ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެތެރެއާ ބޭރު ފާރުގެ މޭސަނަރީގެ މަސައްކަތެވެ. އެގޮތުން، ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން މިހާރު ކުރިއަށްދަނީ އެތެރެ ފާރުގެ މޭސަނަރީ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ […...
އަޙްމަދު ވަހީދު
ރެއާލް ސޮސިއެޑާޑްއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑިން މިޑްފީލްޑަރ މާޓިން ޒުބިމެންޑީ ހޯދަން ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމުގައި ވެސް ހިމެނޭ، އުމުރުން 25 އަހަރުގެ ޒުބިމެންޑީ ގިނަބައެއްގެ ލޮލުގައި އަޅައިގަތީ، މުބާރާތުގެ ފައިނަލް މެޗުގައި އެ ޓީމްގެ ރޮޑްރީ އަށް އަނިޔާވުމާއި ގުޅިގެން ފަހު ހާފުގައި ކުޅެން ނުކުމެ ސްޕެއިންގެ މެދުތެރޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ނިމިދިޔަ ސީޒަނަށް ފަހު […]
އިބްރާހިމް ޚަލީލް
ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 76 އިންސައްތަ ވަނީ ނިމިފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ 75 އިންސައްތަވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް...
އަޙްމަދު ވަހީދު
ސެމްސަންގުން އެ ކުންފުނީގެ މޯބައިލް ޑިވައިސްތަކުގައި ސެކިއުރިޓީ މައްސަލަތައް ހޯދައިދޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް އައު ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. މި ޕްރޮގްރާމުގެ ދަށުން ސެމްސަންގުގެ ސޮފްޓްވެއަރތަކުގައި ހުރި ސެކިއުރިޓީ މައްސަލަތައް ހޯދައިދޭ ފަރާތްތަކަށް އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ. “އިމްޕޯޓަންޓް ސެނާރިއޯ ވަލްނަރަބިލިޓީ ޕްރޮގްރާމް (އައިއެސްވީޕީ)” ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ޕްރޮގްރާމުގެ ދަށުން، ޑިވައިސް އަންލޮކްކުރުމާއި، ޑޭޓާ ނެގުމާއި، ޑ...
އަޙްމަދު ދާއޫދު
އިރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބައިނަލްއަޤްވާމީ މާހިރުން ވަނީ ވިދާޅުވެފައެވެ. މިގޮތުން ލެބަނަންގެ ހަކަތައާ ބެހޭ ޕޮލިސީ ދިރާސާކުރައްވާ މާކް އައޫބް އަދި ބައިނަރީ އިކޮނޮމިކްސްގެ ޕްރޮފެސަރ ރޮޑްނީ ޝޭކްސްޕިއަރ ވިދާޅުވި ގޮތުގައި މިފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ތެލުގެ އަގު ބެރެލަކަށް 150 ޑޮލަރަށް އަރާފާނެއެވެ. ޚާއްޞަކޮށް އިރާނުން ހޯމުޒް ހަނިކަނޑު ބަންދުކޮށްފިނަމަ މިކަން ދިމާވެދާނެއެވެ. މި ހަނިކަނޑުން ދުވާލަކު 17 މިލި...
އަޙްމަދު ދާއޫދު
އެމެރިކާގެ ޓެކްސާސްގައި ހުންނަ އެލް ޕާސޯ އިންޑިޕެންޑެންޓް ސްކޫލް ޑިސްޓްރިކްޓްގެ ޗާލްސް މިޑްލް ސްކޫލުން ދަރިވަރުންނަށް ކަޅު ހެދުން ލުން މަނާކޮށްފިއެވެ. މިގޮތަށް ނިންމީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށެވެ. ސްކޫލުގެ ޕްރިންސިޕަލް ނިކް ޑިސަންޓިސް ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކަޅު ޓޮޕާއި ކަޅު ބޮޓަމް ލައިގެން އުޅުމުގެ “ލުކް” އެއް ސްކޫލުގައި ފެތުރެމުންދާ ކަމަށެވެ. އަދި މި “ލުކް” އަކީ އުފާވެރި އަދި ދުޅަހެޔޮ ކުދިންނާ ގުޅުވުމުގެ ބަދަލުގައި ޑިޕްރެޝަންއާއި ނަފްސާނީ މައްސަ...
