ޖަރުމަނުގެ އާރުބީ ލައިޕްޒިގް ދޫކޮށް މި ސީޒަނަށް ބާސެލޯނާއާއި ގުޅުނު ސްޕެއިން އެޓޭކިން މިޑްފީލްޑަރ ޑެނީ އޮލްމޯއަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. އުމުރުން 26 އަހަރުގެ އޮލްމޯގެ ފަލަމަސް ގަނޑަށް އަނިޔާވެފައި ވަނީ ރޭ ސްޕެނިޝް ލީގުގައި ޖިރޯނާއާއި ދެކޮޅަށް ކުޅުން މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 64 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ބާސާއިން މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރިއިރު، މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު […]
އިބްރާހިމް ޚަލީލް
މީހެއްގެ ވައިބަރ އާއި ފޭސްބުކް ހެކްކޮށްގެން ހީލަތުން އަތުލިފައިސާތަކެއް ހަ ގަޑިއިރު ތެރޭ ފުލުހުން ހޯދައިދީފިއެވެ. ފުލުހުން ބުނީ، މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ‘’މި މައްސަލައާއި ގުޅިގެން، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި...
ޔުމްނާ ޢަލީ
ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، 14 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މާލޭގެ ގުލާބީ މަގުން ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ އަހްމަދު ޝާރިފް އަބުދުލް ރަހީމް. މ.މާކަނާ/މާލެ އެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާކ...
ޔުމްނާ ޢަލީ
ފޭރުމުގެ މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ. މި ކަމާގުޅިގެން ފުލުހުން ވިދާޅުވީ މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރު ދައްކައި ބަރަހަނާކޮށް ފޭރުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އެ ތިން މީހުން ވަނީ އެމީހާ ބަރަހަނާކުރުމަށްފަހު އޭނާގެ މޯބައިލް ފޯނުއަތުލައި މަޖުބޫރުކުރުވުމަށްފަހު ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ...
އަލީ އާދިލް
ރީޑިންގ ނުނަގާ އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފި އެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ކުންފުނީގެ މުވައްޒަފުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރޭގައި ކޮންމެ މަހަކު ކަސްޓަމަރުންގެ ގޭގެއަށް ގޮސް މީޓަރު ރީޑިންގ ނެގުމާއި، ބިލު ތައްޔާރުކުރުމާއި، ފޮނުވުމާއި، ފައިސާ ބަލައިގަތުން ހިމެނެއެވެ. ކުންފުނިން އިތުރަށް ބުނެފައިވަނީ މި ހުރ...
އިބްރާހިމް އަސްވާޤް
އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒްގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވި މި މުބާރާތް ނިމުނީ ފޯރިގަދަ އަދި އުފާވެރި ޝޯޑައުނަކުންނެވެ. މި މުބާރާތުގައި ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ24 މުބާރާތް ކުޅުނެވެ. ޕަބްޖީ މޮބައިލްގެ ޗެމްޕިއަންކަން ހޯދީ އަކަޒާޔާ އީސްޕޯޓްސް ޓީމެވެ. އެ ޓީމަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ. އީޓޫއެސް ޓީއެމް7 ދެވަނައަށް އައިސް 4,000 ރުފިޔާ ހޯދިއެވެ. އެމްވީޕީގެ މަޤާމު ހޯދި އޭކޭއޭ މާހާއަށް […]
އިބްރާހިމް އަސްވާޤް
ދެ ދަރިންނަށާއި ތިމާގެ ކުށްޖަކާމެދު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕަ 30 ދުވަހަށް ބަންދުކޮށްފިއެވެ. މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރޭ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން...
ޔުމްނާ ޢަލީ
ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީ ބަލިވުމުން އެ ޕާޓީން އުޅެނީ ވަރަށް އަސަރުކޮށްގެން ކަމަށާއި، އިންތިޚާބުތައް ކާމިޔާބުކުރަން އެމްޑީޕީން ގޭގޭގެ ވަޅުތައް ހިއްކައިދީގެން އުޅުނު މަންޒަރުވެސް ފެނިފައިވާކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޚާއްސަ ދެވަނަ ޖަލްސާ ބާއްވާފައެވެ. މިޖަލްސާގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ޤާނޫނަށް އިޞްލާޙ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ހޯމް ގާޑެނިންގ އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި އެގްރިކޮންސަލްޓިންގ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ހޯމް ގާޑެނިންގ އަދި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 3 ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި އެ ސިޓީގެ 45 މީހަކު ބައިވެރިވެފައިވާކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ...
