ޕީއެސްއެމުން އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަނީ
އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ނިންމިކަން ޕީއެސްއެމުން ހާމަކުރީ އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ. ޕީއެސްއެމުން ވޭތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ، ކުންފުނީގެ މެނޭޖުމަންޓާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅުތެރޭގ...