މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 760 ވަނަ ޞަފްޙާ

ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ: ސްޓެލްކޯ

ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ: ސްޓެލްކޯ

ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7788438 މެދުވެރިކޮށް ވަޓްއެސްއެޕާއި ޓެލެގުރާގްމްގެ އިތުރުން މެއިލް މެދުވެރިކޮށް ވެސް ޝަކުވާ ފޮނުވޭނެ ކަމަށެވެ. އީމެއިލް އަކީ Billing@stelco.com.mv އެވެ. ސްޓެލްކޯއިން މިފަދައިން އެދިފައިވަނީ، އެ ކުންފުނިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅި...

އިބްރާހިމް އަސްވާޤް
ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެ

ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި ނިޔާވެއްޖެ

އދ. ދަނގެތީ ކައިރީ ފާނަ ބާނަން މޫދަށް ފައިބާ އޮތް މީހެއް ގައިގައި ލޯންޗަކުން ޖެހި، އެމީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ ދަނގެތީ ކައިރީ ފާނަ މަސްވެރިކަމު އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހިގެން އެކަމުގެ ރިޕޯޓު މިއަދު އެ މުއައްސަސާ އަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:55 ހާއިރު އެވެ. ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް […]

ޔުމްނާ ޢަލީ
މާޓިނޭޒް އިންޓަ މިލާނުގައި މަޑުކުރަން ނިންމައިފި

މާޓިނޭޒް އިންޓަ މިލާނުގައި މަޑުކުރަން ނިންމައިފި

އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ލައުޓާރޯ މާޓިނޭޒްއަށް، އެ ޓީމުން ހުށަހެޅި އެއްބަސްވުން ގަބޫލުކޮށް އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ. އުމުރުން 26 އަހަރުގެ މާޓިނޭޒް މިހާރު އިންޓައާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އައު ކޮންޓްރެކްޓްގެ ދަށުން އޭނާ އިންޓަ މިލާނުގައި 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަކަށް މަޑުކުރާނެއެވެ. އަލަށް ހަދާ އެއްބަސްވުމުގެ ދަށުން އިންޓައިން ވަނީ މާޓިނޭޒްއަށް އަހަރަކު ނުވަ މިލިއަން ޕައުންޑްގެ ދިނުމަށް […]

އިބްރާހިމް ޚަލީލް
އަފްޣާނިސްތާނުގައި 14.2 މިލިއަނަށް މީހުންނަށް ކާބޯތަކެތީގެ ނުރައްކާ އެބޮތް: އދ

އަފްޣާނިސްތާނުގައި 14.2 މިލިއަނަށް މީހުންނަށް ކާބޯތަކެތީގެ ނުރައްކާ އެބޮތް: އދ

އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 14.2 މިލިއަން މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން މިހާރު ކުރިމަތިވެފައިވާ ކަމަށް އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބުނެފިއެވެ. އެފްއޭއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ރިޗަޑް ޓްރެންޗާޑް ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޖަމިއްޔާއިން އެންމެ ފަހުން އެކުލަވާލި އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) ގެ 2024 ވަނަ އަހަރުގެ މާޗް-އޭޕްރީލް ރިޕޯޓަށް ބަލާއިރު، 14.2 މިލިއަން މީހުން ނުވަތަ އަފްޣާނިސްތާނު...

އަޙްމަދު ދާއޫދު
ފެނަބާޗޭގެ ކޯޗަކަށް މޮރީނިއޯ

ފެނަބާޗޭގެ ކޯޗަކަށް މޮރީނިއޯ

ތުރުކީ ލީގުގެ ފެނަބާޗޭގެ ކޯޗުކަމާއި ހަވާލުވާން މޮރީނިއޯ އެއްބަސް ވެއްޖެއެވެ. އުމުރުން 61 އަހަރުގެ މޮރީނިއޯ ފެނަބާޗޭއާއި ހަވާލުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ 2026 ވަނަ އަހަރުގެ ސީޒަން ނިމެންދެން އެ ޓީމްގައި މަޑުކުރާނެއެވެ. އެއަށްފަހު އިތުރު އަހަރަކަށް އެއްބަސްވުން އިތުރު ކުރެވޭ މާއްދާ އެއްބަސްވުމުގައި ހިމެނާފައިވއެވެ. ތުރުކީ ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ފެނަބާޗޭ މި ސީޒަން ނިންމާލީ ލީގުގެ ދެވަނާގައި އޮވެއެވެ. އެ ޓީމުން 99 ޕޮއިންޓް […]

އިބްރާހިމް ޚަލީލް
ހޫނުގަދަވެ އިންޑިއާގެ އެކިސަރަޙައްދު ތަކުން 18 މީހުން މަރުވެއްޖެ

ހޫނުގަދަވެ އިންޑިއާގެ އެކިސަރަޙައްދު ތަކުން 18 މީހުން މަރުވެއްޖެ

އިންޑިއާގައި ހޫނުގަދަވުމުގެ ސަބަބުން އެގައުމުގެ އެކި ސިޓީތަކުން 18 މީހަކު މިހާތަނަށް މަރުވެފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް (122 ފެރެންހައިޓް) އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ. އިރުމަތީގެ ސްޓޭޓްތައް ކަމަށްވާ އޮޑިޝާ އާއި ބިހާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 10 މީހުން ވަނީ މަރުވެފަ އެވެ. ވެރިރަށް ނިއު ދިއްލީގައި ވެސް އެކަކު މަރުވެފައިވާއިރު، ހޫނުމިން ގަދަވުމުގެ ސަބަބުން އެ ސިޓީގެ އެއާޕޯޓުގައި ވަނީ ހަމަނުޖެހުން […]

އަޙްމަދު ދާއޫދު
ފައިނަލް މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާނީ ކޯޓުއާ

ފައިނަލް މެޗުގައި ރެއާލްގެ ގޯލު ބަލަހައްޓާނީ ކޯޓުއާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ވާދަކުރާ މެޗުގައި، ރެއާލުގެ ގޯލް ބަލަހައްޓާނީ އެ ޓީމްގެ އެއް ނަމްބަރު ކީޕަރ ކޯޓުއާ ކަމުގައި އެ ޓީމްގެ ކޯޗް ކާލޮސް އަންޗެލޯޓީ ބުނެފިއެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުޅި ސީޒަންގައި ހެން ކޯޓުއާ ހޭދަކުރީ ފަރުވާގައެވެ. ކޯޓުއާއަށް އަނިޔާވުމުން ރެއާލުގެ ގޯލު މުޅި ސީޒަންގައި ހެން ބެލެހެއްޓީ އެ ޓީމްގެ ބަދަލު ކީޕަރު ޔުކްރެއިންގެ އަންދްރޭ ލުނިންއެވެ. ލުނިން ވަނީ […]

އިބްރާހިމް ޚަލީލް
އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމަށް ބައިޑެން ރުހުން ދީފި

އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމަށް ބައިޑެން ރުހުން ދީފި

ރަޝިއާގެ ސަރަހައްދަށް ހަމަލާދިނުމަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރުމަށް ޔޫކްރެއިންއިން އެދުމުން އެކަމަށް ރުހުން ދިން ކަމަށް އެމެރިކާއިން އިއުތިރާފުވެއްޖެއެވެ. އެމެރިކާގެ ރައީސް އެކަމަށް ހުއްދަ ދެއްވި ކަމުގައިވިޔަސް އެހުއްދަ ދީފައިވަނީ، ޔޫކްރެއިންގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޚާރްކީވް އާއި އެ ސިޓީގެ ބޯޑަރު ސަރަހައްދުގައި އެކަނި އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމަށެވެ. “ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިން އަޅުގަނޑުމެންނާ ހަމައަށް އައިސް، މި ހަމަލާއިން ދިފާއުވުމަށް އަޅުގަނޑުމެން...

އަޙްމަދު ދާއޫދު
ކިންގް ކަޕް ފައިނަލުން އަލް-ނަސްރު ބަލިވުމުން، ރޮނާލްޑޯ ސީޒަން ނިންމާލީ ހުސްއަތާ

ކިންގް ކަޕް ފައިނަލުން އަލް-ނަސްރު ބަލިވުމުން، ރޮނާލްޑޯ ސީޒަން ނިންމާލީ ހުސްއަތާ

ސައުދީ ކިންގް ކަޕް ފައިނަލް މެޗުން އަލް ހިލާލް އަތުން އަލް ނަސްރު ބަލިވުމުން، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތައްޓެއް ކާމިޔާބު ނުކުރެވި ސީޒަން ނިންމާލަން ޖެހިއްޖެއެވެ. ކިންގް ކަޕް ފައިނަލް މެޗު ރޭ ޖިއްދާގައި ކުޅުނުއިރު، މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލް ހިލާލުންނެވެ. މި ލަނޑު 7 ވަނަ މިނެޓުގައި ޖަހައިދިނީ މިޓްރޮވިޗެވެ. މެޗުގެ ފުރިހަމަ ވަގުތު […]

އިބްރާހިމް ޚަލީލް
ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ ފަންޑް 100000 (އެއްލައްކަ) ރުފިޔާއަށް ބޮޑުކޮށްފިއެވެ. ށ.އަތޮޅު ކައުންސިލުން ވަނީ ފާއިތުވި ދެ އަހަރުވެސް އެ އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކްލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޖަމިއްޔާއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ދެ އަހަރު ކޮންމެ ޖަމިއްޔާއަކަށް ވެސް އަތޮޅު ކައުންސިލުން ދޫކޮ...

