ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން 2022 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ޕާފޯމަންސް ރޭންކިން ޢާންމުކޮށްފިއެވެ. މި ރޭންކިންގައި އެއް ވަނަ ހޯދާފައި ވަނީ ފ. އަތޮޅު ކައުންސިލެވެ. ދެ ވަނަ ބ. އަތޮޅު ކައުންސިލް ހޯދާފައިވާއިރު، ތިން ވަނަ ލިބުނީ ލ. އަތޮޅު ކައުންސިލަށެވެ. މިރޭންކިންގައި ޖުމްލަ 18 އަތޮޅުގެ ތެރެއިން އެންމެ އުތުރުގެ ތިން އަތޮޅު ކައުންސިލްތައް ހޯދާފައިވާ ދަރަޖަތަކަށް ބަލާއިރު އެންމެ ކުރި ހޯދާފައި ވަނީ، އެ އަހަރު 4 ވަނަ […]
އަލީ އާދިލް
އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ. ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު ވަނީ މިމަހުގެ 22 ވަނަ ދުވަހު މާލެ ގެނެސްފައެވެ. ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނި ގޮނޑުން […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” ފާތުންއާއެކު ކޮފީއަށް އަންނަ ވާހަކައެއްނު ބޭބެ ގާތު ބުނީ ؟ ” މޭޒާ ދިމާލަށް ހިނގައިގަންނަމުން ބޭބެ ބުނެލީ މާހިލަށް ބަލަހައްޓައިގެން ހުރެއެވެ. އެއަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރިކަން މާހިލަށް ފާހަގަ ކުރެވުނެވެ. ހިތްބިރުގަނެފައި އިން މާހިލަށްވެސް ރީނާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. “ރީނާ..ބޭބެއަށް ދޮގުވެސް ހަދަންތަ؟ ” ލަސް ހިނގުމެއްގައި އައިސް ރުޝްދީ ހުއްޓުނީ މޭޒު ކައިރީގައެވެ. އޭރުވެސް ރީނާ އިނީ އިސްޖަހާލައިގެންނެވެ. ” މާހިލަކީ ރީނާގެ ކާކުތަ؟ ” […]
ސަލާމާ ޢަބްދުލް ޢަލީމް
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ. އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނާއިޝް ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދާއިރު، އެމްއެންޑީއެފުން ރޭ 11:37 ގައި ބުނީ، އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް […]
ޔުމްނާ ޢަލީ
މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުން އެދޭ ސްޕީޑްގައި ބާރަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސައީދު އާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ބައެއް ވެރިން ހިމެނޭ ޓީމު ވަނީ ހަފުތާ […]
ޔުމްނާ ޢަލީ
އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާ އެއްގޮތަށް ކުރިއަށް ދެވޭނީ ހަމަލާތައް ހުއްޓުވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ 13 ގައުމެއްގެ ވޯޓާ އެކުގައެވެ. މި ގަރާރަށް ވޯޓަށް އެހުމުން އެމެރިކާ […]
މުޙައްމަދު
ހއ. މުރައިދޫ ”ބޮނބި ފަންނު ބީޗު” މިއަދު ސާފުކޮށްފިއެވެ. މި ހަރަކާތަކީ މުރައިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ކައުންސިލުން ބުނިގޮތުގައި މި ހަރަކާތަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިއަދު ހެނދުނު 8:00 ގައި ފެށި މި ހަރަކާތަކީ އެ ރަށުގެ މުޅި ރައްޔިތުން ޝާމިލްވާނެހެން ރަށުގެ އެއްބައިވަތަންތަކަން ބަދަހިވާނޭހެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ހ...
ޔުމްނާ ޢަލީ
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ވާދަކުރުމަށް ދިން މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 ގައެވެ. އަދި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީ […]
މުޙައްމަދު
ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމާލުމަކީ އުންމީދެއް ކަމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. އަމީނީ މަގުގެ ބާކީ ހުރި ދެ ސެގްމަންޓްގެ މަސައްކަތް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފެށީ މި މަހުގެ 9 ގައެވެ. އެއީ ހައުސިން މިނިސްޓްރީގެ ކަންމަތިން ފެށިގެން ހުޅަނގަށް އޮންނަ ސަރަހައްދެވެ. އެ ސަރަހައްދަކީ ވަރަށް ކާރޫބާރު ބޮޑު ސަ...
