ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އަވަސް އެއްބަސްވުމަކަށް އަންނަންޖެހޭ އެމެރިކާގެ ނައިބު ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ. ހެރިސް ވިދާޅުވެފައިވަނީ ޣައްޒާގެ ހާލަތާ މެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް ދިއުން ވަރަށް މުހިއްމު ކަމަށެވެ. މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކަމާލާ ހެރިސް ވަނީ އިއްޔެ ރޭ ފަތިހު ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން...
އަޙްމަދު ދާއޫދު
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ނިރުބަވެރި ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އިސްރާއީލުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބީޓްސެލެމްއިން ގޮވާލައިފިއެވެ. ބީޓްސެލެމްއިން ބުނެފައިވަނީ ހަނގުރާމަ ކުށްވެރިކުރުމާއި މީޑިއާތަކުން ނެރޭ ސްޓޭޓްމަންޓްތަކާއި ރިޕޯޓުތަކުން ނުފުދޭ ކަމަށެވެ. އަދި ޣައްޒާގައި އާންމުން ގިނަ އަދަދަކަށް މަރުވަމުންދާ މަރުތައް ހުއްޓުވައި، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރެވެން ހުރި ހުރިހ...
އަޙްމަދު ދާއޫދު
ފަޅުންނާއި ކަނޑުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގެ އެޖެންޑާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރާއި ސުވާލުކުރުން ވަނީ ހިމަނާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ވަޒީރާ ކުރައްވާ މި ސުވާލަށް ޖަވާބު...
ޔުމްނާ ޢަލީ
މައިންބަފައިން އެކަކު އަނެކަކާ ލޯބިން ވާހަކަދެއްކުމަކީ އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަންތަކެވެ. ލޯބިން ވާހަކަދައްކާ މައިންބަފައިންގެ ކިބައިން، އެހެންމީހުނާ މުޢާމަލާތުކުރާނެ ރަނގަޅުގޮތް ދަރިންނަށް ދަސްވެއެވެ. އަދި މައިންބަފައިންގެ މެދުގައި އޮންނަ ހެޔޮ ގުޅުމުން މުޅި އާއިލާގެ ގުޅުން ވަރުގަދަވެއެވެ. ހަމަޖެހޭ ޢާއިލީ މާޙައުލެއްގައި ދިރިއުޅޭ ކުދިންނަށް ކިޔެވުމަށް އެކަށީގެންވާ ވެއްޓެއް ލިބި، ތަޢުލީމީ ގޮތުން ކުރިއެރުން ލިބުމުގެ ފުރުޞަތު ބޮޑުވެއެވެ. ލޯބީގެ މާޙައުލެއްގައި...
މުޙައްމަދު ޝިހާބް
ޔުކްރެއިންގެ ދެކުނު ސަރަހައްދުގައި އޮންނަ ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ހަމަލާދީފީއެވެ. ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓް ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ޔުކްރެއިން ސިފައިން ދިން ހަމަލާއާ ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރިއާ ޒަކަރޯވާ ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ. އޭނާ މި ހަމަލާ ސިފަކޮށްފައިވަނީ “ޔޫރަޕު ބައްރުގައި ނިއުކްލިއަރ ޓެރަރިޒަމް” ގެ ގޮތުގައެވެ. ޓާސް އިން ރިޕޯޓުކުރި ގޮތުގައި މި ހަމަލާގައި ޒަޕޮރިޒިއާ ނިއު...
އަޙްމަދު ދާއޫދު
ބޯކޮށް ވާރޭ ވެހި ވައިގަދަ ވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ. މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މިސަމާލު ނެރެފައިވަނީ ހއ. އިން ފެށިގެން ގދ. އަތޮޅަށެވެ. މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުމާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 9:00 އާ ހަމައަށެވެ. މިއީ ހުޅަނގު މޫސުމުގެ ގަދަ […]
އަލީ އާދިލް
މާލޭގައި ހިނގާފައިވާ އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެ ދެ މީހުން ފެންނަ ވޯޑިއޯ އާންމުކޮށް ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ދެ މީހުން ކަމަށެވެ. މި މީހުން ހޯދަނީ 2024 މެއި 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެންނެވެ. ވީޑިއޯ: އެކްސިޑެން...
ޔުމްނާ ޢަލީ
އެންމެ ދެކުނުގައި ހިމެނޭ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމުގެ މަޤްޞަދުގައި މަހާސިންތާއެއް ބޭއްވުމަށް ނިންމައިފިއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި މި މަހާސިންތާ ކުރިއަށް ގެންދަން ނިންމާފައި ވަނީ “ސައުތް ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024” ނަމުގައެވެ. މި މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މި މަހާސިންތާގައި އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމާއި ގުޅުންހުރި ސްކޭޓްހޯލްޑަރުންނާއި، ސިނާއަ...
ޔުމްނާ ޢަލީ
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ. ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރުމުގެ މަސައްކަތް ބޮޑުކުރުމަށް އެމްޓީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ އެ އެއާޕޯޓުގެ އިންފްރާސްޓަކްޗާ ތަރައްގީކޮށް، ކެޕޭސިޓީ އިތުރުކުރުމަށް އެޅުނު މުހިންމ...
