ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި
ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” އިއްޔެ ފަށައިފިއެވެ. އެގޮތުން މުބާރާތުގައި ފުރަތަމަ ބައްދަލުކުރި “ކަތިރިޔަންސް” އަދި “ޗެމްޕިއަން” ގެ މެޗު ކާމިޔާބުކުރީ ޗެމްޕިއަން ޓީމެވެ. ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، މި ފިއެސްޓާގައި ބޭއްވުމަށް ހަމަޖެހިފާ ވޮލީ މުބާރާތުގައި އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު ވާދަކުރާނެ ކަމަށެވެ. މުބާރާތުގެ އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު […]