އެމެރިކާގެ ދެކުނު އެރިޒޯނާގެ މަރާނާ ރީޖަނަލް އެއަރޕޯޓްގައި ބުދަ ދުވަހު ހެނދުނު ކުޑަ ދެ މަތިންދާބޯޓު ޖެހި ހިނގި ޙާދިޘާގައި ދެމީހަކު މަރުވެއްޖެއެވެ. އެމެރިކާގެ ޤައުމީ ދަތުރުފަތުރު ސަލާމަތީ ބޯޑުން (އެންޓީއެސްބީ) ހާމަކުރި ގޮތުގައި ކޮންމެ މަތިންދާބޯޓެއްގައިވެސް ދެ މީހުން ތިބެއެވެ. މަރާނާ ޕޮލިސް ޑިޕާޓްމަންޓުން ކަށަވަރުކޮށްދިން ގޮތުގައި މަރުވި ދެމީހުންނަކީ އެތަނުން އެއް މަތިންދާބޯޓުގައި ތިބި މީހުންނެވެ. އަނެއް މަތިންދާބޯޓުގައި ތިބި ދެމީހުންނަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. އެއް މަތިންދާބޯޓަށް...
އަޙްމަދު ދާއޫދު
މައިކްރޯސޮފްޓުން ވީޑިއޯ ގޭމްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް ތަރައްޤީކޮށްފިއެވެ. މައިކްރޯސޮފްޓުން ތަރައްޤީކުރި މި އޭއައި މޮޑެލުން ވީޑިއޯ ގޭމްތަކުގެ ވިޝުއަލްސްއާއި އެކްޝަންތައް ޖެނެރޭޓްކުރުމަށް އެހީތެރިވާނެ ކަމަށް އެކުންފުނިން ބުނެއެވެ. “މިއުޒް” ގެ ނަމުގައި ތަރައްޤީކޮށްފައިވާ މި މޮޑެލް ހަދާފައިވަނީ، މައިކްރޯސޮފްޓުގެ ގޭމިންގ ޑިވިޝަންކަމުގައިވާ އެކްސްބޮކްސް ގޭމް ސްޓޫޑިއޯސްގެ ޑިވެލޮޕަރެއްކަމުގައިވާ ނިންޖާ ތިއަރީއާ ގުޅިގެންނެވެ. ގޭމިންގ އޭއައި އަށް ކަނޑައަޅާފައިވާ ކޯޕަރޭޓް ވައިސް...
އަޙްމަދު ދާއޫދު
ޔޫރަޕުގެ ސަލާމަތީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުން ހުއްޓާލަންޖެހޭކަމަށް ފްރާންސް ސަރުކާރުން ބުނެފިއެވެ. ފްރާންސް ސަރުކާރުގެ ތަރުޖަމާނު ސޯފީ ޕްރިމާސް ވިދާޅުވި ގޮތުގައި ޔޫރަޕުގެ ސަލާމަތީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުން ހުއްޓާލަންޖެހެއެވެ. އެމެރިކާއަކީ އަދިވެސް އެމީހުންގެ އެކުވެރިންކަމުގައި ވީނަމަވެސް، ޔޫރަޕުގެ ސަލާމަތާއި ރައްކާތެރިކަން އެހެން ބަޔަކާ ހަވާލުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިކަން މިހެން ދިމާވީ އެމެރިކާގެ ރައީސް ޓްރަމްޕް ޔުކްރެއިންގެ ސުލްހައާ ގުޅޭގޮތުން...
އަޙްމަދު ދާއޫދު
އަވަހަށް ހައްލެއް ނުހޯއްދަވައިފިނަމަ ގައުމު ގެއްލިދާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. “އިންތިޚާބެއް ނެތް ޑިކްޓޭޓަރެއް” ގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވުމާއެކު، ޓްރަމްޕް ވިދާޅުވީ ސުލުހައިގެ މަގު އިޚްތިޔާރު ނުކޮށްފިނަމަ ގައުމު ގެއްލިދާނެކަމަށެވެ. ޓްރަމްޕްގެ މި އިންޒާރުގެ ބަސްފުޅުތައް އައިސްފައިވަނީ ރަޝިއާގެ 2022 ވަނަ އަހަރުގެ ހަނގުރާމައަށް ޔުކްރެއިން ޒިންމާވާންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެ...
