މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,420 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 523 ވަނަ ޞަފްޙާ

މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރެވޭނެ: ރައީސް

މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރެވޭނެ: ރައީސް

މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް، އްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިޢާދަކުރަނިވި ހަކަތައިން ޕަވަރކުރެވޭގޮތަށް ރާއްޖޭގެ ހުރިހާ ސަރުކާރުގެ ހުރިހާ ކްލާސ...

ޔުމްނާ ޢަލީ
ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑް މިއަދު ވަނީ ކުރިއަށް ގެންދަވާފައެވެ...

ޔުމްނާ ޢަލީ
ފިތުރު ޒަކާތުން ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

ފިތުރު ޒަކާތުން ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފި

މި އަހަރުގެ ފިތުރު ޒަކާތައް ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ފޯރުކޮށްދީފިއެވެ. މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 13.3 މިލިޔަން ރުފިޔާލިބިފައިވާ އިރު އޭގެ ތެރެއިން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ ތެރެއިން 500،000.00 ރުފިޔާގެ ކާބޯތަކެތި އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށް، މި އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މިހާރު ވަނީ އެ ތަކެތި ފޯރުކޮށްދީފައެވެ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި އަމިއްލައަށް މަރުވާން އުޅުނު މީހާ ނިޔާވެއްޖެ

ކުޅުދުއްފުށީގައި އަމިއްލައަށް މަރުވާން އުޅުނު މީހާ ނިޔާވެއްޖެ

ކުޅުދުއްފުށި ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި މީހާ ކުޅުުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.  މި މަހު 4 ވަނަ ދުވަހުގެ ރޭ އަމިއްލައަށް މަރުވާން މަސައްކަތް ކުރި މި މީހާ ކޭއާރުއެޗްއަށް ފަރުވާދޭން ގެނައި އިރުވެސް ހާލު ދެރައެވެ. މި މީހާ ނިޔާވެފައިވަނީ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދަނިކޮށެވެ. ފުލުހުން ކުރިން މައުލޫމާތު ދިންގޮތުގައި އޭނާ ފުލުހުންގެ ބަންދުގެ ދަށަށް ގެނައީ މަސްތުގެ ހާލުގައި ހުރެ ގޭގެ […]

އައިޝަތު އައިނީ އާމިރު
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި

ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދުކުރި މައްސަލަ ބަލަން ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ މަހު ޝަމްއާން މަގާމުން ވަކިކޮށް، އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު […]

ހުސައިން ހަބީބް
ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި

ތައިލެންޑަށް ދަތުރުކުރާ ނަމަ ''ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު'' ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ވެސް ”ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 10 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް  އެތެރެވުމުގެ ކުރިން “ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު” ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މި އޮންލައިން ފޯމް ފުރުމަށް ޖެހޭނީ ދަތުރަށް ފެށުމުގެ ތިން ދުވަހ...

ޙުސައިން ޝަހުދީ
ހަފްތާ ބަންދުގައި ފިއްލަދޫގައި ދީނީ ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ހަފްތާ ބަންދުގައި ފިއްލަދޫގައި ދީނީ ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

މި ހަފްތާ ބަންދުގައި ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެހިއްޖެއެވެ. ފިއްލަދޫ ކައުންސިލުން ބުނީ މި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމަކީ އަމިއްލަ ފަރާތަކާއި އެ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކަމަށެވެ. ދަރުސް ޕްރޮގްރާމްގެ ތާވަލު 10 އޭޕްރިލް 2025، (ބުރާސްފަތި) އަސުރު ނަމާދަށް ފަހު މަސްޖިދުލްތައާވުން މިސްކިތުގައި 11 އޭޕްރިލް 2025 (ހުކުރު) ހުކުރު ނަމާދަށް ފަހު މަސްޖިދުލްތައާވުން މިސްކިތުގައި 11 އޭޕްރިލް […]

އިބްރާހިމް ޚަލީލް
5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ

5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ

އިލެކްޝަން ކޮމިޝަން (އީސީ)ގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅި 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް މިއަދު އެ ކޮމިޝަނުން ނިންމައިފިއެވެ. އެ ޕާޓީ ތަކަކަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި ޕީޕަލްސް ނެޝަމަލް ކޮންގްރެސް (ޕީއެންސީ) އެވެ. އީސީން މިއަދު ބުނި […]

