މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު, މީގެ 16 އަހަރު ކުރިން ގެނައި ކޮޅުވެއްޓިއެއްގެ އިމްޕޯޓް ޑިއުޓީއަށް 1.1 މިލިއަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދާތީ އެ ފައިސާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2008 ވަނަ އަހަރު އޭރު މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު އެ ތަނުގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ލޭންޑިން ކްރާފްޓެއްގެ މައްސަލާގަ އެވެ. 2015 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް އެންގުމުން […]
ހުސައިން ހަބީބް
ރާއްޖޭގައި ކިޔާ ހުކުރު ޚުޠުބާ އިނގިރޭސިބަހާއި ބަންގާޅު ބަހަށް ތަރުޖަމާކުރަން ފަށައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، އިސްލާމްދީނަކީ ޢާލަމީ ރިސާލަތަކަށް ވުމާއެކު، ޚުޠުބާގައި އަންނަ މުހިންމު މަޢުލޫމާތު ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މުސްލިމުންނަށްވެސް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، މިއަދު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް ގެނެސް...
އަލީ އާދިލް
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެގޮތުން، ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މަޢުލޫމާތ...
އިބްރާހިމް އަސްވާޤް
މާލޭގެ ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށް ދަބަހާއި އޭގައި ހުރި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، މިއަދު 10:50 ހާއިރު މާލޭ މާފަންނުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ރަސްފަށްނަށް މޫދަށް އެރިއުޅުނު ބަޔެއްގެ ދަބަހެއް ވަގަށް ނެގި މައްސަލައެއްގެ މައުލުމާތު ލިބިފައިވާ ކަމަށެވެ. އެމީހުންގެ ދަބަސް ވަގަށް ނަގާފައި ވަނީ މޫދަށް އެރުމަށް ގަސްތައް ކައިރީ ދަބަސް ބާއްވާފައި އޮއްވައެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އެ ދަބަސް […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ޕްލާސްޓިކް ސާޖަރީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައި މި ޚިދުމަތްފެށި ފުރަތަމަ ފަހަރެވެ. ކޭއާރުއެޗުން ބުނިގޮތުގައި އެ ހޮސްޕިޓަލްގެ ފުނަ ވިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިއްޔެ ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އެ ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ ޢަލީ ކަމަށެވެ. މި ރަސްމިއްޔާތުގައި ކޭއާރުއެޗުއާއި އައިޖީއެމްއެޗްގެ އިސްވެރިން ވެސ...
ޔުމްނާ ޢަލީ
ޔޫކްރެއިން ސިފައިން ރަޝިއާގެ ސަރަހައްދަށް އަރައި ރަޝިއާ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފިއެވެ. ރަޝިއާގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރަޝިއާގެ ބޯޑަރުން 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވާ ކަމަށާއި، ރަޝިއާގެ ސިފައިން ޔޫކްރެއިންގެ ފައުޖުއާ ހަނގުރާމަ ކުރަމުންދާތާ ތިން ދުވަސް ވެއްޖެ ކަމަށް ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަދެފައިވަނީ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ އަސްކަ...
އަޙްމަދު ދާއޫދު
އޮލިމްޕިކްގެ ފިރިހެން ފުޓްބޯޅައިން މޮރޮކޯ ލޯ މެޑަލް ހޯދައިފިއެވެ. މިއީ އޮލިމްޕިކް މެޑަލްއެއް ފުޓްބޯޅަ އިވެންޓުން އެ ގައުމު ހޯދި ފުރަތަމަ ފަހަރެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މޮރޮކޯ ޓީމް ސެމީ ފައިނަލުން ކެޓީ 2-1 ގެ ނަތީޖާއިން ސްޕެއިން އަތުން ބަލިވެގެންނެވެ. ރޭ ތިންވަނަ ހޮވާ މެޗުގައި މޮރޮކޯ ބައްދަލުކުރީ ސެމީގެ ދެވަނަ މެޗުގައި ފްރާންސް އަތުން ބަލިވެ މުބާރާތުން ކެޓި އިޖިޕްޓާއެވެ. މެޗު 6-0 ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މޮރޮކޯއިން ވަނީ […]
އިބްރާހިމް ޚަލީލް
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާގެ މަގާމުގެ ހުވައި ނޮބެލް އިނާމު ހާސިލް ކުރައްވާފައިވާ އުމުރުފުޅުން 84 އަހަރުގެ މުހައްމަދު ޔޫނުސް ކުރައްވައިފިއެވެ. ޔޫނުސް މަގާމުގެ ހުވައި ކުރެއްވީ ވެރިރަށް ޑާކާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަގާމުގެ ޒިންމާ އިޚްލާސްތެރި ކަމާއެކު އަދާ ކުރައްވާނެ ކަމަށާއި، ބަންގްލަދޭޝްގެ ގާނޫނު އަސާސީ ނަގަހައްޓަވާނެ ކަމަށް ޔޫނުސް ވިދާޅުވިއެވެ. ޔޫނުސްގެ އެންމެ މުހިންމު މަސައްކަތްޕުޅަކަށް ވާނީ ބަންގްލަދޭ...
