މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,448 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 789 ވަނަ ޞަފްޙާ

ކުޅުދުއްފުށީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް

ކުޅުދުއްފުށީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް

ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކުޅުދުއްފުށީ ސިޓީގައި އަލިފާން ރޯވެފައި ވަނީ އެ ސިޓީގެ “ސިގްނަލް” ނަމަކަށް ކިޔާ ގެއެއްގައެވެ. އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު މެންދުރު 13:17 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަން...

ޔުމްނާ ޢަލީ
72 ކިލޯ ޑްރަގް މައްސަލާގެ "އިސް މީހާ" އަނެއްކާވެސް ބަންދަށް

72 ކިލޯ ޑްރަގް މައްސަލާގެ "އިސް މީހާ" އަނެއްކާވެސް ބަންދަށް

ރާއްޖެ ގެނައި 72 ކިލޯ ޑްރަގް މައްސަލާގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. 2020 ވަނަ އަހަރު ކަނޑުމަގުން އެތެރެކުރި 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިރުފާން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ބަންދުން ދޫކޮށްލި އެވެ.އެކަމަކު ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ […]

ހުސައިން ހަބީބް
އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދިޔަ “އުތީމް އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ މަރްޔަމް އަނާޔާ ހަބީބް ހޯދައިފިއެވެ. މި މަހު 19 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިންނާއިއެކު ފައިނަލް ޝޯ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ފައިނަލް ޝޯގައި އެންމެ މަތިން މާކްސް ހޯދައި އުތީމްގެ […]

އިބްރާހިމް ޚަލީލް
ކިވާއީގެ އައު އައުޓްލެޓެއް ބުރާސްފަތި ދުވަހު ހުޅުވަނީ، އެ ދުވަހު ހިލޭ ހަދިޔާ އާއި ޑިސްކައުންޓް!

ކިވާއީގެ އައު އައުޓްލެޓެއް ބުރާސްފަތި ދުވަހު ހުޅުވަނީ، އެ ދުވަހު ހިލޭ ހަދިޔާ އާއި ޑިސްކައުންޓް!

އަރޯމާގެ ގިނަ އުފެއްދުންތަކާއި ކުޑަކުދިންގެ ސާމާނު ވިއްކަމުން އަންނަ ކިވާއީގެ އައު އައުޓްލެޓެއް އަންނަ ބުރަމާސްފަތި ދުވަހު ހުޅުވަން ތައްޔާރުވެއްޖެއެވެ. ކިވާއީގެ މި އައުޓްލެޓް ހުޅުވަނީ މަޖީދީމަގު، ގ. ސިރުމުތުގައެވެ. މި އައުޓްލެޓް ހުޅުވާނީ 28 މާޗުވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައެވެ. އައު އައުޓްލެޓް ހުޅުވުމުގެ ގޮތުން ބުރާސްފަތި ދުވަހު ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ އައުޓްލެޓުން ވިއްކާ ސާމާނުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު ކޮންމެ ވިޔ...

އަޙްމަދު ވަހީދު
ބީއެމްއެލްގެ ޗެއާޕާސަނަކަށް ހަސަން ޒަރީރު އައްޔަންކޮށްފި

ބީއެމްއެލްގެ ޗެއާޕާސަނަކަށް ހަސަން ޒަރީރު އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B، ޙަސަން ޒަރީރު، އައްޔަންކޮށްފިއެވެ. މި މަގާމަށް ޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް އެ ބީއެމްއެލުން ބުންޏެވެ. ބޭންކުން އިތުރަށް ބުނެފައިވާގޮތުގައި ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ގ. ސިނަމާލެ 3 35-04، ޢަލީ ފާރިސް މުޙައްމަދު، ވަނީ އީޖީއެމްގައި އައްޔަންކޮށްފަ...

