މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,448 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 788 ވަނަ ޞަފްޙާ

ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

ރޯދައިގެ ފަހު 10 ގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ނިންމަވައިފި

މި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުކޮށްފައިވާ އިރު، އެ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔާތެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާގައި ބުނީ ރޯދަމަހުގެ ފަހު 10 ގެ އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތަށް ނުކުންނަ މުވައ...

މުޙައްމަދު
މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

މުހިއްޔުއްދީން ސުކޫލުގެ ދަރިވަރުން ޣައްޒާ އަށް 50،000ރ. ދީފި

މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް 50،000ރ. ދީފިއެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު އެކްސްގައި ބުނީ މުހިއްޔުއްދީން ސްކޫލްގެ ދަރިވަރުން ޣައްޒާ ރައްޔިތުންނަށް އެހީވުމަށް ހަދިޔާއެއް ދީފައިވާ ކަމަށެވެ. ސްކޫލްތަކުގެ ދަރިވަރުން އިސްނަގައިގެން ކުރާ މިފަދަ ކަންކަން އައިއޭ ސީއިން އަބަދުވެސް ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އައިއޭސީން ބުންޏެވެ. “ސްކޫލު ދައުރަކީ ކުދިންގެ ހިތުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އިންސާނިއްޔަތަށް ލޯބިޖެއްސުމަށ...

މުޙައްމަދު
މިއަހަރު ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

މިއަހަރު ސްޓެލްކޯގެ ހައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި

ސްޓެލްކޯގެ ފަރާތުން 1445 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ. ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، ކުންފުނިން މުވައްޒަފުންނަށްދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރު ހަސަން ހުސައިން ރިޓަޔާ ކުރެއްވުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައ...

އަޙްމަދު ވަހީދު
17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް

17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް

ރާއްޖޭގެ 17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ އާލާތް ހޯދުމާ ގުޅޭ “ލެޓަރ އޮފް އެކްސްޗޭންޖު” ގައި ސޮއިކޮށްފައި ވަނީ އިއްޔެ ޞިއްޙަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރ...

ޔުމްނާ ޢަލީ
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ހޮވުން މިރޭ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ހޮވުން މިރޭ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ގްރޭން ފިނާލޭ ޝޯ މިރޭ އޮންނާނެއެވެ. މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔުން ރޭ ބާއްވާފައިވާއިރު، މުބާރާތުގެ ގްރޭން ފިނާލޭ މިރޭ އޮންނާނެއެވެ. މިރޭ ޝޯގައި ވެސް ފަސް ބައިވެރިންގެ ކިޔެވުންތައް ފެނުގެންދާނެއެވެ. މިގޮތުން ކޮންމެ ބައިވެރިއަކަށް ބަލައިގެން ކިޔުމުން ސުވާލަކާއި ނުބަލާ ކިޔުމުން ސުވާލެއްގެ އިތުރުން ދީނީ އިލްމުންނާއި ޤުރުއާނުގެ ބައިން […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ބުރު މިރޭ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ބުރު މިރޭ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ފައިނަލުގެ ފުރަތަމަ ކިޔުން މިރޭ އޮންނާނެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ފައިނަލު ވެސް ދެ ރެއަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށެވެ. މިގޮތުން މުބާރާތުގެ އެންމެ މޮޅު ފަސްބައިވެރިންގެ ކިޔެވުންތައް މިރޭ ޝޯގައި ފެނިގެންދާނެއެވެ. މިރޭ ވަނަ ހޮވުމެއް ނޯންނާނެއެވެ. މި ފަސް ބައިވެރިންނާއިއެކު ބާއްވާ ގްރޭން ފިނާލޭ ޝޯ އޮންނާނީ […]

އިބްރާހިމް ޚަލީލް
ހަސަން ޝިޔާމަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ހުކުމްކޮށްފި

ހަސަން ޝިޔާމަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތުމުން އޭނާއަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުން މި ހުކުމް ކުރީ އެ ދާއިރާއަށް ވާދަކުރައްވާ އަލީ އާޒިމްގެ ކޮއްކޮގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ […]

ހުސައިން ހަބީބް
ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގުއެވެ. އާ...