އަޙްމަދު ދާއޫދު
ގޫގުލްއިން ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ އެކުންފުނީގެ އެންމެފަހުގެ އިއަރބަޑްސް އާއެކު ތިބާގެ ކަންފަތަށްވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޯރުކޮށްދޭނެކަމަށް ރިޕޯޓެއްގައި ބުނެފިއެވެ. 9ޓު5 ގޫގުލްގެ އޭޕީކޭ އިންސައިޓްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން ގޫގުލްއިން އަންނަނިވި ދުވަސްތަކުގައި ޕިކްސެލް ބަޑްސް ޕްރޯ 2 ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މި އައު އިއަރބަޑްސްގައި އޭއައި ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. 9ޓު5ގޫގުލްގެ އޭޕީކޭ އިންސައިޓް އިން ހޯދާފައިވާ މަޢުލޫމާތުތ...
އަޙްމަދު ދާއޫދު
ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރ ޕެޕޭ ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ. އުމުރުން 41 އަހަރުގައި ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކޮށްފައިވަނީ އިއްޔެ ސޯސަލް މީޑިއާގައި އޭނާ ޕޯސްޓްކުރި ވީޑިއޯއެއް މެދުވެރިކޮށެވެ. މިދިޔަ މަހު ޖަރުމަނުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ޕެޕޭއަކީ، ޔޫރޯގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ. ޔޫރޯއިން ޕޯޗުގަލް ކެޓީ ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. އޭނާ ވަނީ ގައުމީ ޓީމަށް...
އިބްރާހިމް ޚަލީލް
މަރުކަޒީ ބޭން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. އެމްއެމްއޭގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކުރީ މި ހަފުތާގެ ކުރީ ކޮޅެވެ. ފަސް އެމްޑީން ހޯދަން ކުރި ޢިއުލާންގައި އެމްއެމްއޭއިން ބުނީ އެ އެމްޑީންގެ ގޮތުގައި އެ ބޭންކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން...
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަނުން 4 މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން އިއުލާން ކޮށްފައިވަނީ ށ.މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި، ހއ.ދިއްދޫ، ފުވައްމުލަށް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަމުންދާ އިންޖީނުގެތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށެވެ. ފެނަކައިން އިއުލާނުކުރި 4 މަޝްރޫއަކީ ވެސް މިދިޔަ މެނޭޖްމަންޓުން އިންހައުސްކޮށް ނުވަތަ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެވެ. ފެނަކައިން ބުނީ އިންހައުސްކޮށް ތަކެތި ކ...
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަޝްރޫޢުއެއް ހިންގަން ދިވެހި ސަރުކާރާއި އެމެރިކާގެ ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ އިދާރާ (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކަށް މަގުފަހިކުރުމަށްޓަކައި، ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު، ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގ...
ޔުމްނާ ޢަލީ
އާސަންދަ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކުއާޓަރުގައި ބޭސްފަރުވާއަށް 823 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަަމަށް އެ ކުންފުނިން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކައިފިއެވެ. އާސަންދައިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި އެ ކުންފުނިން ބަލަހައްޓާ އާސަންދަ ސްކީމްގެ ދެވަނަ ކްއާޓަރު (1 އޭޕްރިލް 2024 އިން 30 ޖޫން 2024)ގައި ޖުމްލަ 823 މިލިއަން ދިވެހި ރުފިޔާ ވަނީ ބޭސްފަރުވާއަށް ޚަރަދުކޮށްފައެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު […]
ޔުމްނާ ޢަލީ
ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރި މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެމީހާ އަކީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ގޮސް ހުރި ދިވެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޑޮމެސްޓިކް ޓާމިނަލް ތެރެއިންނެވެ. ރޭގައި ހައްޔަރުކުރި މި މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ. ”އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމްހުރި” ފުލުހުން ބުނެފަވެއެވެ....
ޔުމްނާ ޢަލީ
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލު ހުއްޓުވޭނީ ދުނިޔޭގެ އެއްވެސް ޤައުމެއް އިސްތިސްނާކުރުމެއްނެތި ހުރިހާ ޤައުމެއްގެ މައްޗަށް ބައިނަލްއަޤްވާމީޤާނޫނު ހިންގިގެން ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި އިއްޔެ ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން އުސޫލެއް ހަމަޖައްސާފައިވާއިރު، ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފިއެވެ. މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ރ...
ޔުމްނާ ޢަލީ
މީހަކު ފެންވަރަން ހުއްޓާ ގެއަށް ވަދެ, އޭނާއަށް ވަޅިން ހަމަލާ ދިން މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފިރިހެނަކު ފެންވަރަން ހުއްޓާ އެގެއަށް ވަދެ, ގަދަކަމުން އޭނާ ފަހާނާއިން ނެރުމަށްފަހު ވަޅިން ހަމަލާދިނީ އޭނާގެ ބުރަކަށްޓަށެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ މ ގޯލްޑަންލީފް އަހުމަދު ނަބީލްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާ އެކަމަށް އިންކާރުކުރި ނަމަވެސް ހެކިންގެ […]
ހުސައިން ހަބީބް