ދުނިޔަވީ ޙަޔާތުގައި އިންސާނުން އެކި ބާވަތުގެ މަސައްކަތްތަކުގައި ނިމިގެންވެއެވެ. މި މަސައްކަތްތައް ކުރުމުގައި، އޭގެ ނަތީޖާއާމެދު ފުންކޮށް ވިސްނައި ފިކުރުކުރެއެވެ. އެއީ އެކަމުގެ ސަބަބުން ލިބިދާނެ މަންފާއާއި ގެއްލުމުގެ މައްޗަށް ރިޢާޔަތްކޮށް، އެންމެ ފައިދާހުރި ގޮތް އިޚްތިޔާރުކޮށް، ގެއްލުންހުރި މަގުން ދުރުހެލިވުމަށްޓަކައެވެ. ޝައްކެއްނެތް ގޮތުގައި، ކައްވަޅަކީ އެންމެ ބޮޑަށް ރައްކާތެރިވުން ޙައްޤުވެގެންވާ ތަނެވެ. އެހެނީ އެއީ އާޚިރަތުގެ އެންމެ ފުރަތަމަ މަރުޙަލާ ކަމުގައިވާތީއެވެ. ކައްވަޅުން ސަލާމަތްވެއްޖެނ...
Thiladhun
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު އެ އަތޮޅު ކެލާގައި ބޭއްވުމަށް، ކެލާ ކައުންސިލާއި އަތޮޅު ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މުބާރާތް ހޯސްޓް ކުރާރަށަކުން މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. މި މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ ނަސްރުގެ ދުވަސް ކަމުގައިވާ ނޮވެންބަރު 3 ވަނަ ދުވަހުއެވެ. މިއީ ހއ.އަތޮޅު ކައުންސިލު...
އިބްރާހިމް ޚަލީލް
ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމް “ގޫގުލް އެސިސްޓަންޓް” އަލްވަދާއުކިޔައި އޭގެ ބަދަލުގައި “ޖެމިނައި ލައިވް” އަށް މަރުޙަބާ ކިޔައި އެ ފީޗާ ތަޢާރަފުކުރަން ނިންމައިފިއެވެ. މި ބަދަލާއެކު، ކުރިން ގޫގުލް އެސިސްޓަންޓް މެދުވެރިކޮށް ލިބެމުންދިޔަ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ޖެމިނައި ލައިވް މެދުވެރިކޮށް ފޯރުކޮށްދޭން ފަށާނެއެވެ. ޕިކްސެލް ފޯނުތަކުގެ އައު ސީރީޒްއާއެކު ތަޢާރަފުކުރި މި އައު ސިސްޓަމްގައި، ކަނާތްފަރާތު ބަޓަނަށް ފިތާލައިގެން އިރުކޮޅަކ...
އަޙްމަދު ދާއޫދު
ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ 100000 (އެއްލައްކަ) ރުފިޔާގެ ފަންޑް، ދޫކުރާ ތިން ޖަމިއްޔާ ހޮވައިފިއެވެ. ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅު ކައުންސިލުން ހުޅުވާލާފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު، ފަންޑް ދޫކުރާނެ ތިން ޕްރޮޖެކްޓް އަތޮޅު ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެ ތިން ޕްރޮޖެކްޓަކީ ތާނަ އައިލެންޑް […]
އިބްރާހިމް ޚަލީލް
އެމެރިކާއިން އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން މިހުއްދަ ދީފައި މިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ގަވާއިދުތަކަށް އިސްރާއީލުން ގޮންޖަހަމުންދާކަމުގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ބުނި ގޮތުގައި ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަން މި ހަތިޔާރު ވިއްކުމަށް ހުއްދަ ދެއްވާފައިވެއެވ...
އަޙްމަދު ދާއޫދު
ޔޫކްރެއިނުން ރަޝިއާގެ ކުރުސްކް ސަރަހައްދަށް އަރައި ހަމަލާދިނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އެ ޖަމާއަތުގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެއްޖެއެވެ. އީޔޫގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެފައިވަނީ ރަޝިޔާގެ ކުރުސްކް ސަރަހައްދަށް ޔޫކްރެއިނުން ދިން ހަމަލާއަށް އީޔޫގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށެވެ. މިއީ ޔޫކްރެއިނުން އެ ސަރަހައްދަށް ދިން ހަމަލާއާ ގުޅޭގޮތުން އޭނާ ދެއްވި ފުރަތަމަ ބަޔާނެވެ. ފާއިތުވި އަންގާރަ ދުވަހު ޔޫކް...
އަޙްމަދު ދާއޫދު
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ ޓާސްކްފޯހެއް އުފައްދަވައިފިއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަކީ މި ޓާސްކްފޯސް އުފެއްދުމުގެ މައިގަނޑު މަގުސަދެވެ. މި ޓާ...