އަޙްމަދު ވަހީދު
ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމި...

އަޙްމަދު ވަހީދު
މި ރޯދަމަހުވެސް ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން އުރީދޫގެ ރޯދަ ހަދިޔާ

މި ރޯދަމަހުވެސް ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން އުރީދޫގެ ރޯދަ ހަދިޔާ

މި ރޯދަމަހުވެސް އުރީދޫ މޯލްޑިވްސްގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ދަށުން ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްގެން ރޯދަ ހަދިޔާ ލިބޭނެ ގޮތް ވަނީ ހަދައިފައެވެ. ކޮންމެ އަހަރެއްގެވެސް ރޯދަމަހު އުރީދޫ މޯލްޑިވްސް އިން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އުރީދޫގެ ރޯދަ ހަދިޔާ ޕްރޮމޯޝަނަކީވެސް މިފަދަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ މޯބައިލް ކަސްޓަމަރުން 500 ރުފިޔާގެ ޑޭޓާ ޕެކަށްވުރެ މަތީ ޕެކެއް ނެގުމުން ރޯދަ ހަދިޔާގެ ގޮތުގައި […]

އަޙްމަދު ވަހީދު
އިންޑިއާގެ މަދަނީ މީހުން 2 އަހަރު، އަނެއް ބަޔަކު 1 އަހަރު ރާއްޖޭގައި ތިބޭނެ: ރައީސް

އިންޑިއާގެ މަދަނީ މީހުން 2 އަހަރު، އަނެއް ބަޔަކު 1 އަހަރު ރާއްޖޭގައި ތިބޭނެ: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ މަދަނީ މީހުން ތިބޭނީ އެންމެ ގިނަވެގެން ދެ އަހަރު ދުވަހު ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެއް އަހަރު ދުވަސް ފަހުން ރާއްޖެ އިން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސްގެ ރިޔާސީ ވައުދަކަށްވާ އިރުގައި އެ ވައުދު ފުއްދެވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ. […]

މުޙައްމަދު
ޒަޔާންގެ މަރުގެ ދައުވާއަށް އެންމެން އިންކާރު, ޝަރީއަތް ސިއްރު

ޒަޔާންގެ މަރުގެ ދައުވާއަށް އެންމެން އިންކާރު, ޝަރީއަތް ސިއްރު

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން ހަމަލާދީ މަރާލި މުހައްމަދު ޒަޔާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ހަތް މީހުން ވެސް އެ ދައުވާތަކަށް ޝަރީއަތުގައި އިންކާރުކޮށްފި އެވެ. ޖޫން, 2022 ގައި ހިންގި މި މަރުގެ މި މައްސަލާގައި ހަތަރު ކުޑަކުއްޖެއްގެ މައްޗަށް އަދި ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. ކުޑަކުދިންގެ މައްސަލަތައް ޖުވެނައިލް ކޯޓުން ބަލަމުންދާއިރު، ހަތް މީހުންގެ މައްސަލަ ބަލަނީ ކްރިމިނަލް ކޯޓުންނެވެ. ދެ ކޯޓުގައި ވެސް މައްސަލަ ގެންދަނީ ނޫސްވެރިންނާއި އާންމުންނަށް […]

ހުސައިން ހަބީބް
އާރުޑީސީގެ ހިޔާނާތާ ގުޅިގެން ފައްޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ

އާރުޑީސީގެ ހިޔާނާތާ ގުޅިގެން ފައްޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ބަލަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހިޔާނާތާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ. ފައްޔާޒް، ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ވަނީ މާދަމާ މެންދުރު ފަހު 15:00 އަށެވެ. ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަން ނިންމީ ޗިޓުގައި އޮތް ގޮތުން އާރުޑީސީ އަށް ލިބޭ ފައިސާ […]