އަޙްމަދު ވަހީދު
މަޖިލިސް 2024: ފައިނަލް ވޯޓާސް ލިސްޓް ޢާންމުކޮށްފި

މަޖިލިސް 2024: ފައިނަލް ވޯޓާސް ލިސްޓް ޢާންމުކޮށްފި

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ޢާންމުކޮށްފިއެވެ. މި ލިސްޓް އީސީން ނެރެފައި މިވަނީ އިންތިޚާބާބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އިންތިޚާބު ބާއްވާ ތާރީޚް ފަސްވުމުން، ރީ- ރަޖިސްޓްރޭޝަން އަށް އަލުން ހުޅުވާލައި ފުރުޞަތު ދިނުމަށް ފަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް މިފަހަރުގެ މަޖިލިސް [...

ޔުމްނާ ޢަލީ
އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް

އިންތިހާބުގައި އަލުން ވާދަކުރަން މެމްބަރު ރަޝީދު ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ ގެންދެވި އެވެ. ނަމަވެސް މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ބާއްވަން ނިންމުމާ އެކު ކުރުމާ އެކު ރަޝީދު ވަނީ އޭނާގެ ފޯމު އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ […]

ހުސައިން ހަބީބް
ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި

ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 ” ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ. މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މުބާރާތުގެ ދެވަނަ ބުރަށް ފަހުއެވެ. އެ ބުރުގައި 13 ބައިވެރިން ވަނީ ކިޔަވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ އެ ބުރުން އެންމެ މަތިން މާކްސް ހޯދި ފަސް ބައިވެރިންނެވެ. އެ ބައިވެރިންނަކީ: އާޢިޝަތު މަލްދާ / ވާދީ […]

އިބްރާހިމް ޚަލީލް
''ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން''

''ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން''

ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް މި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ. މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ރައީސް އަރިހު ވަނީ ސު...

ޔުމްނާ ޢަލީ
ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުއަށް ޖީއެސްޓީ ދައްކަން ޖެހޭނީ ސަރުކާރުން: ކޯޓު

ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުއަށް ޖީއެސްޓީ ދައްކަން ޖެހޭނީ ސަރުކާރުން: ކޯޓު

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއާ ގުޅިގެން، ޗައިނާގެ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަން ދައްކަންޖެހޭ ފައިސާ ދައުލަތަށް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.  ޗައިނާގެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ 140 މިލިއަން ޑޮލަރަކީ ޖީއެސްޓީ ނުހިމަނައި ހަމައެކަނި މަޝްރޫއުގެ އަގު ކަމަށް ބުނެ އެވެ. އެހެންވެ، އެ […]

ހުސައިން ހަބީބް
ފުވައްމުލަކުގައި ފަތުރުވެރިއެއްގެ އަގު ބޮޑު މުދާ ފޭރިގަތް މައްސަލައެއް ބަލަނީ

ފުވައްމުލަކުގައި ފަތުރުވެރިއެއްގެ އަގު ބޮޑު މުދާ ފޭރިގަތް މައްސަލައެއް ބަލަނީ

ޏ. ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއެއްގެ ޑްރޯން އާއި އަތް ދަބަސް ފޭރިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. އެ ހާދިސާ އިއްޔެ ހިނގި ގޮތް ކިޔައި ދިން ފަތުރުވެރިޔާގެ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ އާންމުކޮށްފައެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދާފައިވާ ކަމަށެވެ. އޭނާ ލަފާކުރަނީ އެއީ 15 […]

މުޙައްމަދު
ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއަން އޯޝަން ބައިން ރާއްޖެއަށް 9 ނޮމިނޭޝަން

ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއަން އޯޝަން ބައިން ރާއްޖެއަށް 9 ނޮމިނޭޝަން

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެއެވެ. ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ ނޮމިނޭޓްވެފައިވަނީ: • ލީޑިން ޑެސްޓިނޭޝަން • ލީޑިން ޑައިވް ޑެސްޓިނޭޝަން • ލީޑިން ޓުއަރިސްޓް ބޯޑް • ލީޑިން ބީޗް ޑެސްޓިނޭޝަން • ލީޑިން އެޑްވެންޗާ ޓުއަރިޒަމް ޑެސްޓިނޭޝަން • ލީޑިން ކްރޫޒް ޑެސްޓިނޭޝަން • ލީޑިން ހަނީމޫން ޑެސްޓިނޭޝަން • ލީޑިން ގްރީން ޑެސްޓިނޭޝަން • ލީޑިން ވެޑިން ޑެސްޓިނޭޝަން 1993 ވަނަ އަހަރު […]

