އުރީދޫ މޯލްޑިވްސްގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ “އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް” މި މަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ނިންމާ އިއުލާނުކޮށްފިއެވެ. މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިންމުން ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މި ފެސްޓިވަލްގައި ޖުމްލަ 240،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނެއެވެ. ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) […]
އިބްރާހިމް އަސްވާޤް
ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ “ކަނޑައެޅިގެން ދޮގެއް” ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ”ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި” ސުރުޚީގެ ދަށުން އަދަދު ނޫހުގައި ޝާޢިއުކުރި ޚަބަރުގައި ބުނެފައި ވަނީ، ”ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގ...
ޔުމްނާ ޢަލީ
ކުޑަކުދިންގެ ކުޅޭ ސާމާނާއި އެހެނިހެން ބޭނުންތެރި ތަކެތި ވިއްކާ މަޝްހޫރު އޮންލައިން ފިހާރަ “މޫމޫ” ގެ އައުޓްލެޓް މަޖީދީމަގަށް ބަދަލުކޮށް ހުޅުވައިފިއެވެ. މޫމޫގެ މެނޭޖަރ ނޫޙް އިބްރާހިމް އަޝްވާޤު މި ނޫހަށް ވިދާޅުވި ގޮތުގައި، މި އައު ފިހާރަ ހުޅުވާފައިވަނީ މަޖީދީމަގުގައި ހުންނަ ސީކްރެޓް ރެސިޕީ ކުރިމަތީގައި، ވޭލާ ފޮތި ފިހާރައާއި ޖެހިގެން ކަމަށެވެ. “މޫމޫ” އިން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި އެކި އުމުރުފުރާގެ ކުޑަކުދިންނަށް އަމާޒުކޮށްފައިވާ މުނިފޫހިފިލުވުމުގެ ސާމާނާއި ކުޅޭ ތަކެތީގެ ގިނަ ވައްތަރުތަކެއް ހިމެނ...
އަލީ އާދިލް
މަޖީދިއްޔާ ސްކޫލުގެ އައު ޕްރިންސިޕަލަކަށް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ހަމަޖައްސައިފިއެވެ. މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ދީދީ ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މަޤާމަށް މީހަކު ހޯދުމަށް ފާއިތުވި މަހު އިއުލާން ކުރިއެވެ. މުޖާހިދު އެ މަގާމަށް ހޮވުނު މި ފުރުސަތުގެ ދަށުން ކުރިމަތިލައިގެންނެވެ. ތައުލީމީ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މުޖާހިދު، މިއަދުން ފެށިގެން މަޖީދިއްޔާ ސްކޫލުގެ ޕްރިނ...
ޔުމްނާ ޢަލީ
އާސަންދައިން ބޭސް ލިބުން ކަށަވަރުކޮށް ނިޒާމު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ. މި ފިޔަވަޅުތައް އަޅުއްވަން ނިނެމެވީ، އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަކާ ގުޅިގެން މަޝްވަރާތަކަށް ފަހުގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މާލީ ތަކުލީފުތައް ނައްތާލުމެވެ. އަދި ހަމައ...
ޔުމްނާ ޢަލީ
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި، ރޯދަމަހުގެ އިނާޔަތް ދިނުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހް ގެނައުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް، އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރެވެ. މި ބިލުގެ މަސައްކަތް ނިންމައި، ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު ބ...
ޔުމްނާ ޢަލީ
ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނު ކުރުމަށް އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެއް އިއްޔެ ފަށައިފިއެވެ. މި ކޯހަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން ފަށާފައިވައިވާ ކޯހެކެވެ. މި ކޯސް ފެށުމަށް ބޭއްވު ބައްދަލުވުމުގައި ކޯހުގެ ބައިވެރިންނާއި، އައިޔޫއެމްގެ އިސްވެރިންނާއެކު މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންފައިވާއިރު، މި ބައްދަލުވުމުގައި މަޖިލީހުގެ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނަމުން ދިޔަޔަސް, އެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ. މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ...
ހުސައިން ހަބީބް
ކުރީގެ އަދަދާއި ގުޅޭ: ” ދެން ބުނެބަލަ! އަރޫއަށް ކަމެއް ވީތަ؟” ދާއިން އެހިއެވެ. ކަންބޮޑުވެފައި ހުރެ ދާއިން ސުވާލު ކުރި އިރު އަރޫޝާ ހުރީ ފެންކަޅިވެފައެވެ. ” އަރޫ. ދެން އަވަހަށް ބުނެބަލަ.” ދާއިން އެހިއެވެ. އެއާއެކު އަރޫޝާ ދާއިންގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު ދާއިން ހުރީ ސީދާ އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެންވެ، އަރޫޝާ ހުރީ ވާހަކަ ދައްކަން ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. ” ދާއިން. ސްކޭން ރިޕޯޓް ބެއްލެވުމަށްފަހު ޑޮކްޓަރ ދެއްކެވި ވާހަކަތައް […]
ސަލާމާ ޢަބްދުލް ޢަލީމް
މައިކްރޯސޮފްޓުން ޕޮލެންޑުގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް އިތުރު 700 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމައިފިއެވެ. މި އިންވެސްޓްމަންޓް ކުރިއަށް ގެންދިއުމުގައި ޕޮލެންޑުގެ ހަތިޔާރުއެޅި ބާރުތަކާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އެ ކުންފުނީގެ ރައީސް ބްރެޑް ސްމިތު ހާމަކުރެއްވިއެވެ. މައިކްރޯސޮފްޓުގެ ރައީސް ބްރެޑް ސްމިތާއި ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްމިތު ވިދާޅުވީ، މި އިންވެސްޓްމަންޓަކީ 2020 ވަނަ އަހަރު އިޢުލާންކޮށްފައިވާ 1 ބިލިއަނ...