އިބްރާހިމް ޚަލީލް
ސިޑްސް ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސިޑްސް ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރާއްޖެ ވަޑައިގެންފިއެވެ. ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގަތީ މި މޭ މަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގ...

ޔުމްނާ ޢަލީ
ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި

ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ. މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. މީގެ ތެރެއިން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރިއިރު، މި ގްރޫޕްގައި މިއަދު ވަނީ 296 ހައްޖާޖީން ފުރާފައެވެ. ހައްޖާޖީން ފުރުމުގެ ކުރިން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް […]

ޔުމްނާ ޢަލީ
ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް

ސިޙުރަކީ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް

ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް، ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ސިޙުރުގެ ނުބައިކަން” އެވެ. މިއަދުގެ ޚުޠުބާގައި ސިހުރަކީ ޙަޤީޤަތެއްކަމަށާއި، އެއީ ދީނުން ބޭރުވާފަދަ ކުށެއްކަމާއި އަދި ސިހުރުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ހަމައެހެންމެ ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލ...

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މާދަމާ ފަށާނެއެވެ. މިއަހަރުގެ ފިއެސްޓާގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން ފުޓްސަލް އެވެ. މިއީ ށ. އަތޮޅުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ގަދަ ބާރެއްކަމަށްވާ ނަރުދޫގައި އެރަށު ކައުންސިލުން މި މުބާރާތް މެދު ނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މުބާރާތް ހުޅުވާ މެޗު […]

ޔުމްނާ ޢަލީ
ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަތުމަށް ސްލޮވޭނިއާގެ ސަރުކާރުން ނިންމައިފި

ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަތުމަށް ސްލޮވޭނިއާގެ ސަރުކާރުން ނިންމައިފި

ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްލޮވޭނިއާގެ ސަރުކާރުން ހުށަހެޅި ގަރާރަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ތާއީދުކޮށްފިއެވެ. ސްލޮވޭނިއާގެ އޮފިޝަލުންނާ ހަވާލާދީ ސްލޮވީނިއާގެ ޕްރެސް އެޖެންސީން ބުނީ ސަރުކާރުގެ މަޝްވަރާއަށް ފަހު ސަރުކާރުން އެ ހުށަހެޅުން ނެޝަނަލް އެސެމްބްލީއަށް ފޮނުވީ ފައިނަލް އެޕްރޫވަލް އަށް ކަމަށެވެ. ގައުމީ މަޖިލީހުން އަންނަ ހަފުތާގައި އެ ގަރާރަށް ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށް އެ އެޖެންސީން ބުންޏެވެ. އަދި މިނިވަން ފަލަސްތީނެއް ބަލައިގަތުމުގެ މަރުހަލާއިން ސްލޮ...

އަޙްމަދު ދާއޫދު
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ބޭނުންވާ ކާގޯ ހިފައިގެން ރަޝިއާގެ ޖައްވީ އުޅަނދު ފުރައިފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ބޭނުންވާ ކާގޯ ހިފައިގެން ރަޝިއާގެ ޖައްވީ އުޅަނދު ފުރައިފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ބޭނުންވާ ކާގޯ ފޮނުވުމަށް ބޭނުންކުރާ ޖައްވީ އުޅަނދު އުފުލާ ސޯޔޫޒް-2.1އޭ ރޮކެޓް، ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ފޮނުވާލައިފިއެވެ. ރޮސްކޮސްމޮސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ރޮކެޓް ފޮނުވާލާފައިވަނީ ކަޒަކިސްތާނުގެ ބައިކޯނޫރު ކޮސްމޮޑްރޯމް އިން ކަމަށާއި ޕްރޮގްރެސް އެމްއެސް-27 ކާގޯ ޖައްވީ އުޅަނދު ދެ ދުވަހުގެ ތެރޭގައި އައިއެސްއެސްއާ ހަމައަށް ފޯރާނެ ކަމަށެވެ. މި ޖައްވީ އުޅަނދުން އައިއެސްއެސްއަށް 2،504 ކިލޯގްރާމް (5،520 ޕައުންޑް) މުދާ ފޯރުކޮށ...

އަޙްމަދު ދާއޫދު
މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކުގައި ކ. މާފުށީ ޖަލުގައި މަސައްކަތް ކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ މާފުށީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ޖަލު އޮފިސަރެކެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ މާފުށީ ޖަލުކައިރިން...

މުޙައްމަދު
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން ބިލެއް ފޮނުވައިފި

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަދަން ބިލެއް ފޮނުވައިފި

އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭގޮތް ހަދަން ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުވައިފިއެވެ. އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި “އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި […]

މުޙައްމަދު