އިބްރާހިމް ޚަލީލް
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތިލަދުންމަތީގައި ހިމެނޭ އެންމެ އުތުރުގެ ދެ އަތޮޅުކަމަށްވާ ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. މިގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މިރޭ 7:00 އާއި ހަމައަށް މި ދެ އަތޮޅުގެ 16 ރަށަކުން ގެއްލުންތައް ވެގެން ރިޕޯޓުކޮށްފައިވެއެވެ. ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫ، ހޯރަފުށި، ބާރަށް، އުލިގަމް،...
ޔުމްނާ ޢަލީ
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓް 2024) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ހީނާ އިތުރަށް ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި...
އިބްރާހިމް ޚަލީލް
ދިމާވާ އެކިއެކި ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދި ތިބާ ގުޅަންޖެހޭ ނަންބަރުތައް އިނގިފައި އޮތުމަކީ މުހިންމުކަމެކެވެ. އެ ދިމާވާކަމެއް ސިއްހާ ކުއްލި ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ގުޅަންވީ އެމްބިއުލާންސްގެ ނަންބަރުތައް އެނގިފައި ހުރުމަކީ ހާލަތަށް ތައްޔާރުވެ ހުރުމެވެ. އެފަދަ އެތައް ހާލަތެއް ދިރިއުޅުމުގައި ކުރިމަތިވެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ މުއައްސަސާއެެއްގެ އެހީތެރިކަމަށް އެދެންޖެހޭ ހާލަތެއްގައި އެފަދަ ނަންބަރުތައް ކޮންޓެކްޓް ލިސްޓުގައި އޮތުމަކީ އެހާލ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ޝާމީމް ވަކިކޮށްދޭން އެދި މެންބަރު ޝާހިދު ފޮނުއްވި ސިޓީ މިއަދު އޮތް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ އިއްވާފައެވެ. އެއީ ޝަމީމް ޢަމަލުކުރައްވަނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައް...
ޔުމްނާ ޢަލީ
ރާއްޖޭގެ ތާރީޚުގައި ވެސް ތެލެސީމިޔާއަށް އެންމެ އިސްކަމެއްދީފައި ވަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ތެލެސީމިޔާގެ ހި...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ފަށާ މަޝްރޫއު ނިމުމުން، މާލޭ އަށް ކުރިމަތިވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލެއަށް ބޯ ކެރިވެހި ބޮޑުބަޔެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކ...
ޔުމްނާ ޢަލީ
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވުމާއެކު، މޫސުމާއި ގުޅިގެން އެމްޓީސީގެ ފެރީ އޮޕަރޭޓްކުރާ ބައެއް ރޫޓްތަކުގެ ދަތުރުތައް ކެންސަލް ކުރަންޖެހުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހި، ވިލާގަނޑުގައި 45 މޭލާއި ހަމައަށް ވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ދަންމާލުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމައިފިއެވެ. މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 އަށެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައްޓަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބުއްރަޙީމް ޢަބުދުﷲ ވަނީ އެކަން ފާހަގަކުރައްވައި ދައުރ...
ޙުސައިން ޝަހުދީ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރިއަށްދިޔަ އިންޓަވިއު ހުއްޓުމަކަށް އައީ ޑީޑޯސް ހަމަލާއެއްގެ ސަބަބުންކަމަށް އެކްސްގެ ވެރިޔާ އެލޮން މަސްކް ބުނެފިއެވެ. އެމެރިކާގެ އިރުމަތީ ގަޑިން ރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި އިންޓަވިއު ފެށުމަށްފަހު ކުރިއަށް ނުދެވުމާ ގުޅިގެން، މަސްކް ވަނީ އެކްސްގައި މެސެޖެއް ޕޯސްޓްކޮށްފައެވެ. މި މެސެޖުގައި އޭނާ ބުނެފައި އެކްސްއަށް ބޮޑު ޑީޑޯސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަމަލާ […]
އަޙްމަދު ދާއޫދު
މާލީގޮތުން ވެއްޓިފައިވާ އަނދަވަޅުން ކުންފުނި ސަލާމަތް ކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތަކެއް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން ބުނީ އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޚިދުމަތް ދިނުމުގައި ޚަރަދު ކުޑަ ގިނަ އުޞޫލުތަކެއް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވަ ކަމަށެވެ. ޚަރަދުކުޑަކުރުމަށް ފެނަކައިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް މާލީގޮތުން ކުންފުނި އަމާން އައްސޭރިއަކަށް ގެންދިޔުމަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ތެރޭގައި، މީގެ ކުރިން ނުއަގުގައ...
ޔުމްނާ ޢަލީ
މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައި ހުޅަނގުގެ ބޮޑެތި ބާރުތަކުން ބަޔާނެއް ނެރެއްފިއެވެ. މެދުއިރުމަތީގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހަމަޖެހުމަށް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ގުޅިގެންނެވެ. މި ބަޔާނުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ރަހީނުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމަ ތާއީދު އޮތްކަން ފާހަގަކޮށްފައިވެއެވެ. މި ބަޔާނުގައި، އެމެރިކާގެ ރައީސ...
އަޙްމަދު ދާއޫދު