ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ...
ޔުމްނާ ޢަލީ
އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހިމް އަށް ރުހުން އޮތްކަމަށް ފާސްވީ 69 ވޯޓުންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހަންމަދު އަމީނަށް ރުހުން އޮތްކަމަށް ފާސްވީ 67 ވޯޓުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް […]
ޔުމްނާ ޢަލީ
ބަންޑާރަނައިބުގެ އިތުރުން ދެ ވަޒީރަކަށް ރުހުން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނެތްކަމަށް 4 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 24 މެންބަރެކެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު އަށް ރުހުން އޮތްކަމަށް 31 ވޯޓު ބޭނުންވާއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ދެކޮޅަށް […]
ޔުމްނާ ޢަލީ
އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މާލީ ވަޒީރު މުހަންމަދު ޝަފީގަށް ރުހުން އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ތައުލީމާބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު އަށް ރުހުން ލިބުނީ 55 ވޯޓުންނެވެ. ޝަފީޢުއަށް ރުހުން ނުދޭން 9 މެންބަރަކު ވޯޓު ދެއްވިއެވެ. ސިއްހަތާބެހޭ ވަޒީރު ޢަބުދުﷲ ޚަލީލަށް 69 ވޯޓާއެކު ރުހުން އޮތްކަމަށް ފާސްވިއިރު، […]
ޔުމްނާ ޢަލީ
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ދަނީ ވޯޓަށް އަހަމުންނެވެ. މި ވޯޓުގައި އިހްސާނަށް ރުހުން އޮތްކަމަށް 68 މެންބަރަކު ވޯޓު ދެެއްވިއެވެ. އަދި ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އިހުސާނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. އިހުސާނަށް […]
ޔުމްނާ ޢަލީ
ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޚާރިޖީ ވަޒީރު ޒަމީރަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މޫސާ ޒަމީރަށް ރުހުން ނެތްކަމަކަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި […]
ޔުމްނާ ޢަލީ
ދިފާޢީ ވަޒީރު މުހައްމަދު ޣައްސާނު މައުމޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޣައްސާނުގެ ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މި ވޯޓުގައި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ޣައްސާނަށް ރުހުން ދޭން ބޭނުންވާ ވޯޓ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަހަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “ކަނބާފާނު އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން އެ ރަށަށް ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވާފައިވާ ކަނބަލުންގެ، ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑް މައިގަނޑު ފަސް ދާއިރާއަކުން ވަނީ ދިނުމަށް ނިންމާ...
އިބްރާހިމް ޚަލީލް
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ހަތަރު ދާއިރާއެއްގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމައި، އެ ދާއިރާތަކުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާ 5 ޖެނުއަރީ 2023 ގައެވެ. ދަ ޑިމޮކްރެޓްސް އިން މިއަދު ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ...
ޔުމްނާ ޢަލީ
ކިޔެވުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ ރޭޓު 2.5 އިންސައްތައަށް ބޭންކް އޮފް މޯލްޑިވްސްއިން ދަށްކޮށްފިއެވެ. ބީއެމްއެލްއިން ބުނީ މި ބަދަލު ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައިކަމަށެވެ. އެގޮތުން، މިހާރު ނަގާފައިވާ ފެސިލިޓީގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީތަކަށްވެސް އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓުތައްކަމަށެވެ. ރޭޓުތައް ދައްކުރުމުގެ އިތުރުން ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް...
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ މެޑިކަލް ކޭމްޕެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ މި މެޑިކަލް ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޭމްޕްގައި އެ ރަށުގައި މަސައްކަތްކުރާ 505 ބިދޭސީއެއްގެ މެޑިކަލް ޓެސްޓްތައް ހަދާފައިވެއެވެ. ހަނިމާދޫގައި މިވަގުތު ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ކުންފުނިން ކުރަމުން އަންނައ...
އިބްރާހިމް ޚަލީލް
ތެލެސީމިއާ ހޮސްޕިޓަލް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ސަރުކާރަށް އެހީވާން ނިންމައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކުރެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލޮކް އެފެއާޒް އަބްދުﷲ ނާޒިމެވެ. މި ހޮސްޕިޓަލް ހަދަން އުރީދޫއިން އެހީވަނީ އެ ކުންފުނިން ދައުލަތަށް ދައްކާ ފީ ކުޑަކޮށްދޭ ގޮތަށެވެ. އެގޮތުން، 100 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް 2005 ވަނަ އަހަރު […]
އަޙްމަދު ވަހީދު
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.
ނާޒިމް ވިދާޅުވީ މެޑިކަލް އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮ...
އަޙްމަދު ވަހީދު
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ގޯލްޑް ސްޕޮންސަރަކަށް “އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް” ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި އައިމޯ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ މޫސާ ރަޝީދެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ކްލަބްގެ ސެކްރެޓަރީ ޖެނެރަލް އަލީ މިފްރާޒްއެވެ. […]
އިބްރާހިމް ޚަލީލް
ހއ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަނީ، މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށެވެ. އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އ...
ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު މިއަދު ބޭނުންކުރަން ފަށައިފިއެވެ. މި ބައި ބޭނުން ކުރަން ފަށަން ރަންވޭއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު އެވެ. މިބައި ހުޅުވުމަށް ބޭއްވި ފުރަތަމަ ފްލައިޓްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ މޭޖިން ޑިރެކްޓަރު އަހްމަދު މުބީން އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދޫ އަށް ވަޑައިގަތެވެ. މިބައި ބޭނުން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާރުއޭސީއެލްގެ އެމްޑީ [...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)ގެ އިތުބާރުނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ވައްދައިފިއެވެ. މި މައްސަލަ ވައްދާފައި ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްްތިހާދުން އިސްވެ އޮވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ބުނެ މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި މަޖިލީހުގެ ތޭވީސް މެންބަރަކު ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ޕ...
ޔުމްނާ ޢަލީ
މިއަދު ދައުރުން ބޭރުން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ހޫނުވެ އެންމެފަހުން މެންބަރުންގެ މެދުގައި ހިނގައި، ބައެއް މެންބަރުންނަށް އަނިޔާވެއްޖެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލެން މެދުވެރިވީ އިދިކޮޅު އެމްޑީޕީންނާއި، ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ. ވަޒީރުންނަށް ރުހުން ދިނުން މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް މަޖިލީހުގައި ނިޒާމް ގެއްލިފައި އޮތުމުން އެކަން ކުރެވޭގޮތެއް ނުވިއެވެ. މަޖިލިސް ހުސްވަގުތު...
ޔުމްނާ ޢަލީ