މެކްސިކޯގެ ޖުޑިޝަރީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލަކާ ގުޅިގެން އެ އެކަމާދެކޮޅަށް ހަޅުތާލުކުރި އެތައްސަތޭކަ ބަޔަކު އެ ގައުމުގެ ސެނެޓަށް ވަދެ، ބަހުސް ހުއްޓުވާލައިފިއެވެ. އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ސެނެޓުގެ ސެކިއުރިޓީ ފަހަނައަޅާ ގޮސް، ސެނެޓުގެ މަޖިލިސް ކޮޓަރިއަށް ވަދެފައެވެ. ހަޅުތާލުކުރާ ފަރާތްތަކުން ވަނީ ގައުމީ ސަލާމް ކިޔަމުން، މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށް މަޖުބޫރުކޮށްފައެވެ. މި ބިލަކީ ރައީސް އެންޑްރޭސް މެނުއެލް ލޯޕެޒް އޮބްރަޑޯ ކުރިއަށް ގެންދަވާ އި...
އަޙްމަދު ދާއޫދު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ގެ މަގާމަށް އަހްމަދު ފާއިޒް ހަސަން ޢައްޔަނުކޮށްފިއެވެ. ކޭއާރުއެޗުން މިރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އަހްމަދު ފާއިޒް ހަސަން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ. އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އަހްމަދު ފާއިޒް ހަސަން ހުންނެވީ ކޭއާރުއެޗްގެ އިދާރީ މަގާމެއްގައެވެ. ޑެޕިއުޓީ ސީއީއޯއާއެކު ކޭއާރުއެޗުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަ...
ޔުމްނާ ޢަލީ
މީހެއްގެ ޖީބުން މަގުމައްޗަށް ވެއްޓުނު 17000ރ. ފުލުހުންގެ މަސައްކަތުން ހޯދައިދީފިއެވެ. ފުލުހުން ބުނީ މީހެއްގެ ޖީބުން 17000ރ މަގުމައްޗަށް ވެއްޓި، ގެއްލިފައިވާކަމަށް މި މަހުގެ 9 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެ ފައިސާތައް ހޯދުމަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖްތައް ބަލާފައެވެ. އަދި އެ ފައިސާތައް މަގުމަތިން ނެގި މީހާ ފުލުހުން ވަނީ ދެނެގަނެފައެވެ. ގަލޮޅު ފުލުހުންގެ މަސައްކަތުން މަގުމަތިން އެ ފައިސާތައް ނެގި އެމީހާ ދަނެގަނެ، މިރޭގެ ވަގުތެއްގައި […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފުގެ ނަންފުޅު، ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިރޭ ފޮނުވައިފިއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، މިރޭ ވަނީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައެވެ. ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރަށްވައި، ދައުރުން ބޭރު...
ޔުމްނާ ޢަލީ
ހދ.ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ފުލުހުން މިރޭ ބުނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދު ހެނދުނު ގާތްގަނޑަކަށް 08:25 ހާއިރު އެ ރަށު އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން (36) އެވެ. ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި […]
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން މިރޭ ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ސުކޫތެއް ގެނެސްފިއެވެ. މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ މަޖިލީހުގެ 50 މެންބަރަކު ސޮއިކުރަށްވައި، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން އެދިވަޑައިގަތުމުން މަޖިލީހުގެ ގަވާއިދުގެ ދަށުން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާފެށުމުގައި ރިޔާސަތުން ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވަނީ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ މިއަދު އަވަހާރަވެފައިވާތީ، ޢަބްދުލްޢަޒީޒް ޢަބްދުﷲ އަށ...
ޔުމްނާ ޢަލީ
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ޢިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއްކަމަށް ސަރުކާރުން ބުނެފިއެވެ. އޮންލައިން ނޫހެއްގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ރައީސްގެ ފަރާތްޕުޅުން މި މަހު ޕީއެންސީގެ މަޖިލިސް ކޮންމެ މެންބަރުންނަށް، މިމަހު 750،00 ރުފިޔާ ދީފައިވާ ކަމަށެވެ. ރައީސްގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މާލީ އިނާޔަތް ދޭކަމަށް މީގެ ކުރީން ފެތުރު އަޑުވެސް ސ...
ޔުމްނާ ޢަލީ
ސިއްހަތާބެހޭ ވުޒާރާއިން، “ފަޒީސް ހިޖާމާ ތެރަޕީ” އަށް އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ވަގުތުން ހުއްޓާލުމަށް އަންގައިފިއެވެ. ހިޖާމާގެ ފަރުވާ ދެމުން އަންނަ “ފަޒީސް ހިޖާމާ ތެރަޕީ”ގެ ޚިދުމަތް ހުއްޓާލަން ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ އެތަން ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ލިބެންދެންނެވެ. މި ޚިދުމަތް ހުއްޓާލުމަށް، އެތަނުގެ ވެރިޔާ ފަޒީލާ ޢުޘްމާނަށް ސިއްހަތާބެހޭ ވުޒާރާއިން އަންގާފައިވަނީ، އެ ވުޒާރާއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި، އޭނާއާ ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގ...