ޔުމްނާ ޢަލީ
ބާސެލޯނާއާއި ޕީއެސްޖީން ސެމީގެ ފުރުސަތު ވަރަށް ބޮޑުކޮށްފި

ބާސެލޯނާއާއި ޕީއެސްޖީން ސެމީގެ ފުރުސަތު ވަރަށް ބޮޑުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާ ހޯދައި ބާސެލޯނާއާއި ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ވަރަށް ބޮޑުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފައެވެ. ދެވަނަ ލެގުގައި އަންނަ ހަފްތާގައި ޑޯޓްމަންޑްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރާއިރު، ފޯމުގައި އޮތް ބާސާ ތަފާތު ބޮޑުކޮށް ބަލިކޮށް ސެމީން ޖާގަ ހޯދުމަކީ ޑޯޓްމަންޑަށް އޮތް […]

އިބްރާހިމް ޚަލީލް
ތުރުކީން ހަނދާބެހޭ 60 އަށް ވުރެ ގިނަ ދިރާސާ ކުރަނީ

ތުރުކީން ހަނދާބެހޭ 60 އަށް ވުރެ ގިނަ ދިރާސާ ކުރަނީ

ކުރިއަށް އޮތް 10 އަހަރު ތެރޭގައި 60 އަށް ވުރެ ގިނަ ސައިންޓިފިކް މިޝަންތައް ހަނދުގައި ކުރިއަށް ގެންދިއުމަށް ތުރުކީން ރާވައިފިއެވެ. މިއީ ހަނދުގެ ދިރާސާތަކުގައި އެ ގައުމުގެ ދައުރު އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. ހަނދާބެހޭ ތުރުކީގެ ޕްރޮގްރާމުގައި ހިމެނެނީ ރޭޑިއޭޝަން މިނުމާއި، ހަނދުގެ ސަތަޙަ ފޮޓޯނެގުމާއި، އަދި ހަނދުގައި ފެން އުފެދިފައިވާ ގޮތް ދެނެގަތުމަށް ބޭނުންވާ ހައިޓެކް އުފެއްދުންތައް ތަރައްގީކުރުމެވެ. އަނަޑޯލު ނިއުސްއިން އެއްކޮށްފައިވާ މަޢުލޫމާތުން ދައް...

އަޙްމަދު ދާއޫދު
''ގޮންޖެހުންތަކުން އަރައިގަތުމަށް ދަރަނީގެ މައްސަލަތައް ޙައްލުކުރުން މުހިންމު''

''ގޮންޖެހުންތަކުން އަރައިގަތުމަށް ދަރަނީގެ މައްސަލަތައް ޙައްލުކުރުން މުހިންމު''

ދަރަނީގެ މައްސަލަތައް ޙައްލުކުރުމަކީ، ސިޑްސްގައި ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ވެށި ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)...

ޔުމްނާ ޢަލީ
ޗައިނާ މުދަލުގެ ޓެރިފް 125 އިންސައްތައަށް އިތުރުކުރަން ޓްރަމްޕް ނިންމައިފި

ޗައިނާ މުދަލުގެ ޓެރިފް 125 އިންސައްތައަށް އިތުރުކުރަން ޓްރަމްޕް ނިންމައިފި

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ޓެރިފް 125 އިންސައްތައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ އާ ބާބެއް ކަމަށް ބެލެވެއެވެ. ޓްރަމްޕް މި ވާހަކަ ވިދާޅުވެފައިވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް “ޓްރޫތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، “ދުނިޔޭގެ މާކެޓްތަކަށް ޗައިނާއިން ދައްކާފައިވާ ހުތުރު އަދަބުގެ ސަބަބުން، އެމެރިކާއިން ޗައިނާގެ މުދަލަށް ނަގާ ޓެރިފް 12...

އަޙްމަދު ދާއޫދު
ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި ފައިސާތަކެއް "ގެއްލުނު" މައްސަލައެއް ބަލަނީ

ގޭސް ގަތުމަށް އެޑްވާންސަށް ދެއްކި ފައިސާތަކެއް "ގެއްލުނު" މައްސަލައެއް ބަލަނީ

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަން ފަށައިފިއެވެ. މި މައްސަލަ ސަމާލުކަމަށް އައީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ...