ޔުމްނާ ޢަލީ
މާލޭގެ ގެސްޓްހައުސް އަކަށް ދިވެހި ފިރިހެނަކު ވައްދައި އޮރިޔާންކޮށް، ބިރުދައްކައިގެން ފޭރުނު މައްސަލާގައި ތުހުމަތުވާ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ޚިދުމަތުން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ. މި ހާދިސާ އަކީ 19 ޖުލައި 2024 ދުވަހު ހިނގާފައިވާ ހާދިސާއެކެވެ. ފުލުހުން ބުނީ، އެ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި […]
ޔުމްނާ ޢަލީ
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން […]
ހުސައިން ހަބީބް
ހުޅުމާލޭ ދެ ފޭސް ގުޅުވާލަދޭ ބްރިޖްމަތީ ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ، ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖްމަތީ އެކްސިޑެންޓެއް ހިނގައިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި އާސެނަލް ބައްދަލުކުރި މެޗު، ހަނި ތަފާތަކުން އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ވައިޓްހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޓޮޓެންހަމް އިން ވަނީ ލީގުގެ ފުރަތަމަ ކޮޅު ވަރަށް މޮޅަށް ކުޅެފައެވެ. ނަމަވެސް މި ސީޒަންގައި ހަތަރު މެޗު ކުޅުނުއިރު ލިބިފައި ވަނީ އެންމެ […]
އިބްރާހިމް ޚަލީލް
މަޝްހޫރު އޭއައި ކުންފުނި އޯޕަން އޭއައި އިން އެ ކުންފުނީގެ އެންމެ ފަހުގެ ބޮޑު ލެންގުއޭޖް މޮޑެލް ކަމުގައިވާ ޖީޕީޓީ–އޯ1 (GPT-o1) ގެ ޕްރިވިއު ވަރޝަން މިއަދު ރިލީޒްކޮށްފިއެވެ. މި އައު މޮޑެލްގެ ޤާބިލުކަން ކުރީގެ މޮޑެލްތަކަށްވުރެ މަތިވެފައިވާ ކަމަށް ކުންފުނިން ބުނެއެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވި ގގޮތުގައި އޯ1-ޕްރިވިއު އަދި އޯ1-މިނީ މޮޑެލްތަކަކީ “އާންމު ބޭނުންތަކަށް އަދި ބޮޑެތި ވިސްނުންތެރި މަސައްކަތްތައް ކުރެވޭ އޭއައި ގެ އައު ޒަމާނެއްގެ ފެށުމެވެ.” ނަމަވެސް […]
އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި އިތުރު 24 މީހުން ޝަހީދުވެއްޖެއެވެ. މިއާއެކު އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41،206 އަށް އަރައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޣައްޒާގެ ސިއްޙީ ވުޒާރާއިންނެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 95،337 މީހުން ޒަޚަމްވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއއިލާތަކަށް އަމާޒުކޮށް ހިންގި ތިން “ގަތުލުއާންމު” ގައި 24 މީހުން މަރުވެ، 57 މީހުން ޒަޚަމްވެފައިވާކަމަ...
އަޙްމަދު ދާއޫދު
ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން އައު ސީޒަންގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ބާސާއިން ވަނީ 4-1 ގެ ނަތީޖާއިން ޖިރޯނާ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބާސާ ވަނީ މޮޅުވެފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް މިވަގުތު އޮތީ 15 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ރެއާލަށް 5 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ […]
އިބްރާހިމް ޚަލީލް
އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އިއްޔެ އަތުލައިގެންފައިވާއިރު، މި ހާދިސާ ހިނގީ ޓްރަމްޕްގެ ގޮލްފް ކޯހުގައި، އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން ގަސްތަކުގެ ތެރޭގައި އޮތް މީހަކު ފެނުމުންނެވެ. ސީކްރެޓް ސާވިސްގެ އެޖެންޓުން އެ މީހާއަށް ހަމަލާދިނުމުން، އޭނާ ކާރެއްގައި ފިލައިގެން ދިޔަ ނަމަވެސް،...
އަޙްމަދު ދާއޫދު
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފަށަން މިހާރު ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި، އެދުވަހުވެސް ކަސްޓަމަރުން ލިބޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހް މިރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ، ބަންކަރިން ޚިދުމަތް ފަށަން ހުރިހާ ތައްޔާރީތަކެއްވެ މިހާރު އޮތީ އެ ޚިދުމަތް ފަށަން ވެފައި ކަމަ...
ޙުސައިން ޝަހުދީ