މުޙައްމަދު
ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް

ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ ހައި ކޯޓަށް

ތ. ވޭމަންޑޫގައި ކާފަ ދަރިއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 63 އަހަރުގެ މީހަކު ދޫކޮށްލި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފިއެވެ. ކާފަ ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެ ރަށު ކޯޓުން ކުއްލިއަކަށް ވަނީ ދޫކޮށްލައިފައެވެ. އެމީހާ ދޫކޮށްލި ކަމުގައި ވިޔަސް، މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަދެއެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ ގުޅޭ […]

މުޙައްމަދު
ހިޔާ ފްލެޓެއް ތެރެއަށް ކްރިސްޓިއަން ދީނުގެ ލިޔުންތަކެއް އެޅި މައްސަލައެއް

ހިޔާ ފްލެޓެއް ތެރެއަށް ކްރިސްޓިއަން ދީނުގެ ލިޔުންތަކެއް އެޅި މައްސަލައެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއް ތެރެއަށް ކްރިސްޓިއަން ދީނާ ގުޅޭ ލިޔުންތައް އެެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި ބޭރުގެ ދެ އަންހެނަކު ހިޔާ ފްލެޓުގައި ހުންނަ މެއިލް ބޮކްސް ކައިރީގައި ދަބަހެއް ހިފައިގެން ތިބޭ މަންޒަރު ފެނެއެވެ. ޖަރުމަނަށް ނިސްބަތްވާ އެ މީހުން ދިވެހި ބައިބަލް އާއި ޖީސަސްގެ ދިވެހި ތަރުޖަމާއަށް ވަދެވޭ ވެބްސައިޓުތަކެއްގެ ކިއުއާރު ކޯޑު ހިމެނޭ ގަނޑުކޮޅުތަކެއް މެއިލް ބޮކްސްއަށް […]

މުޙައްމަދު
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު އައްޔަންކޮށްފި

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ތޮލްހަތު އައްޔަންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިން ސިފައިންގޭގައި މަސައްކަތް ކުރި ތޮލްހަތު ހަސަން އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ. ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ. އެ މަގާމަށް ތޮލްހަތު އައްޔަން ކުރަން ފާސްވީ މަޖިލިހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. ތޮލްހަތު އެމްއެންޑީއެފުން ރިޓަޔާ ކުރެއްވުމުގެ ކުރިން ހުންނެވީ މޭޖާގެ ރޭނ...

މުޙައްމަދު
ކުޅުދުއްފުށި ސިޓީ ވޮލީބޯލް އެރީނާ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށި ސިޓީ ވޮލީބޯލް އެރީނާ ރަސްމީކޮށް ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމްގެ “ވޮލީބޯލް އެރީނާ” ގައި ތަރައްގީ ކުރި ޒަމާނީ ފެންވަރުގެ ދެ އައުޓްޑޯ ވޮލީކޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. ވޮލީބޯލް އެރީނާ ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ރަސްމީކޮށް އެރީނާ ހުޅުއްވައި ދެއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. އެ އެރީނާ ހުޅުވާފައި މިވަނީ އެތަނުގައި ރެސްޓްރޮމްއަކާއި ލައިވްކުރެވޭ ހަޓަކާއި އެކުއެވެ. އަދި ދެ ކޯޓްގައި ވ...

އިބްރާހިމް ޚަލީލް
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 25 އަހަރުގެ، މާލެ/މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު އެވެ. ފުލުހުން ވަނީ އޭނާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ‘’އަކްރަމް ޢަދީލް ސަޢީދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން’’ ފުލުހުން ބުނެފަވެއެވެ. ޢާއިލާ އާއި ހަވާލާދީ ފުލުހު...

ޔުމްނާ ޢަލީ