މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,439 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 668 ވަނަ ޞަފްޙާ

ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ

ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ

ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލެޓިކްސް ޓީމުގައި ހިމެނުނު ކުޅުދުއްފުށީގެ އެތުލީޓުންނަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައި ކާމިޔާބީ ފާހަގަ ކޮށްފިއެވެ. މި މަހު 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކުރިއެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ. ހަތަރެއް ގުނަ 100 މީޓަރު ރިލޭ […]

އިބްރާހިމް ޚަލީލް
ލުބުނާންގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

ލުބުނާންގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

ލުބުނާންގެ އެކި ސަރަޙައްދުތަކުގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ގޮވުންތަކުގައި މަދުވެގެން 8 މީހުން މަރުވެ، 2,750 މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ މި ހާދިސާތަކަކީ “ވަރަށް ކަންބޮޑުވާންޖެހޭ” ކަމެއް ކަމަށެވެ. ޑުޖާރިކް ވިދާޅުވީ އދ. އަށް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައި ނެތް ކަމަށާއި، ނަމަވެސް އާންމުންނަށް ލިބުނު ގެއްލުން ކުށްވެރިކުރާ ކަމަށެވެ. ލުބުނާންގެ ސަރުކާރުން މި […]

އަޙްމަދު ދާއޫދު
މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ރޭ ފެނިއްޖެ އެވެ. ފުލުހުން ބުނީ މީހަކު ނިޔާވެފައި އޮއްވާ ފެނުނީ މާލޭގެ މާފަންނުގައި ހުންނަ ގެއަކުން ކަމަށެވެ. އެ މީހާ ނިޔާވެފައި އޮތީ އެގޭގެ ތިންވަނަ ފަންގިފިލާގައި ހުންނަ ކޮޓަރިއެއްގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 23:33 ހާއިރު އެވެ. ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މ. ނަލަހިޔާމަންޒިލް، އަހުމަދު ފަޔާޒް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. […]

ޔުމްނާ ޢަލީ
ޖޫރިމަނާ ފައިސާ ނުދެއްކުމުން، ނެއްލައިދޫ ބަލިވިކަމަށް ކަނޑައަޅައިފި

ޖޫރިމަނާ ފައިސާ ނުދެއްކުމުން، ނެއްލައިދޫ ބަލިވިކަމަށް ކަނޑައަޅައިފި

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މި މަހު 12 ވަނަ ދުވަހު ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން، މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ބަލައި، މެޗުން ނެއްލައިދޫ ބަލިވި ކަމަށް ކަނޑައެޅުމަށް ފަހު ޖޫރިމަނާކޮށް އެ ފައިސާ ދައްކަން އަންގާފައި ވީ ނަމަވެސް ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ދައްކާފައި ނުވާތީ ގްރޫޕްގެ ފަހު މެޗު ކުޅުމުގެ ފުރުސަތު ނުދީ މެޗުން […]

އިބްރާހިމް ޚަލީލް
ފެނަކަ އައު ހަރުފަތަކަށް، ޑިޖިޓަލްކުރުމުގެ މަގުޗާޓު ތައާރަފްކޮށްފި

ފެނަކަ އައު ހަރުފަތަކަށް، ޑިޖިޓަލްކުރުމުގެ މަގުޗާޓު ތައާރަފްކޮށްފި

ފެނަކަ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނި ޑިޖިޓަލްކުރުމުގެ މަގުޗާޓު މިއަދު ތައާރަފްކޮށްފިއެވެ. ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލެވުނު މަގުޗާޓު ތައާރަފް ކުރީ މިއަދު އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށް ބޭއްވި ޙަފްލާއެއް ގައެވެ. ސަރުކާރުގެ ބައެއް އިސްވެރިންނާއި، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި ޙަޕްލާގައި، މި މަގުޗާޓުގައި ހި...

ޔުމްނާ ޢަލީ
ބްރިޖުމަތީ ސައިކަލެއްގައި ސަރފްބޯޑެއް އުފުލި މީހަކަށް ފިޔަވަޅުއަޅައިފި

ބްރިޖުމަތީ ސައިކަލެއްގައި ސަރފްބޯޑެއް އުފުލި މީހަކަށް ފިޔަވަޅުއަޅައިފި

ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލެއްގައި ސަރފްބޯޑެއް އުފުލި މީހަކާމެދު ފުލުހުން ފިޔަވަޅު އަޅައިފިއެވެ. ފުލުހުން ބުނިގޮތުގައި އެ ސާރފްބޯޑު އުފުލި މީހާއާއި މެދު މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ޚިލާފަށް މުދާ އުފުލުމުގެ ކުށުގެ ދަށުންނެވެ. ފުލުހުން ބުނީ، މިފަދަ ޢަމަލުތަކަކީ އެ މީހަކަށާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. މި ހ...

