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ސާމާނުތައް ބަހާލި އިރު، ކޮމްޕިއުޓަރުތަކަކާއި ޓީވީއެއް ގެއްލުނު މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ގެއްލުނު ސާމާނުތަކުގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއް ހިމެނެ އެވެ. އެ ތަކެތި ގެއްލުނުކަން ފުލުހުންނަށް ހުށަހެޅީ ސްޕޯޓްސް މިނިސްޓްރީންނެވެ. ފުލުހުން ބުނީ އެ މިނިސްޓްރީގެ މުދާތަކެއް ގެއްލިފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހަށް […]
މުޙައްމަދު
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން މާލޭގެ އަމީނީ މަގު ހިމެނޭ ހެން ހުއްޓިފައި އޮތް ރަށް ރަށުގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އަލުން ފަށައިފިއެވެ. އާރުޑީސީން އިއްޔެ ބުނީ އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ ތެރެއިން މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވީ 17 ރަށުގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. މަގު ހެދުމުގެ މަސައްކަތް އަލުން ފެށި ރަށްތަކުގެ ތެރޭގައި ހިމެނެނީ އަމީނީ […]
މުޙައްމަދު
ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވެވި ނިމާލް ފޮނުއްވި ސިޓީގައި ވިދާޅުވީ ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު […]
މުޙައްމަދު
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގައި އިއްޔެ ހަވީރު ފަލްކަން އާއި ރޫހް ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ރޫހުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރޫހުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ޔޫސުފެވެ. ދެވަނަ ލަނޑު 26 ވަނަ […]
އިބްރާހިމް ޚަލީލް