އަޙްމަދު ދާއޫދު
ސްޓޭޓް ޓްރޭޑިން އޯގަނަައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރިއެއް ގޮތަށް ދައްކަައި ‘’އެސްޓީއޯ ސްޕަރމާކެޓް’’ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގަމުން އަންނާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ. ‘’އެސްޓީއޯ ސްޕަރމާކެޓް’’ ނަމުގައި ހިންގަނީ ފޭކް ފޭސްބުކް ޕޭޖެއްކަން ބަޔާންކޮށް އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އޮފިޝިއަލް ޕޭޖަކީ ‘’އެސްޓީއޯ ޕީޕަލްސް ޗޮއިސް ކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވެ، މިފަދަ ކަމެއް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ބާރަށް ހިމެނޭހެން ޖުމްލަ ހަ ރަށެއްގައި މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފެށޭނެ ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރަމަޟާން މަހަށްފަހު އަމަލީ މަސައްކަތް ފެށުމަށް ނިންމާފައި މިސްކިތަތް ބިނާކުރާ ރަށްތަކަކީ އއ.ރަސްދޫ، އދ.ފެންފުށި، ފ.ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށުގެ އިތުރުން ތ.ވޭމަންޑޫ އެވެ. އެ ވުޒާރާއިން ވިދާޅުވީ ބިނާކުރަން ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ތިން ސައިޒެއްގެ މިސްކިތްތައް ކ...
އިބްރާހިމް ޚަލީލް
ރޯދަމަސް ފެށުމުގެ ކުރިން ދިވެހި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހެޅޭނެކަން ލޭބަރ ރިލޭޝަން އޮތޯރިޓީން ހަނދާންކޮށްދީފިއެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީން އިއްޔެ އާންމު ކުރި ޢިއުލާނެއްގައި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް، ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ. ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި...
ޔުމްނާ ޢަލީ
ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނަންވާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު، ނަޝީދު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށްކަމަށް އެމަނިކުފާނަށް ލަފާކުރެއްވޭ ކަމަށެވެ. ނަމަވެސް، ޤާނޫނުއަސާސީ ބަދަލު ކުރާނަމަ ފެންނ...
ޔުމްނާ ޢަލީ
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި، ރޯދަމަހުގެ އިނާޔަތް ދިނުމަށް ބަޔާންކޮށް މަޖިލީހުން އިއްޔެ ފާާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ އިއްޔެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދެއްކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައ...
ޔުމްނާ ޢަލީ
ދިވެހިބަހުގެ އެކަޑަމީގެ ބަސް ކޮމިޓީން ދިވެހީންގެ މެދުގައި މިހާރު އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ 160 ލަފްޒެއް “ދިވެހިކޮށް” ފާސްކޮށްފިއެވެ. މި ލަފްޒުތަކަކީ މިދިޔަ އަހަރާއި 2023 ވަނަ އަހަރު އެ ކޮމިޓީއިން އުފައްދާފައިވާ ބަސްތަކެކެވެ. ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމްގެ ބެއްލެވުމުގެ ދަށުން މި އާ ލަފްޒުތައް ފާސްކޮށްފައިވާއިރު، ދިވެހި ބަހުގެ ތެރެއަށް އަލަށް ވައްދާ ލަފުޒުތަކާއި އޭގެ މާނަ ކަނޑައަޅަނީ އެކެޑެމީގައި އޮންނަ ބަސް ކޮމިޓީއިންނެވެ. އިއްޔެ އާންމުކުރެވުނު މި ލަފްޒުތަކުގ...
ޔުމްނާ ޢަލީ
ދިވެހި އަންހެނަކު ކޯޓުގައި ރަޖިސްޓްރީ ކުރުމެއް ނެތި ތިން ކައިވެންޏެއް ކުރުމުން އެ މީހާގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމައި, ދަރިންނަށް ހަރަދު ނުދީ ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެނިތައް ކުރާ މައްސަލަތަކާއި ރަޖިސްޓްރީނުކޮށް ކޯޓުން ބޭރުގައި ކައިވެނިކޮށް އުޅޭ މައްސަލައާ ގުޅޭގޮތުން މެމްބަރުން ސުވާލު ކުރުމުން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ […]
ހުސައިން ހަބީބް
ހއ.އަތޮޅުގައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. ހއ. އަތޮޅު ކައުންސިލުން މައުލޫމާތު ދިންގޮތުގައި މި ޕްރޮގްރާމް ޚާއްޞަކޮށްފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ އަންހެން މެންބަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ކަނބަލުންނަށެވެ. ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި، “އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީނު” ނަމުގައި ކުރިއަށް ގެންދާ މި...