ޔުމްނާ ޢަލީ
ވާނުވާ ބަންދަކީ ބޮޑު ތަކުލީފެއް، މުއްދަތު އަވަސް ކުރުން މުހިންމު: އަނާރާ

ވާނުވާ ބަންދަކީ ބޮޑު ތަކުލީފެއް، މުއްދަތު އަވަސް ކުރުން މުހިންމު: އަނާރާ

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ނުނިމިދިގުލައި ދިޔުމަކީ އެފަދަ މީހުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް އަދި ތަކުލީފެއްކަމަށާއި، އެފަދަ މީހުން ބަންދުގައި ތިބޭ މުއްދަތު އަވަސް ކުރުން މުހިންމުކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ތިން ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާފައި ޕްރޮސިކިއުޓަރ […]

ޙުސައިން ޝަހުދީ
ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމް ނިންމާލައި ބައިވެރިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ‘ޖޮބް-ރެޑިނަސް ޕްރޮގްރާމް’ ގެ ނަމުގައި ހިންގި މި ޕްރޮގްރާމަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން، ‘ޖޮބް-ރެޑިނަސް ޕްރޮގްރާމް’ ވަރަށް ކާމިޔާބު ކަމަށެވެ. އަދި...

ޔުމްނާ ޢަލީ
ޕީޖީ އަކަށް އައްބާސް ޢައްޔަނުކުރަން ފާސްކޮށްފި

ޕީޖީ އަކަށް އައްބާސް ޢައްޔަނުކުރަން ފާސްކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އެ މަޤާމަށް ޢައްޔަނުކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، އައްބާސް ޢައްޔަނުކުރުމުގެ މަރުހަލާ […]

ޔުމްނާ ޢަލީ
އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް އެދިއްޖެ

އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް އެދިއްޖެ

އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ. އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަންތަނަށް ވަދެ ފޭރޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެހެންވެ އިމިގްރޭޝަން ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ އެތަނުގެ އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަންތަނަށް ބަލާފާސްކުރާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ‘’އެހެންކަމުން މިއީ އިމިގްރޭޝަންގެ އޮފިސަރުން ނޫންކަމަށާއި...

ޔުމްނާ ޢަލީ
ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު

ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު

ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަކީ އެ ރަށުގެ ތަރައްގީގެ އާ ސަފުހާއެއް އަދި މައުލޫމާތުގެ ބޮޑު ހަޒާނާއެއް ކަމުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ޕަބްލިކް ލައިބްރަރީ ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ލައިބްރަރީ ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މުހައްމަދު އުމަރާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ލައިބްރ...

އިބްރާހިމް ޚަލީލް
އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ވަދެ 9000 ރުފިޔާ ފޭރިއްޖެ

އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ވަދެ 9000 ރުފިޔާ ފޭރިއްޖެ

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ މޮބައިލް ފޯނަކާއި 9000 (ނުވަހާސް) ރުފިޔާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި އިއްޔެ 3 މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މާލެ، ގ.ބެރުގެ މުހައްމަދު ނަވީން (44) ވަނީ ކޯޓް އަމުރެއްގެ […]

