ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން އެރީ އެ ދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށްކަމަށް އަސުރުމާ ދޯނިން ބުނެފިއެވެ. އަސުރުމާ3 ދޯނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ދޯނީގެ ފޮޓޯ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯތަކަކީ އެ ދޯނީގެ ފޮޓޯތަކެއް ނޫން ކަމަށެވެ. އަދި މިއަދު ހިނގި ހާދިސާގެ އެއްވެސް ފޮޓޯއެއް ވެސް އަދި ވީޑިއޯއެއް ވެސް މިހާތަނައް ހިއްސާކޮށްފައި ނުވާނެކަމަށް އެ ދޯނިން ބުންޏެވެ. ”ދޯނި މަސްވެރިކަން ކުރަމުން […]
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު ޝަމީމަށް ދިން ހަމަލާގެ ފުން ހަގީގަތް ހޯދައި މިކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ. ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް މަގުމަތިން ދިން ހަމަލާއާ މެދުގައި ކަންބޮޑުވާ ކަމަށާއި ދައުލަތުގެ ޒިންމާދާރު އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދިން މި ހަމަލާ ކުށްވެރި ކުރަނީ އެންމެ ހަރުކަށި އިބާރާތުން ކަމަށެވެ. މި ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުން ހޯދައި އިންސާފުގެ ކުރިމައްޗ...
މުޙައްމަދު
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގިތުގައި ވިޝާމް ނިޔާވެފައި ވަނީ ކުއްލިގޮތަކަށެވެ. އޭނާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭގެ ފާޚާނާތެރެއަށް ވެއްޓިފައި އޮއްވައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ވިޝާމް ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ވިޝާމް އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން ގާނޫނީ ރޮނގުން މާސްޓަސް […]
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީން މި ފުރުސަތު ހުޅުވާލާފައި ވަނީ، 2024 ފެބުރުވަރީ 01 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ. މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަން ޖެހެނީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ […]
ޔުމްނާ ޢަލީ
ރާއްޖޭގައި ޓެރަރިސްޓް އަދި އަނިޔާވެރި އަމަލުތައް އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާ އެކު މަސައްކަތް ކުރަމުން ދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް...
މުޙައްމަދު
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަމީމަށް މަގުމަތިން ދިން ހަމަލާ އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ މެދުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ވ...
މުޙައްމަދު
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް، ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ. އދ. މަހިބަދޫ ”އަސުރުމާ3” ދޯނި ރާއްޖޭގެ އިމުގެ ތެރޭގައި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ވަނީ މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފްގައި އެދިފައެވެ. އެ ޖަމިއްޔާއިން އެގޮތައް...
ޔުމްނާ ޢަލީ
އދ. މަހިބަދޫ ”އަސުރުމާ3” ދޯނި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އެދިއްޖެއެވެ. ބީކޭއެމްޔޫ މިގޮތައް އެދުނީ މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފް ޓެގްކޮށް ”އެކްސް”ގައި ކުރި ޕޯސްޓެއްގައެވެ. ބީކޭއެމްޔޫއިން ބުނީ އެ ދޯނި މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި ކަމަށެވެ. އަދި އެ ދޯންޏާއި އިންޑިއާގެ މަނަވަރެއްކައިރިކޮށް ސިފައިން އެ ދޯންޏަށް އަރާފައިވާކަމުގ...
ޔުމްނާ ޢަލީ
ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން ކަމާބެހޭ ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމާގުޅޭ ބައެއް މުއައްސަސާތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާކުރިއަށް ގެންގޮސްފައިވާއިރު، ނަފްސާނީ ފަރުވާގައ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ވެރިކަންކުރާ ދިއްދޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވަމުން އަންނާތީ އެކަން ދެނެގަތުމަށް ހާއްސަ ހަރަކާތެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނީ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމަށް ދައުލަތުން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ދިރިއުޅެމުންދާކަން ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ބުނީ ބިދޭސީ މަސައްކަތްތެރިން އެ ރަށުގައި ގެންގުޅެންވާނީ ކައު...
އިބްރާހިމް ޚަލީލް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ. މިއަދު ބަޔަކު ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ، ޕީޖީ ޝަމީމަށް ދިން އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ޕީޖީ އޮފީހުން ބުނީ، މިކަން ހިނގާފައި ވަނީ މިއަދު ހެނދުނު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ކަމަށެވެ. ޕީޖީ އަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ....
ޔުމްނާ ޢަލީ
އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. އެސްޓީއޯ އިން އިއްޔެ އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 2.7 އިންސައްތައިގެ ދަށްވުމެކެވެ. ތިންވަނަ ކުއާތަރުގައި އެ ކުންފުންޏަށް […]
އަޙްމަދު ވަހީދު
ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި، އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން ބުނީ، އެ ޕްރައިމަރީގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނާއި ރައީސް މުޢިއްޒު ރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް، ޕީއެންސީގެ ވެސް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި، ޕީއެންސީ...
ޔުމްނާ ޢަލީ
އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އޭނާ އާއި ގުޅުވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ދެއްކީ ހަގީގަތާއި ޚިލާފް ވާހަކައެއްކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒުގެ މެނިފެސްޓޯ ތާރީޚްތަކަށް ތަންފީޒުކުރުމުގެ މަސައްކަތުގައާއި، އި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި މަތިކޮށްފައިވާ މަސްޢޫލިއްޔަތައް އަދާކުރެއްވުމުގައި އަވަދިނެތި އުޅުއްވަނިކޮށ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަގުމަތިން މީހަކު ހަމަލާދީފިއެވެ. ފުލުހުން މިއަދު ބުނީ، ޕީޖީ ޝަމީމަށް މާލޭގެ މަގެއްގެ މަތިން މީހަކު ހަމަލާދީފައިވާކަމުގެ ރިޕޯޓު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. އެ މަލާގައި ލިބުނު އަނިޔާއަށް ޝަމީމަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. ”ހަމަލާދީފައި ވަނީ ތޫނުއެއްޗަކުން ނޫންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ” ފުލުހުން ބުނެފަވެއެވެ. ފުލުހުން އިތުރަށް ބުނިގޮތުގައި އެ އިދާރާއިން ދަނީ މި މައްސަލަ […]
ޔުމްނާ ޢަލީ
މާލޭގެ ގެއަކުން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވައްކަންކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ހ. ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު އާސެނަލަށް ވަނީ 22 މެޗުން 46 ޕޮއިންޓް ލިބިފައެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 21 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށްވުރެ ދެ މެޗު މަދުކޮށްކުޅެ ސިޓީ އޮތީ ތިންވަނާގައެވެ. […]
އިބްރާހިމް ޚަލީލް
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ދަތުރުތައް އަންނަ މާޗް 1 ގައި ފެށުމަށް ނިންމައިފިއެވެ. ރަސްމީ ދަތުރެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިވަގުތު ހުންނެވީ ސްރީލަންކާގައެވެ. އެ ދަތުރުގައި އަމީން ވަނީ ޕޯޓްސް، ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. ހާއްސަކޮށް ދަތުރުފަތުރު ކުރުމުގެ ދާއިރާ އިން ގުޅުން […]
މުޙައްމަދު