ޔުމްނާ ޢަލީ
ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިއަދު ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާ އަދި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރަށްވާފައެވެ. މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު ވަކިވަކިން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމ...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ފަހާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މިއީ ބާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ހިންގާ ފެހުމުގެ ބޭސިކް އަދި އެޑްވާންސް ކޯހެކެވެ. މި ކޯސް ހިންގުމަށް އެކަމުގެ ފަންނުވެރިއެއް ހޯދަން ބާރަށު ކައުންސިލުން އިއުލާން ކޮށްފައިވާއިރު، އެ ކައުންސިލުން ބުނީ މިކަމަށް ހުށައަޅާ ލިޔެކިޔުމުގައި ކޯސް ހިންގައިދެވޭނެ އަގާއި ހުރުމާއި ކެއުން އަދި ދަތުރުފަތުރުގެ ހަރަދު ހިމަނަންވާނެ ކަމަށެވެ. އަދި [...
އިބްރާހިމް ޚަލީލް
އިސްރާއީލު ޖަވާބުދާރީކުރުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަަމަލާ ކުށްވެރިކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވަނީ، މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބ...
ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ މަޤްބޫލު ފޮޓޯ ހިއްސާކުރާ ޕްލެޓްފޯމް، އިންސްޓަގްރާމުން އިތުރު ބޮޑު ބަދަލެއް ގެނެސްފިއެވެ. މިގޮތުން، މިހާރު އެއް ޕޯސްޓެއްގައި އެއްފަހަރާ 20 ފޮޓޯ ނުވަތަ ވީޑިއޯ އަޕްލޯޑް ކުރެވޭނެއެވެ. އިންސްޓަގްރާމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާރު އެއް ކެރޮސެލްއެއްގައި ނުވަތަ ޕޯސްޓެއްގައި 20 ފޮޓޯ ނުވަތަ ވީޑިއޯ އެޑް ކުރެވޭނެ ކަމަށެވެ. މީގެ ކުރިން އެއް ޕޯސްޓެއްގައި އަޕްލޯޑް ކުރެވެނީ 10 ފޮޓޯ ނުވަތަ ވީޑިއޯއެވެ. އިންސްޓަގްރާމްގައި ކެރޮސެލްސް ފީޗާ ނުވަތަ އެއް ޕޯސްޓެއްގައި […]
އަޙްމަދު ދާއޫދު
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ނުކުމެ ދިއުމަށް އިސްރާއީލު އޮކިއުޕޭޝަން ސިފައިން އަމުރުކޮށްފިއެވެ. މި ހަނގުރާމައިގައި ގިނަ އާއިލާތަކުން ދެވަނަ އަދި ތިންވަނަ ފަހަރަށްވެސް ހިޖުރަކުރަން މަޖުބޫރުވެފައިވާ ހިނދު، އަނެއްކާވެސް އެފަދަ އަމުރެއް ނެރުމުން އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް މިވަނީ އެމީހުން ދާނެ ދިމާއެއް ނެތި މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ. މި އަމުރާ ގުޅިގެން ގިނަ ބަޔަކު ދާންވީ ކޮންތާކަށްކަން ނޭނގި އެކިދިމަދިމާއަށް ފުރާނަ...
އަޙްމަދު ދާއޫދު
އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ. ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ޝީލްޑް މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީގައި ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ދެހާފް ނުކުޅެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީން ކުރި ހޯދީ 7-6 ގެ ނަތީޖާއިންނެވެ. މިއީ ޕްރިމިއާ […]
އިބްރާހިމް ޚަލީލް
ޣައްޒާގެ އުތުރުގައި ހުންނަ ދަރާޖު ނެއިބާހުޑްގެ އަލް ތާބިއީން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އިއްޔެ ރޭ ފަތިހު އެސްކޫލްގައި ދިރިއުޅޭ އެތައްސަތޭކަ ބަޔަކު ފަތިސް ނަމާދު ކުރަން ތިއްބައެވެ. “އަލްޖަޒީރާ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި ހަމަލާދިން ވަގުތު އިމާރާތުގައި 250 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. […]
އަޙްމަދު ދާއޫދު
ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރާކާތެއް މުޅިރާއްޖޭގައި ފަށައިފިއެވެ. މި ހަރަކާތާއި ގުޅިގެން ޕީއެންސީން ބުނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ 12 ދާއިރާއެއްގައި މިހާރު އެޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށް ދާކަމަށެވެ. މި ހަރަަަަކާތަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ ހަރާކާތެއްކަމަށް ވެސް އެ ޕާޓީން ބުންޏެވެ. މި ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވަނީ ޕީއެންސީގެ ދާއިރާތަކުގެ މަޖިލީސް މެމްބ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް ޢާއިލާއިން މައުލޫމާތު ދީފައިވާ ކ...
ޔުމްނާ ޢަލީ