އިބްރާހިމް ޚަލީލް
އެޕަލްގެ އައު އޮޕަރޭޓިންގ ސިސްޓަމް އައިއޯއެސް 18 ރިލީޒްކޮށްފި

އެޕަލްގެ އައު އޮޕަރޭޓިންގ ސިސްޓަމް އައިއޯއެސް 18 ރިލީޒްކޮށްފި

އެޕަލް އިން އެންމެ ފަހުގެ މޮބައިލް އޮޕަރޭޓިންގ ސިސްޓަމް، އައިއޯއެސް 18 މިއަދު ރިލީޒްކޮށްފިއެވެ. މި އަޕްޑޭޓްގައި ކޮންޓްރޯލް ސެންޓަރ އަދި ހޯމް ސްކްރީން އަލުން ފަރުމާކުރުމުގެ ފީޗަރ ފަދަ ބޮޑެތި ބަދަލުތަކާއި، އެކްޓިވޭޝަން ލޮކް ފަދަ ކުދި ބަދަލުތައް ހިމެނެއެވެ. އައިއޯއެސް 18 ލިބޭނީ އައިފޯން އެކްސްއެސް އަދި އޭގެ ފަހުގެ މޮޑެލްތަކަށެވެ. މި އަޕްޑޭޓް އިންސްޓޯލްކުރުމަށް 5 ޖީބީ އިން 10 ޖީބީއާ ދެމެދުގެ ހުސް ޖާގައެއް ބޭނުންވާނެއެވެ. އަޕްޑޭޓް ކުރުމަށް ސެޓިންގްސް އެޕް […]

އަޙްމަދު ދާއޫދު
ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ މަޢުލޫމާތު ހާމަވެއްޖެ

ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ މަޢުލޫމާތު ހާމަވެއްޖެ

ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ 58 އަހަރުގެ ރަޔަން ވެސްލީ ރައުތްއާ ގުޅޭ އިތުރު މަޢުލޫމާތު ހާމަވެއްޖެއެވެ. ރައުތްއަކީ ނޯތު ކެރޮލައިނާގެ މީހެއް ކަމަށްވާއިރު، އޭނާ އެންމެ ފަހުން ދިރިއުޅެމުން އައީ ހަވާއީގައެވެ. 2016 ވަނަ އަހަރު ޓްރަމްޕަށް ވޯޓުދިން ނަމަވެސް، ފަހުން ޓްރަމްޕާ ދެކޮޅަށް ބަދަލުވެފައިވާކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ދައްކައެވެ. ރައުތްއަކީ ޔުކްރެއިންއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ޔުކްރެއިންގެ ހަނގުރާމައިގައި...

އަޙްމަދު ދާއޫދު
ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ޣައްޒާގައި ހިންގި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި 90 އިންސައްތަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޕެލެސްޓީނިއަން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔޫއޭ)ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރު 1 ގައި ފެށުނު މި ކެމްޕޭނުގައި 10 އަހަރުން ދަށުގެ 640،000 ކުދިންނަށް ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން މިހާރު 446،000 އަށްވުރެ ގިނަ ކުދިންނަށް މެދު އަދި ދެކުނު ޣައްޒާގައި ވެކްސިން ދެވ...

އަޙްމަދު ދާއޫދު
ޅ.އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ ބަލަން ހާއްސަ ތަހްގީގު ޓީމެއް

ޅ.އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ ބަލަން ހާއްސަ ތަހްގީގު ޓީމެއް

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނީ، ޅ.އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ މި މަހުގެ 12 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ނައިފަރަށް ގޮސް އެ މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުން ދެ ދުވަސް ކުރިން އާންމުކުރި ނޯޓިސްއެއްގައި އެ […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ އައު މަރުކަޒު ހުޅުވައިފި

ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ އައު މަރުކަޒު ހުޅުވައިފި

ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ ފޯ އިސްލާމިކް ސްޓަޑީޒްގެ އައު މަރުކަޒެއް ހުޅުވައިފިއެވެ. މި މަރުކަޒު ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ރެނަޓަސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައެވެ. އެއީ ބޭންކް އޮފް މޯލްޑިވެސް ޑޮލަރު އޭޓީއެމް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގި ފިލާއެވެ. އައު މަރުކަޒުގައި ފަސް ކްލާސްރޫމާއި، ރިސާރޗް ރޫމަކާއި، އެގްޒެކެޓިވް އޮފީސް ބައެއް ހިމެނެއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙުސައިން ޝަރީފެވެ. އިލްމު...

އަލީ އާދިލް
”ގަސްއިންދުން އިތުރުކުރުމަކީ ތިމާވެއްޓަށްޓަކައި ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއް”

”ގަސްއިންދުން އިތުރުކުރުމަކީ ތިމާވެއްޓަށްޓަކައި ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއް”

ފެހިކަން އިތުރުކޮށް ގަސްއިންދުން އިތުރުކުރުމަކީ ތިމާވެށި ސަަލާމަތްކުރުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން އެކްސްގަސި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ޙައްލެއްކަމަށެވެ. މިއަދަކީ ބައިނަލްއަގްވ...

ޔުމްނާ ޢަލީ