އަޙްމަދު ދާއޫދު
މި އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ވެސް ސަރުކާރުގެ ރަސްމީ ގަޑިއަކީ މިދިޔަ އަހަރު ތަކެކޭ އެއްގޮތަށް ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ރޯދަ މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ވެސް ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށެވެ. ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، […]
ޔުމްނާ ޢަލީ
ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތުގެ ބޭނުން ބާސެލޯނާއިން ވަރަށް ފުރިހަމައަށް ހިފައިފިއެވެ. ރޭ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށް ބާސާ ނުކުތުމުގެ ކުރިން އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. ނަމަވެސް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން އެއްވަރުވެ މުހިންމު ޕޮއިންޓްތައް ގެއްލުމުން ރޭ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތީ […]
އިބްރާހިމް ޚަލީލް
އިސްރާއީލުގެ ހަމަލާއެއްގައި ހަމާސްގެ ސީނިއަރ އޮފިޝަލަކު ލުބުނާނުގައި ޝަހީދުކޮށްލައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާނުގެ ސައިޑާ ސަރަހައްދުގައި އިސްރާއީލުން ވެހިކަލަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ބާރު ކަމަށްވާ ޤައްސާމް ބްރިގޭޑްގެ އިސް އޮފިޝަލަކު ޝަހީދުވެފައިވާކަން އެޖަމާޢަތުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ސައިޑާއަކީ ލުބުނާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާއިރު، އެސަރަހައްދަކީ ގިނަ އަދަދެއްގެ ފަލަސްޠީން ރެފިއުޖީން ދިރިއުޅޭ ސަރަހައްދެކެވެ. މީގެ ކ...
އަޙްމަދު ދާއޫދު
އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި $LIBRA ކިޔާ ކްރިޕްޓޯކަރަންސީއެއް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރުމާ ގުޅިގެން މަކަރު ހަދާ އޮޅުވާލިކަމުގެ ތުހުމަތެއްގައި އޭނާއާ ދެކޮޅަށް އާދީއްތަ ދުވަހު ވަކީލުން ޖިނާއީ ކޯޓުގައި މަކަރުހެދުމުގެ ދައުވާ ކޮށްފިއެވެ. މިލެއި ހުކުރު ދުވަހު އެކްސްގައި މި ކްރިޕްޓޯކަރަންސީ އެއީ “ކުދި ވިޔަފާރިތަކަށް ފަންޑިންގ ދިނުމުގެ ޒަރީޢާއިން އިޤްތިޞާދީ ކުރިއެރުން ހަލުވިކުރުމަށް” ކަމަށް ބުނެ ޕޯސްޓެއް ކުރިއެވެ. އެހެންނަމަވެސް އޭނާ ފަހުން މި ޕޯސްޓް ޑިލީޓްކުރުމަށްފަހު ކްރިޕްޓޯކަރަންސީގެ އަގު ވ...
އަޙްމަދު ދާއޫދު
ފުވައްމުލަކު ސިޓީގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން 130 އަށްވުރެ ގިނަ ސިނގިރޭޓް ކާޓޫނު ވަގަށް ނަގައިފިއެވެ. ފުލުހުން މިރޭ ބުނީ 17 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ރޭގަނޑު ފުވައްމުލަކު ސިޓީގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނަކުން 130 އަށްވުރެ ގިނަ ސިނގިރޭޓް ކާޓޫނު ވަގަށް ނެގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހްގީގް ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ […]
ޔުމްނާ ޢަލީ
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ޙައްޖުވެރިންގެ 50 އިންސައްތަ އުފުލާނީ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައި ވަނީ، މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ޤައުމީ އެއާލައިން މޯލްޑިވިއަންއާ ދެމެދު، މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ސައޫދީއަށް ގެންދިއުމުގެ ބައެއް ދަތުރުތ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގެ އުތުރު ބިން ހިއްކާފައިވާ ސަރަހައްދުގައި ފުޓްސަލް ކުޅޭނެ ދަނޑެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިއްދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ކުރި ޢިއުލާނުގައިވާ ގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ހުށަހެޅުމަށް ފުރުސަތު ދީފައި ވަނީ 17 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 25 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 14:00 އަށެވެ. […]
އައިޝަތު އައިނީ އާމިރު
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބުރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އޭސީސީގެ ނައިބު ރައީސްކަމަށް ނާޝިދު ޢައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުންގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ ދިރާސާކުރެއްވި މިނިވަން މުވައްސަސާތަކުގެ ކޮމެޓީ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެ ރިޕޯޓް އިއްވުމަށްފަހު ބަހުސްކުރަން ހުޅުވާލައި އަދި ވޯޓު ގަޑީގައި ވަނީ އެ ދެނަމަށް ވޯޓަށް އަހާފައެވެ. އޭސީސީގެ ނަ...
ޔުމްނާ ޢަލީ