އަޙްމަދު ދާއޫދު
ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާއާއ ރޮޑްރީ އެއް މެޗަށް ސަސްޕެންޑް ކޮށްފިއެވެ. ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާއިން މި ދެ ކުޅުންތެރިން ސަސްޕެންޑް ކޮށްފައި ވަނީ، ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު މެޑްރިޑްގައި ކުރިއަށް ގެންދިޔަ އުފާފާޅު ކުރުމުގެ ރެލީގައި، ސްޕެއިންގެ ދެކުނު ބޯޑަރުގައި އޮންނަ ޖިބްރާލްޓާއަކީ ސްޕެއިންގެ ތަނެއްކަމަށް ބުނެ އަޑު އުފުލުމާއި ގުޅިގެންނެވެ. މި ވީޑިއޯ ސޯސަލް މީޑިއާގައި ވައިރަލްވުމާއި ގުޅިގެން މި މައްސަލަ […]
އިބްރާހިމް ޚަލީލް
ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެކަމަށާއި، އެކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އީރާނުގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީ ވިދާޅުވެއްޖެއެވެ. މޫސާވީ މި ވާހަކަ ދެއްކެވީ ހަމާސްގެ ވެރިޔާގެ މަގާމަށް ޔަހްޔާ ސިންވާރް އައްޔަން ކުރުމާ ގުޅޭ ގޮތުން ދެއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ “ޔަހޫދީ ދައުލަތައް ވަރަށް އަވަހަށް ގަދަފަދަ ރައްދެއް ދޭތަން ފެނިގެންދާނެ، […]
އަޙްމަދު ދާއޫދު
ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ހަ ތަނެއް ބަންދުކޮށް އެތަންތާގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. އިމިގްރޭޝަނުން މިރޭ ބުނީ، ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން މިއަދު ރެއިޑެއް ކުރިއަށް ކުރިއަށް ގެންދިޔަ ކަމަށެވެ. މި ރެއިޑުގައި ބޯކޮށާ 06 ތަނެއް ބަލާ ފާސްކޮށްފައިވާއިރު، މީގެތެރެއިން 04 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެތަންތަނުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަން ބ...
ޔުމްނާ ޢަލީ
މަތީ ތަޢުލޫމުދޭ މަރުކަޒުތަކުން އިސްތިހާރުކުރާ ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދައޮތް ކޯހެއްކަން ކަށަވަރުކުރުމަށް އެތަނުން އިލްތިމާސްކޮށްފިއެވެ. އެމްކިއުއޭއިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް އެކިއެކި ސޯޝަލް މީޑިއާ ތަކުގައި އިސްތިޙާރު ކުރަމުން ކަމަށެވެ. އެހެންކަމުން ކިޔަވާ ދަރިވަރުން އެއިން ތަނަކުން ހިންގާ ޕްރޮގްރާމަކަ...
ޔުމްނާ ޢަލީ
ލޭބަރ ރިލޭޝަން އޮތޯރިޓީ އަކީ ދާޚިލީ ވުޒާރާގެ ދަށުން ހިންގާތަނެއްގެ ގޮތުގައި މިއަދު ހަމަޖައްސައިފިއެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާއެކެވެ. އެތަނާއި މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކަށް ޢަމަލުކުރޭތޯ ބަލައި އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު އެ މުއައްސަސާ ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވު...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީ ގައި ހުންނަ ޖަލާލުއްދީން ސުކޫލުގެ ކޮންމެ މުދައްރިސަކަށް އަމިއްލަ ކެބިނެއް ހަމަޖައްސައި ސްޓާފްރޫމް ތަރައްޤީކޮށްލައިފި އެވެ. އެސުކޫލުން މީސްމީޑިޔާގައި އައު ސްޓާފއރޫމްގެ ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވަނީ، ކުރީގެ ސްޓާފްރޫމްގައި ޖާގައިގެ ދަތިކަން ހުރި ދުވަސްތައް މިހާރު ވަނީ ނިމުމަކަށް އައިސްފައިކަމަށާއި މި ސްޓަފްރޫމަށް ލިބުނު ތަރައްޤީއަކީ ވަރަށް މުހިންމު ކުރިއެރުމެއްކަމަށެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުދައްރިސުންނަށް ދަރިވަރުންގެ ސިކުނޑިތައް ބިނާކުރުމަށާއި އިލްހާމު ދ...