ޔުމްނާ ޢަލީ
ހައްޖަށް ދިޔުމަށް ތައްޔާރުވަމުން ދިޔަ ޕާކިސްތާނުގެ 77،000 މީހުންނަށް ފުރުސަތު ގެއްލިއްޖެ

ހައްޖަށް ދިޔުމަށް ތައްޔާރުވަމުން ދިޔަ ޕާކިސްތާނުގެ 77،000 މީހުންނަށް ފުރުސަތު ގެއްލިއްޖެ

2025 ވަނަ އަހަރުގެ ޙައްޖަށް ދިއުމަށް ތައްޔާރުވަމުންދިޔަ ޕާކިސްތާނުގެ 77،000 އަށްވުރެ ގިނަ އަމިއްލަ ޙައްޖުވެރިންނަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުން ހުއްޓުވައިފިއެވެ. މިކަން ދިމާވެފައިވަނީ ޓުއަރ އޮޕަރޭޓަރުން މުހިންމު ބުކިންގ ސުންގަޑިތަކަށް ޢަމަލުނުކުރުމާ ގުޅިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ އިދާރީ ގޮތުން ދިމާވި ގިނަ މައްސަލަތަކާއި، ސިޔާސަތުތަކާ ގުޅޭގޮތުން އުފެދުނު ޚިޔާލު ތަފާތުވުންތަކާއި، އަދި ލޮޖިސްޓިކަލް ލަސްވުންތަކެއްގެ ސަބަބުންނެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕާކިސްތާނާއި ސަޢޫދީ ޢ...

އަޙްމަދު ދާއޫދު
ކުޅުދުއްފުށީގަައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކުޅުދުއްފުށީގަައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކުޅުދުއްފުށި ސިޓީގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ފުލުހުންގެ ކާރަކާއި މީހަކު ކުޑަކުއްޖެއް ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މިއަދު މެންދުރުފަހު ގާތްގަނޑަކަށް 15:50 އެހާއިރު ހިނގި މި އެކްސިޑެންޓްވީ ފަރީދީމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރު، ހަނި ގޯޅިން ފަރީދީމަގަށް ނުކުންނަމުންދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ހަނި ގޯޅިން ނުކުތީ ނުބައި ފަޅިއަކުންނެ...

އައިޝަތު އައިނީ އާމިރު
ބޮޑުތަކުރުފާނުމަގު އުތުރު ބައި ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީއަށް

ބޮޑުތަކުރުފާނުމަގު އުތުރު ބައި ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އެމްޓީސީސީއަށް

މާލެ ބޮޑުތަކުރުފާނު ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢުގައި ތަރައްޤީކުރުމަށް ހަމެޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރ...

ޔުމްނާ ޢަލީ
"މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައިފި

"މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، “މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު” ގެ ނަމުގައި އިދާރާއެއް އުފައްދަވައިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދައިގެ ދަށުން ރައީސުލްޖުމަހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން އުފެއްދެވި މިއިދާރާ، “މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު” އުފައްދަވައި، 8 އޭޕްރީލް 2025 ގައި ރައީސް އޮފީހުގެ ދެންނެވުން މެދުވެރިކުރަށްވައި އެކަން ވަނީ ޢިއުލާންކުރަށްވާފައެވެ. ރައީސް ކަނޑައަޅުއްވާފައިވާ ގޮތުގައި މި އިދާރާ ހިނގަމުން ދާނީ މިނިސްޓް...

އައިޝަތު އައިނީ އާމިރު
ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި

ތެލެސީމިއާ ސެންޓަރަށް ޑީޖީ އެއް ހޯދަން އިއުލާންކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް މީހަކު ހޯދަން މިއަދު ޢިއުލާންކޮށްފިއެވެ. 24 މާރިޗް 2025 ގައި ހެލްތް މިނިސްޓްރީން ވަނީ އެ މަގާމަށް ވަގުތީގޮތުން އަހްމަދު މައުސޫމް ހަމަޖައްސާފައެވެ. މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ. މައުސޫމްގެ ބެލުމުގެ ދަށުން އެތަން ހިންގަމުން އަންނައިރު، ތެލެސީމިއާ ޤާނޫނުގައި ބުނާ...

ޔުމްނާ ޢަލީ