ޔުމްނާ ޢަލީ
މާލޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވާފައިވާ ކަމަށެވެ. މި ދެތަން ހުއްޓުވީ، މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައެވެ. ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ ސެޕްޓެންބަރު 3 ވަނަ ދުވަހުއެ...
ޔުމްނާ ޢަލީ
ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލް މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުމަށް ތައްޔާރުވަމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ހިތްވަރުދެއްވައިފިއެވެ. ރައީސް މުޢިއްޒު ޤައުމީ އަންހެން ވޮލީ ޓީމަށް ހިތްވަރު ދެއްވީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމާ ވާދަކުރާނީ ކިރިގިސްތާންގެ ޓީމާއެވެ. މި މުބާރާތުގެ ލީގު ބު...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލްގައި ސްޓެމް ލެބްތައް ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މި ދެ ސްކޫލްގައި ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ޤާއިމުކުރުމަށް ތައުލީމާބެހޭ ވުޒާރާއިން ހަވާލުކޮށްފައި ވަނީ ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތްތަކުހެ އެއްބަސްވުމުގައި ތަޢުލީމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ...
ޔުމްނާ ޢަލީ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން 2018 ވަނަ އަހަރު އެމްކިއުއޭއިން ނިންމި ނަމަވެސް އެހާތަނަށް ކިޔަވަމުންދާ ދަރިވަރުންގެ ސެޓްފިކެޓް ގަބޫލު ކުރާނެ ކަމަށް އެމްކިއުއޭއިން އެންގި އެވެ. ނަމަވެސް އެ މީހުންގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު އެމްކިއުއޭއަށް 2021 […]
ހުސައިން ހަބީބް
މަދަނީ މައްސަލައެއްގައި ދައުލަތުން ޖަވާބުދާރީވުން ލަސްވުމުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކޮންޓެކް ކުންފުނި ގްރީން އޮފީސް ބިލްޑިންގެ މަސައްކަތް ކުރުމުން އެ މަސައްކަތަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ހައުސިން މިނިސްޓްރީއާ ދެކޮޅަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ. މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ލިޔެކިޔުންތައް […]
ހުސައިން ހަބީބް
“ރާދަވަޅި” ކިޔަނީ ކުރުކޮށް އަދި ހުލާސާކޮށް ލިޔެފައި ހުރި ދިވެހި ތާރީޚުގެ ފޮތްތަކަކަށެވެ. ރާދަވަޅިތައް ދިވެސް އަކުރުންނާއި ޢަރަބިން ވެސް ލިޔެފައިވާކަމަށް ވެއެވެ. ނަމަވެސް ފެންނަންހުރި ރާދަވަޅިތައް ލިޔެފައިވަނީ ތާނައިންނެވެ. ރާދަވަޅިތައް ލިޔަމުން އައިސްފައި ވަނީ އޭގެ ކުރީގެ ރާދަވަޅީގައި ވާ ލިޔުން ނަކަލު ކޮށް، އޭގެ ފަހުގެ ތާރީޚުތައް ހިމަނައިގެންނެވެ. މިއީ އެއް ފޮތުން އަނެއް ފޮތަށް ނަކަލުކުރަމުން ގެންގުޅެފައިވާ ތާރީޚީ މުހިންމު ލިޔެކިޔުންތަކެކެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚު ލިޔަމުން އައިސްފައިވ...
ޢަބްދުﷲ ސަޢީދު
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ރޭ ބްރެޒިލް އާއި އާޖެންޓީނާ ބަލިވެއްޖެއެވެ. ރޭ ފަތިހު ޕެރަގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕެރަގުއޭއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޕެރެގުއޭއަށް ކާމިޔާބު ކޮށްދިނީ ޑިއެގޯ ގޮމޭޒް އެވެ. މި މެޗު ކޮންޓްރޯލް ކޮށްގެން ބްރެޒިލުން ކުޅުނު ނަމަވެސް އިދިކޮޅު ގޯލަށް ލަނޑު ޖެހުމުގައި އެ ޓީމަށް ކާމިޔާބެއް […]
އިބްރާހިމް ޚަލީލް
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ރޭ ވަނީ މި އޮޕަރޭޝަންފެށިކަން ހާމަކޮށްފެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އިއްޔެ ފެށި މި އޮޕަރޭޝަންގައި.، މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މާލެ ސަރަޙައްދުގައި ކުރިއަށ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހުޅުމާލޭގައި ބަނގުރަލުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަަަށެވެ: މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަގެ މީހެއްކަމަށްވާ، އެމްޑީ ކާލޫ (26އ) އެވެ. މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލ...
ޔުމްނާ ޢަލީ