އައިޝަތު އައިނީ އާމިރު
ފޭސްބުކް ގައި ލައިވްކުރާ ވީޑިއޯތައް މީގެފަހުން ރައްކާކުރެވިފައި ހުންނާނީ 30 ދުވަސް ވަންދެން ކަމަށް މެޓާއިން ބުނެފިއެވެ. ފޭސްބުކުގެ ބެލެނިވެރި ކުންފުނި މެޓާއިން އިއުލާން ކުރި ގޮތުގައި، ލައިވް ވީޑިއޯތައް މީގެ ފަހުން ފޭސްބުކްގައި ރައްކާކުރެވޭނީ 30 ދުވަހުގެ މުއްދަތަށެވެ. އޭގެފަހުން ވީޑިއޯތައް އޮޓޯއިން ޑިލީޓް ވާނެއެވެ. މި ބަދަލު ގެނެވޭނީ ބުދަ ދުވަހުން ފެށިގެންކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ. މީގެ ކުރިން މި ވީޑިއޯތައް ވަކި މުއްދަތެއް ނެތި ރައްކާކުރެވެމުން ދިޔައެވެ. މި ބަދަލާ ގުޅިގެން، […]
އަޙްމަދު ދާއޫދު
އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެމެރިކާއިން ގޮވާލި ގޮވާލުމަށް ފާޑުކިޔައި، އެމެރިކާ ނުރުހުނަސް ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމް ކުރިއަށް ދާނެކަމަށް އުތުރުު ކޮރެއާއިން ބުނެފިއެވެ. ސަރުކާރާ ހަވާލާދީ އުތުރު ކޮރެއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ދޫކޮށްލުމަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ގޮވާލާފައިވާ ގޮވާލުމަކީ “ބޭކާރު އަދި ޒަމާނަށް ނުފެތޭ” ގޮވާލުމެކެވެ. އަދި ކިމް ޖޮންގް އުންގެ ލަނޑުދަނޑިކަމުގައިވާ ނިއުކްލިއަރ ބާރު އިތުރުކުރުމުގައި ދެމިހުނ...
އަޙްމަދު ދާއޫދު
އިސްރާއީލްގެ އިތުރު ހަ އަސީރުން އަންނަ ހޮނިހިރު ދުވަހު ދޫކޮށްލަން ނިންމައިފިއެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މިހަފްތާގެ ހޮނިހިރު ދުވަހު އިސްރާއީލްގެ 6 ގައިދީން ދޫކޮށްލާނެއެވެ. މީގެ އިތުރުން އިސްރާއީލް 4 ގައިދީއެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހު ޙަވާލުކުރާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ. ހަމާސްގެ އިސްވެރިއެއް ކަމަށްވާ ޚަލީލް އަލް-ހައްޔާ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު ދޫކޮށްލާ ގައިދީންގެ ތެރޭގ...
އަޙްމަދު ދާއޫދު
ރައީސް ޑރ. މުހައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރަށްވައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީސް އަށެވެ. އެ ބާރު ރައީސަށް ލިބިދީފައި ވިޔަސް، އެ މަގާމުތަކަށް މީހުން އައްޔަނުކުރެވެނީ ރައީސް ޚިޔާރުކުރަށްވާ ނަންތައް މަޖިލީހަށް ހުށަހަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ.އަތޮޅު އުފުލަންދޫ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި ތާވަތާ އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ. މިދިޔަ ޖެނުއަރީ މަހު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖެނުއަރީ 22 ވަނަ ދުވަހު މަޑުއްވަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައި ރައީސް ވަނީ މަޑުއްވަރީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި […]
ޔުމްނާ ޢަލީ
ލޯކަލް ޓްއަރިޒަމާއި، ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދި ޓްރެވްލް ގާއީޒްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި “ރަށު އެކްސްޕޯ 2025” ގެ ބެސްޓް ކައުންސިލް ޓީމް އެވޯޑް، ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލަށް ލިބިއްޖެއެވެ. ރަށު އެކްސްޕޯގައި އުތީމް ކައުންސިލުން ވަނީ އެ ރަށް ޕްރޮމޯޓް ކުރުމަށްޓަކައި، އެ ރަށުގެ ސަގާފަތާއި އާދަކާދައިގެ އިތުރުން އެ ރަށުގައި އުފައްދާ ތަފާތުތަކެތި، އެ ރަށަށް ހާއްސަ ސްޓޯލުގައި ބަހައްޓާފައެވެ. ހާއްސަކޮށް އެރަށުގައި […]
އިބްރާހިމް ޚަލީލް