ކިތަންމެ މޮޅު ޢިލްމަކާއި ތަޢުލީމެއް ލިބިފައި ހުއްޓަސް އެޢިލްމު އެހެންމީހުންނަށް އެނގޭނޭ ގޮތަށް ސާފުވާނޭހެން ބުނެދޭން ނޭނގޭ މީހެކޭ ފޮތް އަރުވާ ބަރާކޮށްފައިވާ ލޮރީއެކޭ އޮތީ ކޮން ތަފާތެއްހެއްޔެވެ؟ އެލޮރީގައި ބަރާކޮށްފައި އެހުރީ ލައްކަ މަޢުލޫމާތެވެ. ނަމަވެސް އެއިން ފޮތަކުން މަޢުލޫމާތެއް އެހެން މީހަކަށް ފަހުމުވާނޭހެން ބުނެދޭން ނޭނގުމުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން، ތިމާއަށް ލިބިފައިވާ ޢިލްމަކާއި ހުނަރެއް އެހެންމީހުންނަށް ބުނެދިނުމަށްވެސް ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރުމަކީ ވ...
Thiladhun
ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޖަހަންގިރް އާލަމް އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ އެ މީހާ ސައިކަލުގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ އެ ވައްކަން ކުރިކަމަށް ބެލެވޭ ހެކި […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފިއެވެ. މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަން ޖެހުނީ މި އަހަރުގެ ޖުލައި މަހު 13 ވަނަ ދުވަހު އެ ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޒަމީރު ނިޔާވުމާއި ގުޅިގެން އެ މަގާމު ހުސްވުމުންނެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު، މި މަގާމަށް ތިން ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ […]
އިބްރާހިމް ޚަލީލް
އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށް އެމެރިކާގެ އެފްޑީއޭގެ ހުއްދަ ލިބިއްޖެއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުރާސްފަތި ދުވަހު ހުއްދަ ދީފައިވަނީ އެޕަލްގެ އެއަރޕޮޑްސް ޕްރޯ ހެޑްފޯނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އޯވަރ-ދަ-ކައުންޓަރ ހިއަރިންގ އެއިޑް ސޮފްޓްވެއަރއަށެވެ. މިދިޔަ ހަފްތާގައި އެޕަލްއިން ބުނެފައިވަނީ އެއަރޕޮޑްސް ޕްރޯ 2 މިހާރު “ބަދަލުކުރެވިދާނެ” ކަމަށާއި، އަންނަން އޮތް ސޮފްޓްވެއަރ އަޕްޑޭޓެއްގެ ޒަރީއާއިން ޕަރސަނަލައިޒްޑް ހިއަރިނ...
އަޙްމަދު ދާއޫދު
ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ދިޔަކަމަށެވެ. އެތަނަށް ގޮސް ން އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ފުލުހުން އެންގުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލަށްޕައި ތަޅުލާފައިވާކަމަށް ފުލުހުން ބުންޏެވެ. ”އަނެއްކާވެސް އަންހެން...
ޔުމްނާ ޢަލީ
ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒަށް ޒިޔާރަތްކުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މިއީ މި މަރުކަޒުގެ ފޮޓޯތައް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރެވެ. ޕްޔޮންގްޔަންގްގެ ސަރުކާރު ހިންގާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި ކިމް ޖޮންގް އުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާ […]
އަޙްމަދު ދާއޫދު
ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ހޯދައިދީފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެ ޓީމަށް މަރުޙަބާ ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒް މެޑަލް ޙާޞިލްކޮށްފައި ވަނީ އަންހެން...
ޔުމްނާ ޢަލީ
ކޮމޯރޯސްގެ ރައީސް އަޒާލީ އަސޫމާނީއަށް ތޫނު އެއްޗަކުން ހަމަލާއެއް ދީފިއެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ އަހަމަދާ ވިދާޅުވިގޮތުގައި މިހަމަލާގައި ރައީސަށް ލިބިވަޑައިގެންފައިވަނީ ކުދިކުދި އަނިޔާތަކެކެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންދުރުފަހު 2 ޖަހާ އެހާކަށް ހާއިރު، ވެރިރަށް މޮރޯނީގެ އުތުރުގައިވާ ސަލީމާނީ އިޓްސަންދްރާ ރަށުގައި ބޭއްވުނު އެ ގައުމުގެ އިސް ޝައިޚެއްގެ ޖަނާޒާއެއްގައެވެ. މި ހަމަލާއާ ގުޅިގެން އުމުރުން 20 އަހަރުގެ ކުރީގެ ފުލުހެއް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫހަކުން މަ...
އަޙްމަދު ދާއޫދު
ގދ. ތިނަދޫ ސިޓީއަށް އައު ފެން ޕްލާންޓެއް ހޯދުމުގައި ޢަމަލުކޮށްފައިވާނީ ކުންފުނީގެ އުސޫލުގެ ތެރެއިން އިޖުރާޢަތްތައް ފުރިހަމަކޮށްގެން ކަމަށާއި، އެކަމާއި ގުޅިގެން ފަތުރަނީ އަސްލެއް ނެތް ދޮގެއްކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، އަވަސް އަރުވާލައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށެވެ. އަދި އެއީ އެކުންފުނީގެ މެނޭޖްމަންޓާއި މެދު ވަކި ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ދޮގު މަ...
