އެސްޓީއޯއިން މިދިޔަ ނޮވެމްބަރު މަހު ފެށި ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް އެސްޓީއޯ އިން މިއަދު ވަނީ މުބާރާތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފައެވެ. އެސްޓީއޯ އިން ބުނި ގޮތުގައި މުބާރާތުގެ މުއްދަތު އިތުރުކުރީ ބައިވެރިވާން ބޭނުންވާ މީހުނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. މި މުބާރާތުގައި މަކިޓާ ޕަވާޓޫލް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން [...
އަޙްމަދު ވަހީދު
ތިލަދުންމަތީ ދެކުނުބުރީ ފިނޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް އަށް ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި ބިޑް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން ނިންމާފައި ވަނީ ގެސްޓް ހައުސް ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 6 ބިމެއް ކުއްޔަށް ދޫކޮށްލުމަށެވެ. އަދި 10000 (ދިހަހާސް) އަކަފޫޓުގެ 2 ބިމެއް ސިޓީހޮޓާ ވިޔަފާރިއަށް ދޫކުރުމަށެވެ. މި ބިންތަކަށް އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ 12:00 […]
އިބްރާހިމް ޚަލީލް
މި ސަރުކާރުގެ ހަތަރު ވަޒީރަކަށް ރުހުން ދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރަކަށް ރުހުން ދީފައިވެއެވެ. ރުހުން ނުދިން ވަޒީރުން އަލުން ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ އަނެއްކާ ވެސް މަޖިލިހަށް ހުށަހަޅައި ގޮތެއް ނިންމަން ޖެހެއެވެ...
މުޙައްމަދު
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި ގާއިމުކުރި ޑީސެލިނޭޝަން ޕްލާންޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކޮށްފިއެވެ. މިއޫ “ޗައިނާ އެއިޑް މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްރޮޖެކްޓް” ގެ ދަށުން ގާއިމުކުރި ޕްލާންޓުތަކެކެވެ. މި ޕްލާންޓުތައް ސަރުކާރާއި ހަވާލުކޮށް އެކަމުގެ ލިޔެކިޔުން ދެގައުމުގެ ސަރުކާރުން ވަނީ މިއަދު ބަދަލުކޮށްފައެވެ. މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބދުލް މުއްޠަލ...
އަޙްމަދު ވަހީދު
އެމްޑީޕީގެ މެމްބަރުން ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން […]
ހުސައިން ހަބީބް
ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ ބޭހެއްގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް، “ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން” އެއް ހަދައި އެ ޕްލޭން އާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގައި ބޭހުގެ ޓެސްޓްތައް އަބަދުވެސް ހަދާ […]
މުޙައްމަދު
ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހުގެ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު 78 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން [...
އަޙްމަދު ވަހީދު
ކުރީގެ ޢަދަދާއި ގުޅޭ: ” ދަރިފުޅު އެންމެ ރަނގަޅު ޒާރާ ބަލައި ދިޔަޔަސް.. އެކަމަކު އޭނަ މިގެއަށް އަންނަންވާނީ ހިތުން ރުހުމުން ސާފު ހިތަކައިގެން! ޖުމާ ގެންނަން ނަހަދާތި” ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޖީބު އޭނާގެ ނިންމުން އިއްވިއެވެ. ބަހެއް ބުނުމެއްނެތި މުއާޒް އިނީ ފުން ވިސްނުމެއްގައެވެ. ޒާރާއާމެދު މަންމައާއި ބައްޕަގެ ހިތުގައި އޮތް ޝަކުވާ އެނގުމުން މުއާޒް މުޅިން މާޔޫސް ވެއްޖެއެވެ. އޭރު އޭނާ އިނީ ވިސްނަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް ނޭނގިފައެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން ހިންގުމަށް ތާވަލު ކޮށްފައިވާ ޑައިވިންގ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ކޯހަކީ އެ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން އެ ކައުންސިލުން ހިންގަން ނިންމާފައިވާ ޕަޑީ ސެޓިފައިޑް ޑައިވިންގ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ އެ އަތޮޅުގެ ރަށްތަކުގެ ރަށްވެހިންނަށް އެކަންޏެވެ. ކޯހުގެ ބައިވެރިން އަތުން...
އިބްރާހިމް ޚަލީލް
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. މިގޮތުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން، 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް މި ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ. ވިހި ވަނަ މަޖިލީހަށް އިންތިޚާބު […]
ޔުމްނާ ޢަލީ
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ފެނޭތޯ ނެގި ވޯޓުގައި އެމްޑީޕީގެ ހަ މެމްބަރަކު ވިޕްލައިނާ ހިލާފުވެވަޑައިގެންފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރަކަށް ރުހުން ދީފައިވެއެވެ. ރުހުން ނުދިން ވަޒީރުން އަލުން ވަނީ އެ މަގާމަށް އައްޔަން ކުރައްވައިފައެވެ. […]
މުޙައްމަދު
ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ސައިޓުގައި މިހާރު ކުރިއަށްދަނީ ގްރޮއިންގެ ޕްރޮފައިލިންގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލިހުން ފެނުނީ ޑިމޮކްރަސީއާ ބީރައްޓެހި މަންޒަރެއް ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލިހުގެ ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލިހުން މިއަދު ވަނީ ފާސްކޮށްފައެވެ. ރުހުން ލިބިފައި ނުވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަ...
މުޙައްމަދު
އެހެން ޕާޓީއަކާއި ގުޅުނުވާހަކަ ދޮގުކުރައްވައި، އޭނާ ދައުރު ނިމެންދެން ދެމިހުންނާނީ މަޖިލީހުގެ މެންބަރަކަށް އިންތިޚާބުވިއިރު ވެސް ހުންނެވި، އެމްޑީޕީގައި ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީ އަށް އޭނާ ސޮއިކޮށްފިކަމަށްބުނެ އެކްސްގައި ‘’ހަސަން ކުރުސީ’’ ކިޔާ މީހަކު ކުރި ޕޯސްޓެއް ދޮގުކުރައްވަމުންނެވެ. އެވާހަކަ ދޮގުކުރައްވައި ޝިފާޢު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވީ އެމްޑީޕީގެ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބު އަހްމަދު އުޝާމް އަލުން ބަންޑާރަނައިބުކަމުގެ މަޤާމަށް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ބަންޑާރަނައިބުކަމަށް އުޝާމް ޢައްޔަނުކުރައްވައި، ރައީސް މުޢިއްޒު ވަނީ އޭނާ އަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މީގެ އިތުރުން ބަންޑާރަނައިބު އުޝާމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާގޮތުގެ މަތީން އެ ކޮމިޝަންގެ މެންބަރުކަމަށް ވެސް ޢައްޔަނުކުރައްވާފައެވެ. ބަންޑާަރަނައިބުކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަލުން އެ މަގާމަށް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ޑރ. ހައިދަރު އެ މަގާމަށް ޢައްޔަނުކުރައްވައި ރައީސް މުޢިއްޒު ވަނީ މަޤާމުގެ ފަތްކޮޅު އޭނާ އަށް އަރުވާފައެވެ. މިއަދު ރުހުން ނުދިން ވަޒީރުންގެ ތެރޭގައި ހިމެނޭ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ. ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަ...
ޔުމްނާ ޢަލީ
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލިއިރު ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު […...
ހުސައިން ހަބީބް