މުޙައްމަދު
ކުޅުދުއްފުށި ސިޓީގައި އަލަށް ތަރައްގީކުރި މަސް މާރުކޭޓު ހުޅުވައިފިއެވެ. މި ތަން ހުޅުވީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ތަން ހުޅުއްވައިދެއްވީ ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗާގެ ކުރީގެ ސީނީއަރ އެގްޒެކްޓިވް ޑިރެކްޓަރު، ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަލީ މުހަންމަދެވެ. މިތަން ހުޅުވިގެން ދިއުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި މަސް މާރުކޭޓްގެ ޚިދުމަތާއިއެކު މަސްވެރިން ދޯ...
ޔުމްނާ ޢަލީ
ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މި ޑިސެމްބަރު 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއާގައި ޓެސްޓްކުރި 13 ބިދޭސީންކުރެ އެކަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަނެއް 12 ބިދޭސީން ނެގެޓިވްވެފައިވާއިރު، ޕޮޒިޓިވްވި މީހާއަށް ބޭސް ދީފައިވާ ކަމަށް އެތަނުން ބުންޏެވެ. ހުޅުމާލެއިން ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވިއިރު، ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 […]
ޙުސައިން ޝަހުދީ
ހއ. ތުރާކުނު ކައުންސިލް މެންބަރު އިސްމާއީލް ޝާފިޢު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. ޝާފިޢު އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި އެކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރި ހަމައެކަނި މެންބަރެކެވެ. ވެރިކަންކުރާ ޕީއެންސީ އާއި ޝާފިޢު ގުޅިފައިވާކަން ހާމަކުރެއްވީ، ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު އެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފ...
ޔުމްނާ ޢަލީ
އައު އަހަރާ ގުޅިގެން ބޭންކު 2 ދުވަހަށް ބަންދުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. އެ ބޭންކުން ބުނީ މިއަަހަރުވެސް ޑިސެމްބަރު 31 އާއި އަންނަ އަހަރުގެ ޖެނުއަރީ 1 ބަންދުވާނެ ކަމަށެވެ. އެއީ އަންނަ ހަފުތާގެ އާދީއްތަ އަދި ހޯމައެވެ. ބީއެމްއެލް އިން ބުނީ ކޮންމެ އަހަރެއްގެ ފަހު ދުވަސް ބޭންކުތައް ބަންދުވާ އިރު، ހަފްތާ ބަންދު ވަންނާތީ، ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނެ އެންމެ ފަހު ދުވަހަކީ […]
އަޙްމަދު ވަހީދު
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ދެކުނު ޔޫރަޕްގެ ޤައުމެއްކަމަށްވާ މޮންޓެނީގްރޯއަށް ނައިބު ރައީސް މިއަދު ފެއްޓެވި މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ކޮންގްރެސްގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނ...
ޔުމްނާ ޢަލީ
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން – އުރީދޫ ފަން ރަންގެ މިއަހަރުގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފަސް ކިލޯމީޓަރުގެ މި އުފާވެރި ދުވުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެން ގޮސް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއެއްގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ. އުރީދޫ ފަން ރަންގައި މި އަހަރު 6،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ. މި ދުވުމަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން […]
އަޙްމަދު ވަހީދު
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އަހުލީއާއި ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު އަހުލީން ދަމަހައްޓައިފިއެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗުގައި އަހުލީން ޑޮމިނޭޓާސްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އަހުލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި […]
އިބްރާހިމް ޚަލީލް
ދުނިޔޭގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައި ބާއްވާ ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ. ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗުގައި ސިޓީއާއި ބައްދަލު ކޮށްފައ ވަނީ ބްރެޒިލްގެ ފްލުމިނެންސޭ އެވެ. މި މެޗު ސިޓީން ވަނީ ފަސޭހަކަމާއި އެކު (4-0) ކާމިޔާބު ކޮށްފައެވެ. މިއީ ސިޓީން މި ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ތައްޓާއިއެކު ކަލަންޑަރ އިޔާގައި ފަސްތަށި ކާމިޔާބުކުރި […]
އިބްރާހިމް ޚަލީލް
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަކީ ބޮޑާކަމެއްނެތް މުރާލި ވަޒީރުންތަކެއްކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހުގެރޭ ޢިއުލާންކުރެއްވުމާއެކު މި ހަފުތާ ބަންދުގައި ސަރުކާރުގެ ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ވަނީ އަތޮޅުތަކަށް ފެތުރ...
ޔުމްނާ ޢަލީ