އަޙްމަދު ވަހީދު
ރީހެބަށް ނުގޮސް މެތަޑޯން ފަރުވާ ކުރިއަށް ގެންދެވޭ ގޮތް ހަމަޖައްސާނަން: ރައީސް

ރީހެބަށް ނުގޮސް މެތަޑޯން ފަރުވާ ކުރިއަށް ގެންދެވޭ ގޮތް ހަމަޖައްސާނަން: ރައީސް

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ދޭ “މެތަޑޯން މެއިންޓެނެންސް ތެރަޕީ” ރިހަބަށް ނުގޮސް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ސުވާލުގައި އެދުނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާގައި ތިބޭ އިރު ވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފި ނަމަ […]

މުޙައްމަދު
ޔާމީންގެ ދައްތައަށް ފުލުހުންގެ ވަޒީފާދޭން އެންގުމުން ދައުލަތުން ސުޕްރީމް ކޯޓަށް

ޔާމީންގެ ދައްތައަށް ފުލުހުންގެ ވަޒީފާދޭން އެންގުމުން ދައުލަތުން ސުޕްރީމް ކޯޓަށް

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ އައިޝަތު ރަޝީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ އޮގަސްޓް، 2017 ގައި އައިޝަތު ވަޒީފާއިން ވަކިކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަދި ޔާމީން ރަޝީދުގެ އެކުވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުން ކަމަށް ބުނެ އެވެ. އެ މައްސަލާގައި އޭނާއަށް ވަޒީފާ އަނބުރާ ދޭން […]

ހުސައިން ހަބީބް
އެމްއެމްޕީއާރުސީން މާޓާގައި ރާއްޖެ އިޝްތިހާރު ކޮށްފި

އެމްއެމްޕީއާރުސީން މާޓާގައި ރާއްޖެ އިޝްތިހާރު ކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން، މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) ގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ. މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން ބައިވެރިވެއެވެ. މި ފެއާ ކުރިއަށްގެންދިޔައީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރްގައި މި މަހުގެ 22 ން 24 އަށެެވެ. މާޓާ ފެއާއިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް...

އަޙްމަދު ވަހީދު
މެލޭޝިއާ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުފަށަނީ

މެލޭޝިއާ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުފަށަނީ

މެލޭޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ. މެލޭޝިއާ އެއާލައިންގެ ދަތުރުތައް ފަށަން ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ އެމްއެމްޕީއާރުސީއާައެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ބައްސާމެވެ. އަދި މެލޭޝިއާ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ޑެރެނިޝް އަރެސަންދިރަންއެވެ. މި...

އަޙްމަދު ވަހީދު
އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް

އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް

ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން އިންގްލެންޑް ބަލިކޮށްފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ލަނޑި 80 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިކެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގެ ފަހުބައިގައި ބަދަލު ކުޅުންތެރިއެއް ގޮތުގައެވެ. އުމުރުން 17 އަހަރުގެ އެންޑްރިކަކީ މިހާރު ބްރެޒިލް ލީގުގެ ޕަލްމޭރާސް އަށް […]

އިބްރާހިމް ޚަލީލް
ވައިކަރަދޫ އަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދޭން ފަށައިފި

ވައިކަރަދޫ އަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދޭން ފަށައިފި

ހދ. ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި ވަނިކޮށް އާ ޖަނަރޭޓަރެއް ގެންގޮސް ރަށަށް 24 ގަޑިއިރު ކަރަންޓު ދޭން ފަށައިފިއެވެ. ފެނަކަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. ވައިކަރަދޫ ފެނަކައިން އެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ އިންޖީނުގެ ތެރެއިން މައްސަލަ […]

މުޙައްމަދު