އަލީ އާދިލް
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއްކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިފަދައިން ވިދާޅުވީ، ކާކުކަން ނޭނގޭގޮތަށް އެކްސްގައި ހަސަން ކުރުސީ ކިޔާ އެކައުންޓަކުން ވަޒީރު ޝަހީމްގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ޑރ ޝަހީމް ކަމަށް ބުނެ ތަފާތު ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އެ އެކައުންޓުން ވަނީ ވަޒީރު ޝަހީމްގެ ޕީއެޗްޑީއާ...
އަލީ އާދިލް
ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފި އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އެ މައްސަލަތައް މިހާރު ދަނީ ތަޙުޤީޤުކުރަމުން ކަމަށެވެ. ކިންގްސްޓޮންއިން ސައިކަލު ގެނެސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ޑައުންޕޭމަންޓާއި ފުލް ޕޭމަންޓްގެ ގޮތުގައި ނަގާފައިވާ ކަމަށް ތުހ...
އަލީ އާދިލް
ފަންގި ގަންނަން އަންނަ ދޯނި ހެނދުނު 09:15 ގައި ހަނިމާދޫ ބަނދަރައް ވަންނާނެ ކަމަށް، ރަށު ކޮމިއުނިޓީ ވައިބާ ގުރޫޕެއްގައި ޖަހާފައި އޮތްތަން ފެނުމުން، މިކަން ހިނގާ ނުހިނގާ ގޮތް ބަލައިލާން ހިތުލައިގެން އެތަނަށް ނުކުތީ، މި މަސައްކަތަކީ ވެސް ރަށުގެ ގިނަބަޔަކު އާމްދަނީ ހޯދަން ކޮށްއުޅޭ މުހިންމު މަސައްކަތެއްކަން އިހުސާސްވާތީއެވެ. އަދި މި މަސައްކަތްކުރާ މީހަކާއި އެތަނުން ބައްދަލުކޮށް ވާހަކަ ދައްކާލައި މަންޒަރު ހަމަލޮލުން ދެކިލާށެވެ. ދޯނި ބަނދަރު ކުރާނެކަމަށް ބުނެފައިވާ ގަޑިއަށްވުރެ ބައި ގަޑިއެއްހާއިރު […]
އިބްރާހިމް ޚަލީލް
މާލޭގައި ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ދަށު ކޯޓުން ސަލާމަތްވި މައްސަލަ ފަސް މަސް މަހުން ހައި ކޯޓުން މިއަދު ފަށައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. […]
ހުސައިން ހަބީބް
އެމެރިކާގެ ޤައުމީ ދަރަނި 35 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ އެމެރިކާގެ ޤައުމީ ދަރަނި ތާރީޚުގައި ވެސް 35 ޓްރިލިއަން ޑޮލަރު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެއެވެ. ޓްރެޜަރީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ކޮންމެ މީހަކަށް 104،000 ޑޮލަރަށްވުރެ ގިނަ އަދަދެކެވެ. އަދި ކޮންމެ ގޭބީސީއަކަށް 266،000 ޑޮލަރަށްވުރެ ގިނަ އަދަދެކެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު ނިމުނުއިރު، އެމެރިކާގެ ޖުމްލަ ދަރަނި 35،001،278،179،208.67 ޑޮލަރަ...
އަޙްމަދު ދާއޫދު
އެކިއެކި ބޭނުންތަކަށް އެކި ފަރާތްތަކުން ފޮނުވާފައިވާ 10،000 އަށްވުރެ ގިނަ ސެޓެލައިޓް މިހާރު ޖައްވުގައި ދަތުރުކުރަމުންދާކަމަށް ދިރާސާކުރާ ކުންފުންޏަކުން ބުނެފިއެވެ. ލުކް އަޕް ސްޕޭސް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ސްޕޭސްގައި ދަތުރުކުރަމުންދާ ސެޓެލައިޓްތަކުގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ ފުރަތަމަ ފަހަރަށް މިހާ ގިނަ އަދަދެއްގެ ސެޓެލައިޓް ޖައްވުގައި ދަތުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ދިރާސާކަމަށް ބެލެވެއެވެ. މި ސެޓެލައިޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ހިއްސ...
އަޙްމަދު ދާއޫދު