ޔުމްނާ ޢަލީ
މިއީ، އޭރުގެ ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާއި، އިންސާނީ ވަސީލަތާއި، ރައްޔިތުންގެ ހޭލުންތެރިކަމާއި، ޖޯގުރަފީއާއި ރާއްޖެތެރޭގައި ތަޢުލީމު އޮތް ދެރަވަރުކަމަށް ބަލާއިރު ފަސޭހަ ދަތުރެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ އަދުގެ ތަޢުލީމީ ނާ ވަރަށް ދުރަށް ދަތުރުކޮށްފިއެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ މި ދަތުރުގެ ބައިވެރިއެކެވެ. މީލާދީން 1970 ގެ އަހަރުތައް ފެށުނުއިރު މާލޭގައި ހުރީ ސަރުކާރުގެ އެންމެ ތިން މަދަރުސާއެވެ. ރާއްޖެތެރޭގައި ސަރުކާރުގެ އެންމެ މަދަރުސާއެއް ވެސް ނެތެވެ. އަޅުގަނޑު މި ދަންނަވާ ނާގެ ފަ...
ޢަބްދުﷲ ސަޢީދު
ނ. ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދޮޅުކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދުކޮށްފި އެވެ. ފުލުހުންގެ މަޢުލޫމާތު ދިނުމުގައިވާ ގޮތުން، ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި، ވެލިދޫގެ ބައެއް ގެތައް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް...
އަލީ އާދިލް
ހަށިގަނޑު އެތެރޭގައި ފޮރުވައިގެން އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު، ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައް...
އަލީ އާދިލް
މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ތަޢުލީމީ ދާއިރާގައި މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހު ފެށޭނެކަމަށް އުންމީދުކުރަށްވާކަމަށް ވަޒީރު ޝަފީޢު ވިދާޅުވީ، އިއްޔެ ބޭއްވުނު މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކާ...
ޔުމްނާ ޢަލީ
ހދ.ކުޅުދުއްފުށީ ސިޓީގެ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. މި ޕްލެޓްފޯމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އީ.އައި.އޭ ރިޕޯޓާއި ސްޓްރަކްޗަރަލް ޑްރޯވިންސެޓް ތައްޔާރުކުރުމާއި ހަޓް އަދި ވޯކްވޭގެ ޑެކިން މެޓީރިއަލްސްގެ ތެރެއިން 90 އިންސައްތަ ފޯރުކޮށްދީފައިވަނީ ޒިގްޒެގް ފޯ ޔޫތް ލިންކ...
ޔުމްނާ ޢަލީ
ޗައިނާގެ ޕީޕަލްސް ބޭންކާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އާއި ދެމެދު ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކް ޤާއިމްކުރުމަށް ފަހުމުނާމާއެއް ސޮއިކޮށްފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އިން ބުނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވިޝަނަރީ ލީޑަރޝިޕް ގެ ދަށުން ޤާއިމުކުރެވުނު ފަހުމުނާމާއެއް ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އަމާޒުކޮށްގެން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށާއި، އަދި މި ފްރޭމްވޯކް ޤާއިމ...
ޔުމްނާ ޢަލީ
މާލޭގެ ހެންވޭރު ގެއަކުން ވަގަށްނެގި ތަކެތި ހޯދައި، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިދިޔަ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގައި، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައެވެ. މީގެ […]
ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން އެ މެޗުން ނެއްލައިދޫ ބަލިވީކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފިއެވެ. އިއްޔެގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ހިރަފުސް ޓީމުން ފޮނުވާލި ހަމަލާއެއް ނެއްލައިދޫގެ އޭރިއާތެރެއިން އެ ޓީމްގެ […]
އިބްރާހިމް ޚަލީލް
އެމްޕޮކްސް ރެސްޕޮންސަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް ހުޅަނގުގެ ގައުމުތަކަށް އެފްރިކާ ސީޑީސީން އިލްތިމާސްކޮށްފިއެވެ. އެފްރިކާ ޔޫނިއަންގެ ސިއްޙީ އިދާރާގެ އިސްވެރިޔާ ވަނީ ކޮވިޑް-19 ބަލިމަޑުކަމުން ފިލާވަޅު ލިބިގަނެ، މިހާރު ފެތުރެމުންދާ އެމްޕޮކްސް ބަލީގައި އެފްރިކާ އެކަނި ދޫކޮށްނުލުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޖީން ކަސެޔާ ވިދާޅުވި ގޮތުގައި، އެފްރިކާ ސީޑީސީއާއި ދުނިޔޭގެ ސިއްޙަތު ޖ...
އަޙްމަދު ދާއޫދު